ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ބޮޑު ކުރުމާއި އެކު މުއިއްޒުގެ ވައުދުތައް މަޑަވެލިއަށް!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. މަޑަވެލިއަށް ވަޑައިގެން އެ ތަށަށް ބޭނުންވާ ތަރައްގީ ފާހަގަކުރައްވައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ގިނަ ވައުދުތައްވެވަޑައިގެންފި އެވެ.

\2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ގދ. މަޑަވެލިއަށް ވަޑައިގެން މުއިއްޒު ރައްޔިތުންނަށް ދެއްކެވީ މި ފަސް އަހަރުގެ ތެރޭގައި ރައްޔިތުންނަށް ސަރުކާރުން ވެފައިވާ އިހުމާލެވެ. އެގޮތުން ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ހާއްސަ އިސްކަމެއް ދީގެން ތަރައްގީ ކުރި މި އަތޮޅަށް ކުރިއެރުންތައް ލިބިފައި ނުވުމަކީ ކަންބޮޑުވުމެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަންނަ މަހުގެ 09 ގައި ލާ ވޯޓަކީ ތަރައްގީއަށް އާނ ބަސް ބުނުންކަމަށް ހެދުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ ރައްޔިތުންގެ ތާއީދު އޮންނާނީ ތަރައްގީ ގެނެސް ދީ، އިހުލާސްތެރިކަމާއި އެކު މަސައްކަތް ކުރާ ބަޔަކަށް ކަމަށެވެ. ރައީސް ޔާމިންގެ ވެރިކަމުގައި އިދިކޮޅުން ދެއްކީ، ބާރު ސްޕީޑުގެ ތަރައްގީކަމަށްވުމާއި އެކު ރައްޔިތުން ދެވަނަ ފަހަރަށް އެ ދުވަސް ދެކެން ބޭނުންވެފައި އެބަތިބިކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަޑަވެލިއަށް ބޭނުންވާ ބަދަލުތަކާއި، ތަރައްގީ ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ ތަރައްގީއަށް އެންމެ މުހިންމު އެއްކަމަކަށް ރަށް ބޭނުން ޖެހިފައި އޮތީ ބިން ބޮޑު ކުރުމަށް ކަމަށެވެ. އެއާއި އެކު ބަނދަރު އެހެން ތަނަކަށް ބަދަލު ކުރެވި، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަން ޖެހޭކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާގެ ލަފާއަކީ ރަށުން މަދުވެގެން 30 ހެކްޓަރު ބިން ހިއްކޭނެ ކަމެވެ. އެހެންކަމުން އެ ހުވަފެނުގައި ކުލަ ޖެހެން އޮތީ އިދިކޮޅަށް ވެރިކަން ދީގެން ރައްޔިތުން އެކުގައި ކުރާ މަސައްކަތުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދެއްވީ ރައްޔިތުން ފުރުސަތު ދީފި ނަމަ ނަތީޖާ ނެރެދޭނަކަމުގެ ޔަގީންކަމެވެ.

ރަށުގެ ސިއްހީ ނިޒާމު މިއަދު ފެންނަނީ ވަރަށް ހާލު ދެރަކޮށްކަމަށާއި، މާ ބޮޑު ހޮސްޕިޓަލެއް ނެތަސް އެތަނަކީ އެއީ އާންމު ބަލިތަކާއި އެ ނޫން ވެސް ސިއްހީ މައްސަލަތަކަށް ފަރުވާ ކުރެވޭނެ ތަނަކަށް ވާން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

މަޑަވެލިގައި މިވަގުުތު ކިޔަވައިދެނީ، ދެ ދަންފަޅިއަށްވުމާއި އެކު ކްލާސްތައް އެއް ދަންފަޅިއަށް ބަދަލު ކުރުމަށް ސްކޫލު ތަރައްގީކޮށް ބޮޑު ކުރުމަށް މުއިއްޒު ވައުދުވެވަޑައިގަތެވެ.

މިއަދުގެ ޖަލްސާގައި ވެސް މުއިއްޒު ވިދާޅުވީ ރައްޔިތުންނަށް ހިދުމަތް ދޭން ބޭނުން ވަނީ، އެއްވެސް ރަށެއްގެ މެދުގައި ތަފާތު ކުރުމެއް ނެތި ކަމަށެވެ. ތަރުތީބުވެ ރަނގަޅަށް ރޭވިގެން ޕްރޮޖެކްޓުތައް ހިންގައި، ހިދުމަތް ދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: