ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީންގެ ސިޔާސަތު ވިސްނޭނީ އެމަނިކުފާނުގެ ދަރިވަރަކަށް؛ އެއީ މުއިއްޒު

ކުރީގެ އިސްލާމިކް މިނިސްޓަރ އަދި ޕީޕީއެމްގެ އެޑްވައިޒަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސިޔާސަތުތަކާއި، އެމަނިކުފާނުގެ ވިސްނުންފުޅު އެންމެ ރަނގަޅަށް އެނގި ތަންފީޒު ކުރެވޭނީ އެމަނިކުފާނުގެ ދަރިވަރުންނަށްކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބުގައި އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުުއިއްޒަށް ތާއީދު ކުރުމަށް ނިންމަވައި ޝަހީމް ގެންދަވަނީ ކެމްޕެއިން ހަރަކާތްތަކުގައި އަމަލީ ގޮތުން ބައިވަރިވަމުންނެވެ.

މިރޭގެ ގދ. ތިނަދޫ ކެމްޕެއިން ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ، ހުޅުމާލޭގެ ފޭސް ދޭއް ބިމުން ގޯތިތައް ދެވުނީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ހައުސިން މިނިސްޓަރަކަށް ހުންނަވައިގެން ތަސައްވުރެއްގެ ދަށުން އެ ބިން ހިއްކުމުން ކަމަށެވެ. ޝަހީމް ވިދާޅުވީ ދުނިޔެ ކުރިމަތިލާން ޖެހުނު ކޮވިޑު-19 ގެ ބަލިމަޑުކަމާއި އެކު ދިވެހިރާއްޖެއަށް ވެސް އެ ހާލަތު ދިމާވެ އެތައް ބަޔަކު ފަރުވާއަށް ބޭނުންވީ ވަގުތު އެހީތެރިއަކަށް ވީ ދަރުމަވަންތަ ހޮސްޕިޓަލް ކަމަށެވެ.

އެ ސިޔާސަތު އެނގޭނީ ހަމައެކަނި ރައީސް ޔާމީންގެ ދަރިވަރުންނަށްކަމަށާއި، އެ މަސައްކަތް ދެން އިތުރަށް ފުރިހަމަކަމާއި އެކު ކުރިޔަށް ގެންދެވޭނެ އެއް ބޭފުޅަކީ މުއިއްޒުކަމަށް ޝަހީމް ވިދާޅުވި އެވެ.

ވޯޓު ދެއްވަންވީ ބިން ހިއްކައިގެން ބޯހިޔާވަހިކަން ދިން ފަރާތަކަަށް. ބޯހިޔާވަހިކަން ދެވެނީ ބިން ހިއްކާފަ އޮތީމަ. 53 ހެކްޓަރު ހިއްކައިގެން ބޯހިޔާވަހިކަން ދެއްވީ ޑރ. މުޢިއްޒުގެ ހައުސިންގް މިނިސްޓަރުކަމުގައި

ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށް އެންމެން އެކީ ގުޅިގެން ކުރިޔަށް ދިއުމަށް ގޮވާލައި މުއިއްޒު ވިދާޅުވީ މިއަދު ފެންނަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓު، ރައީސް ސޯލިހަކާއި އެމަނިކުފާނުގެ ކެމްޕެއިން ތަރުޖަމާނު ވެސް ނޫސްވެރިންގެ ބައްދަލުވުންތައް ބާއްވައި މުއިއްޒަށް ފާޑުވިދާޅުވާ މަންޒަރު ކަމަށެވެ. އަދި އެ ހާލަތު ގޮސްފައި އޮތީ ނޫސްވެރިންގެ ކުރިމަތީ، މުއިއްޒުގެ އަނބިކަބަލުންނަށް އަމާޒުވާ ގޮތަށް ވެސް ފާޑުވިދާޅުވުމުގައިކަމަށް ޝަހީމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: