ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

”ރައީސް ޔާމީން، މުއިއްޒު އެންޑޯޒް ކުރުމުން ޗުކުޗުކު ލާން ނުޖެހޭ“

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

އިދިކޮޅުގެ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ކެބިނެޓުގައި މަސައްކަތް ކުރައްވާފައިވާ ގާބިލު ބޭފުޅަކަށް އެމަނިކުފާނު ތާއީދުކޮށް އެންޑޯޒް ކުރެއްވުމުން ދެން އެކަމާ މެދު އިތުރު ބަޔަކު ނިކުމެ ސުވާލު އުފައްދަން ޖެހޭ ސަބަބެއް ނެތްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް އިދިކޮޅުގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު މިވަގުތު ހުންނެވީ ފުވައްމުލަކުގެ އެވެ. ޕީޕީއެމްގެ އެޑްވައިޒަރުގެ މަގާމާއި، 2018 ގައި ރައީސް ޔާމީންގެ ރަނިންމޭޓު ޝަހީމް ވަނީ، ރިޔާސީ އިންތިހާބުގައި މުއިއްޒަށް ތާއީދު ކުރުމަށް ނިންމަވާފަ އެވެ. ދ

މިރޭގެ ޖަލްސާގައި ޑރ. ޝަހީމް ވިދާޅުވީ ގައުމުގެ ހައްގުގައި އެންމެ އެކުގައި ކުރިޔަށް ދިއުން މުހިންމުކަމަށާއި މިފަދަ ދެވަނަ ފުރުސަތެއް ނުލިބި ދިއުން އެކަށީގެންވާ ކަމަށެވެ. މުއިއްޒަށް ފުރިހަމަ އިތުބާރު އެބައޮތްކަން ފާހަގަކުރައްވައި، ޝަހީމް ވިދާޅުވީ އެކުގައި ކެބިނެޓުގައި ކުރެވުނީ ޝައުގުވެރި މަސައްކަތެއް ކަމަށެވެ. މުއިއްޒަކީ އިހުލާސްތެރި މަސައްކަތްތަކެއް ގައުމަށްޓަކައި ކުރައްވާފައި ހުރި އިލްމީ ބޭފުޅަކަށްވުމާއި އެކު ދެން މި ގައުމު ހިޔާނަތްތެރިއަކާއި ހަވާލު ކުރުމުގެ ބޭނުމެއް ނެތްކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރާއްޖޭގެ ހުންގާނު ހަވާލު ކުރަން ޖެހެނީ، ގާބިލު ކެރޭ ބޭފުޅަކަށް ކަމަށެވެ. އެހެންކަމުން ޕީއެޗްޑީ ހާސިލު ކުރައްވައި، މޮޅަށް ކިޔަވާ ވިދާޅުވެ ހުންނެވި ބޭފުޅެއް ރިޔާސީ ރޭހަަށް ނިކުންނެވުމުން ދެން އިތުރު ވިސްނުމަކަށް ދާން ޖެހޭތޯ ޝަހީމް ސުވާލު އުފެއްދެވި އެވެ. އަދި ވިދާޅުވީ އެކުގައި މަސައްކަތް ކުރި ދުވަސްވަރު، މުއިއްޒު ސިފަ ކުރެވުނީ އިލްމީ ހަޒާނާއެއްގެ ގޮތުގައި ކަމަށެވެ.

އެހެންވީމަ ވިލާތުން، ޕީއެޗްޑީ ހައްދަވާފަ.. ރައީސް ޔާމީން އެންޑޯޒް ކުރެއްވީމަ ނުޖެހޭ ޗުކުުޗުކު ލައްވާކަށް.. އެހެންވީމަ އިލްމަށް އިހުތިރާމު ކުރުމުގެ ގޮތުން އެބަޖެހޭ، ޑރ. މުއިއްޒާއި އެކު ކުރިޔަށް ދާން.. ދިވެހިރާއްޖޭގެ މިނިވަންކަން ދަމަހައްޓަވާނަން.. މިނިވަންކަމާއި ސިޔާދަތު ކޮމްޕްރޮމައިޒް ނުކުރައްވާނެ..

ރާއްޖޭގެ ހާރިޖީ ސިޔާސަތު ފުރިހަމަވެ، ވަރުގަދަކަމަށް ސަރުކާރުން ބުނަމުން ގެންދާތީ އެކަމަށް ރައްދު ދެއްވައި ޝަހީމް ވިދާޅުވީ އެފްރިކާގެ ގައުމަކަށް ވިސާއާއި ނުލައި އެތެރެވެވުމަކީ އެއީ ކުރިއެރުން ނޫން ކަމަށެވެ. ދިވެހި ދަރިންނަށް، މި ދާއިރާއިން ކުރިޔަށް ދާން މި ސަރުކާރަށް ވެވުނު އެހީތެރިކަމެއް ނެތްކަމަށާއި ސިޓީއަކަށް އެދުމުން ފޮރިން މިނިސްޓްރީއަށް އެކަމުގެ ލިއުމެއް ވެސް ނުދެވުނުކަމަށް ޝަހީމް ވިދާޅުވި އެވެ.

ޝަހީމް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރަކަށް ދާން ޖެހޭ ސަބަބެއް ނެތްކަމަށާއި، ވޯޓު ދޭންވީ މުއިއްޒަށް ކަމަށެވެ. މިހާ ސާފު ކެންޑިޑޭޓެއް ލިސްޓުގައި ނެތްކަމަށާއި، މުއިއްޒު ވެގެން ދާނީ އިލްމީ ބޭފުޅުންނާއި އެކު ގައުމު ހިންގާނެ ވެރިއަކަށްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
78%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 22%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: