ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ރައްޔިތުންގެ ހުވަފެން؛ ސިޓީއެއްގެ ދަރަޖަ ދިނުމަށް މުއިއްޒުގެ ވައުދު!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ގދތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް ގާނޫނަށް ގެނަން ޖެހޭ ބަދަލު ގެނެސް ރައްޔިތުންގެ ހުވަފެން ހަގީގަތަކަށް ހަދައިދޭނަކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ މަހުގެ 09 ގައި ބާއްވާ އިންތިހާބުގެ ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުުއިއްޒު މިފަދައިން ވިދާޅުވީ ގދ، ގއ އަތޮޅުގެ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ތިނަދޫއަށް ވަޑައިގެން އެ ރަށުގައި ބޭއްވި ބޮޑު ޖަލްސާގަ އެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމަށް އެދި ތިނަދޫގެ ކައުންސިލުން ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) އަށް ސިޓީއެއް ވެސް ފޮނުވާފައި ވެއެވެ. ލާމަރުކަޒީ ގާނޫނު ބުނާ ގޮތުން ސިޓީއެއްގެ ދަރަޖަ ލިބެނީ ރަށެއްގެ ރަޖިސްޓްރީގައި ވާ އެ ރަށުގެ މަދުވެގެން 10،000 އިން މައްޗަށް އެރުމުންނެވެ. ސިޓީ ފޮނުވުމުން އޭރު އެލްޖީއޭގެ ސީއީއޯއަކަށް ހުންނެވި އަފްޝަން ލަތީފް ކައުންސިލާއި ހަވާލާ ދެއްވައި ވިދާޅުވީ ރަޖިސްޓްރޭޝަން އާބާދީ މަދު ނަމަވެސް ރަށުން ހިދުމަތް ހޯދާ މީހުންގެ އާބާދީ 12،000 އަށް އަރާކަމަށެވެ.

ރަށަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދާނެކަމަށް އުންމީދުގައި ތިއްބައި ރިޔާސީ ކެމްޕެއިނުގައި ރައީސް ސޯލިހު ވިދާޅުވެފައި ވަނީ ދެން އެ ރަށަށް ވަޑައިގަންނަވާނީ އެ ނިންމުން ނިންމައި ސިޔާސަތު ތަންފީޒު ކުރުމުގެ ޖަލްސާއަށް ކަމަށެވެ. އެކަމަކު މިހާތަނަށް އައި އިރު އެކަމަށް މާބޮޑު މަސައްކަތެއް ނުކުރެވެ އެވެ.

ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ރައްޔިތުންނާއި ބައްދަލު ކުރައްވައި މުއިއްޒު ވިދާޅުވީ ރަށް އޮތީ ސިޓީއެއްގެ ދަރަޖަ ދިނުމުގެ ހުރިހާ ވަސީލަތެއް ފުރިހަމަވެފައި ކަމަށެވެ.

ދަންނަވާލަން ބޭނުން ވަނީ އިންފްރާސްޓްރަކްޗާގެ ގޮތުން ބެލިޔަސް، ހިދުމަތްތައް ދިނުމުގެ ވަސީލަތްތަކަށް ބެލިޔަސް ތިނަދޫގައި ސިޓީއަކަށް ބޭނުންވާ ހުރިހާކަމެއް މިވަނީ ހުރިހާކަމެއް ގާއިމު ކުރެވިފައި ރައީސް ޔާމީންގެ ވެރިކަމުގައި… އެހެންވީމަ ގާނޫނުގައި މި އޮންނަ 10،000 ގެ އާބާދީ. 10،000 މީހުން ކޮންމެހެން ހަމަވުމަކީ އެތަނުގައި ސިޓީއަކަށް ބޭނުންވާ ވަސީލަތްތަކާއި އިންފްރާސްޓްރަކްޗާ ގާއިމުވެފައި ހުރެޖެއްޔާ ލާޒިމާކަށް ނުއެއް ޖެހޭނެކަމަށް އަޅުގަނޑު ގަބޫލު ކުރަން

މުއިއްޒު ވިދާޅުވީ ބޭނުން ވަނީ ކުރިޔަށް ދިއުމުގެ ރަނގަޅު ވިސްނުމާއި ކެރުން ކަމަށެވެ. އިތުބާރު ކުރުމަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމުގައި ހުރިހާ މަސައްކަތެއް ކުރައްވައި ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ގެންނާނެ ކަމަށެވެ.

އަޅުގަނޑު ގަބޫލު ކުރަނީ އަށް ހާސް މީހުން ހަމަވާނަމަ ސިޓީއެއްގެ ދަރަޖަ ދޭންވާނެ ކަމަށް

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދިނުމާއި މެދު ގޮތެއް ނިންމުމުގެ ކަންކަން އެލްޖީއޭއިން ކުރަމުންދާއިރު ތިނަދޫ ކައުންސިލުން ދަނީ އެކަމަށް ވަކާލާތު ކުރަމުންނެވެ. އަދި ދާއިރާގެ މެމްބަރުން ވެސް ބުނަމުން އައީ ބޯހިމެނުމަށް ފަހު އެ މަސައްކަތް ފަސޭހަވާނެކަމަށާއި، އުންމީދަކީ ވީހާ ވެސް އަވަހަށް ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ލިބިގެން ދިއުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: