މީގެއިތުރުން މުއިއްޒު ވަނީ ކުޑަކުދިންނާއި، މާބަނޑު މީހުންނަށް ހާއްސަކޮށް ހޮސްޕިޓަލެއް ތަރައްގީ ކުރުމަށް ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒު ވިދާޅުވީ ވަގުފު ބިންތައް ކަނޑައަޅައި، އެ ބިމުގައި ސަރުކާރުގެ ހިދުމަތްދޭ އިމާރާތްތައް ގާއިމު ކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވާނެ ކަމަށެވެ. އެއީ ސިޓީތަކަށް ހާއްސަކޮށް މެނިފެސްޓޯގައި ހިމަނާފައިވާ ސިޔާސަތަކެވެ. މިއާއި އެކު ކޮންމެ ސިޓީއެއްގައި ޒަމާނީ ލައިބްރަރީއެއް ގާއިމު ކުރުން ހިމެނޭއިރު، އޭގެ ތެރޭގައި ފުވައްމުލައް ހިމެނި އެ ހިދުމަތް ދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މެނިފެސްޓޯގައި އެންމެ ބޮޑު ސަމާލުކަމެއް ދީފައި ވަނީ ގެދޮރުވެރިކަމަށްވުމާއި އެކު އެއްވެސް ތަފާތު ކުރުމެއް ނެތި، ފުވައްމުލަކުގެ ރައްޔިތުންނަށް ވެސް ބޯހިޔަވާހިކަން ކަށަވަރުކޮށްދެއްވާކަމަށް މުއިއްޒު ވިދާޅުވި އެވެ.