ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖާންވީ ކަޕޫރުގެ “ދަޅަކް”ގެ ސީންތައް ސްރީދޭވީ އަށް ފެނުނު. ކަލަންކްގައި އުޅުނީ އެދެމީހުން އެކުގައި މަސައްކަތް ކުރަން: ބޯނީ ކަޕޫރު

ޝެއާރކޮށްލާ ކަހަލަދޯ؟

ސްރީދޭވީ އަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގައި އެކި ބަހުރުވަތަކުން މަސައްކަތްކޮށްފައިވާ ދުނިޔޭގެ މަޝްހޫރު ބަތަލާއެކެވެ. ސްރީދޭވީ ސިފަކުރެވިފައިވަނީ އިންޑިއާ ސިނަމާގެ ފުރަތަމަ އަންހެން ސުޕަސްޓާގެ ގޮތުގައެވެ. ހިތާމައަކީ އިންޑިއާގެ ފިލްމު އިންޑަސްޓްރީގެ “ޖެމް” ސްރީދޭވީ މަރުވީ 2018 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހު ދުބާއީގައެވެ. އޭނާ މަރުވުމާއި ގުޅިގެން އިންޑިއާގެ ފިލްމު އިންޑަސްޓްރީއަށް ވަނީ ބޮޑު ޝޮކެއް ލިބިފަ އެވެ.

ސްރީދޭވީ މަރުވިތާ މަހެއްހާ ދުވަސް ފަހުން އޭނާގެ އަންހެން ދަރިފުޅު ޖާންވީ ކަޕޫރު ބޮލީވުޑަށް ތައާރަފުވީ 2018 ވަނަ އަހަރު ރިލީޒްކުރި ރޮމޭންޓިކް ފިލްމު “ދަޅަކް” އިންނެވެ. ނަމަވެސް ސްރީދޭވީގެ ފިރިމީހާ އަދި ޖާންވީގެ ބައްޕަ ޕްރޮޑިއުސަރު ބޯނީ ކަޕޫރު ބުނި ގޮތުގައި ސްރީދޭވީ އަށް އޭނާގެ އަންހެން ދަރިފުޅު ސްކްރީނުން ފެނުނެވެ.

ބޯނީ ކަޕޫރު ބުނީ ސްރީދޭވީ ދިރިހުރި ނަމަ ޖާންވީއާ އެކު ކުރިން “ޝިއްދާތު” ގެ ނަން ދީފައިވާ ފިލްމު “ކަލަންކް” ގައި މަސައްކަތް ކުރާނެ ކަމަށެވެ.

“ކަރަން ޖޯހަރު ގެއަށް އައިސް ޖާންވީ ލޯންޗް ކުރަން ބޭނުންވާ ކަން ހާމަކުރި. އޭނާ ބޭނުންވީ ޖާންވީއާ އެކު “ޝިއްދަތު” ފިލްމު ހަދަން. އެކަމަކު ފަހުން “ކަލަންކް” ގެ ނަމުން މި ފިލްމު ރިލީޒްކުރި. އޭނާ ބޭނުންވީ ޖާންވީ “ކަލަންކް” ގައި އާލިއާ ބަޓް ކުޅުނު ރޯލު ކުޅެން އަދި ސްރީދޭވީ މަދޫރީ ޑިކްސިޓް ކުޅުނު ރޯލު ކުޅުމަށް. އޭގެ ފަހުން އޭނާ ނިންމީ ޖާންވީއާ އެކު “ދަޅަކް” ހެދުމަށް. ސްރީދޭވީ ދިރިހުންނަންދެން ކަލަންކް ފިލްމަށް ކިޔަނީ ޝިއްދާތު” އޭނާ ބުންޏެވެ.

މި އަހަރުގެ ކުރީކޮޅު ވަރުން ދަވަން އާއި ޖާންވީ ކަޕޫރު ވަނީ ޑައިރެކްޓަރު ނިތޭޝް ތިވާރީގެ ރޮމޭންޓިކް ފިލްމާ އެކު “ބަވާލް” ހަދާފަ އެވެ. ޖާންވީގެ ކުރިއަށް އޮތް “މިސްޓަ އެންޑް މިސިސް މާހީ” މިހާރު އޮތީ ޕޯސްޓް ޕްރޮޑަކްޝަން މަރުހަލާގަ އެވެ. ރިޕޯޓްތައް ބުނާ ގޮތުން 2024 ވަނަ އަހަރު ތެލެގޫ ފިލްމެއް ކަމަށްވާ ދޭވަރާ އާއި ހިންދީ ފިލްމެއް ކަމަށްވާ އުލާޖް އިން ވެސް އޭނާ ފެންނާނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: