ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމްއެންޕީން ފުވައްމުލަކުގައި ތަރައްގީކުރާނެ ކަންކަން ހިއްސާކޮށްފި!

އެމްއެންޕީގެ ރިޔާސީ ކެންޑިޑޭޓު ނާޒިމް: ފޮޓޯ/ އެމްއެންޕީ
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ނެޝަނަލް ޕާޓީ އެމްއެންޕީގެ ސަރުކާރެއްގައި ފުވައްމުލަށް ސިޓީއަށް ގެނައުމަށް ވިސްނާފައިވާ ތަރައްގީގެ ތަސައްވުރު އާންމުކޮށްފިއެވެ.

އެމްއެންޕީއިން ހިއްސާކޮށްފައިވާ ވީޑިއޯއެއްގައި އެ ޕާޓީއިންވަނީ ފުވައްމުލަކަށް އެ ޕާޓީއިން ގިނަ އަދަދެއްގެ ކަންތައްތަކެއް ކޮށްދިނުމަށް ވިސްނާފައިވާކަން ހާމަކޮށްފައެވެ. އެގޮތުން ކުރު ރާސްތާ ތަރައްގީގެ ޕްލޭނުގެ ތެރެއިން ފަތުރުވެރިކަމުގެ ބޭނުމަށް އެ ރަށުގައި އިތުރު 5000 އެނދު ތަރައްގީކުރުމަކީ އެ ޕާޓީގެ ވިސްނުމެއްކަމަށާއި ބަލި މީހުންނަށް އައިސް ތިބެވޭނެ އިންތިޒާމުތައް ހުރި ސަރަހައްދުގައި ތިއްބެވި އެންމެނަށް ފަރުވާކުރެވޭ ކެންސަރު ބައްޔަށް ފަރުވާދިނުމުގެ ވަސީލަތްތައް ގާއިމުކުރެވިފައިވާ ހަސްފަތާލެއް ބިނާކުރާނެކަމަށްވެސް ބުނެފައިވެއެވެ.

އެ ޕާޓީއިން ބުނެފައިވާގޮތުން، ބަންދުކޮށްގެން ބާޒާރުތަކަށް ނެރެވޭނެ ފެންވަރުގައި ފުވައްމުލުކުގައި ދަނޑުވެރިކަމުގެ ވަސީލަތްތައް ގާއިމުކުރުމާއި އަވިސް ހަކަތަ އުފައްދައިގެން ރަށުގެ ބޭނުންތައް ފުއްދޭނެ ފަދަ ވަސީލަތްތައް ގާއިމުކުރުމަކީވެސް އެ ރަށުގެ ތަރައްގީގެ ތަސައްވުރުގައި ހިމެނޭ ކަންކަމެވެ. އެމްއެންޕީއިން ހިއްސާކޮށްފައިވާގޮތުން، އެ ޕާޓީއިންވަނީ ރައްޔިތުންގެ މުނިފޫހިފިލުވުމުގެ ކަންކަމަށްވެސް ވިސްނާފައެވެ. އެގޮތުން ސިނެމާއެއް ހިމެނޭ ޝޮޕިންގް މޯލަކާއި ޒަމާނީ ފެންވަރުގައި 500 އެނދުގެ ޒުލަކާއި ތީމް ޕާކެއް ބިނާކުރުމަކީވެސް ކުރަން ރާވާފައިވާ ކަންކަންކަމަށް ބުނެފައިވެއެވެ.

އެމްއެންޕީއިން ބުނެފައިވާގޮތުން، ދުރު ރާސްތާ ތަރައްގީގެ ވިސްނުމުގެ ތެރޭގައި ޓެކްނޯ ޕާކެއް ތަރައްގީކުރުން ހިމެނެއެވެ. އަދި އެންމެ މިޒަނާމުގެ ވަސީލަތްތަކާއި އެކު ޑައިވިންގް ސެންޓަރެއް ތަރައްގީކޮށް ގާއިމުކުރުމަށްވެސް ކަނޑައެޅިފައިވާކަމަށެވެ. އެ ޕާޓީއިން ބުނެފައިވާގޮތުން ފުވައްމުލަކުގައި ފްލޯޓިން ޔޮޓު މެރީނާއެއްވެސް ގާއިމުކުރެވޭނެކަމަށެވެ. ބުނެފައިވާގޮތުން އެ މެރީނާ ބިނާކުރުމުގެ މަގުސަދަކީ އެކަހެރި ރަށެއްގެ ގޮތުގައި އޮތް އޮތުން ނިމުމަކަށް ގެނެސް މުޅި ރާއްޖެ އާއި ދުނިޔެއަށްވެސް ފުވައްމުލަކު ހުޅުވާލުމެވެ.

އެމްއެންޕީއިން ބުނެފައިވާގޮތުން، އެ ތަރައްގީގެ ޕްލޭނުގެ އަމާޒަކީ ރަށުގެ ރައްޔިތުންނަށް އުޖާލާ ޒަމާނެއް ގެނެސްދިނުމެވެ. އެހެންކަމުން އެ ޕްލޭނުގައި ފުވައްމުލަކުގެ ރައްޔިތުން ބައިވެރިވެވަޑައިގަންނަވާނެކަމަށް އުންމީދުކުރައްވާކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: