ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވައުދު ގއ. އަތޮޅަށް؛ އިންޓަގްރޭޓެޑް ޓޫރިޒަމް ޕްރޮޖެކްޓެއް ހިންގުން!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ. އަތޮޅުގައި ފަތުރުވެރިކަން ކުރިއެރުވުމަށާއި، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ހޯދައިދިނުމަށް އިންޓަގްރޭޓެޑް ޓޫރިޒަމްގެ ދެ ޕްރޮޖެކްޓެއް ހިންގުމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވައުވެވަޑައިގެންފި އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓާއި ދެމެދު ބާކީ 12 ދުވަސް އޮތް އިރު، މުއިއްޒު މިވަގުތު ކެމްޕެއިނަށް ވަޑައިގެން ހުންނެވީ ގއ، ގދ ގެ އަތޮޅުގެ ރަށްތަކަށެވެ. ވަގުތު ނެތުމުގެ ސަބަބުން ހުރިހާ ރަށަކަށް ދަތުރު ކުރުމުގައި ދަތިތަކެއް ހުރި ނަމަވެސް މުއިއްޒު އެދިވަޑައިގަތީ ކޮންމެ ރަށެއްގެ ވެސް ހުރި ކަންބޮޑުވުންތަކާއި ޝަކުވާތައް އަދި އެ ރައްޔިތުން ބޭނުންވާ ބަދަލުތައް ހިއްސާ ކުރެއްވުމަށެވެ.

މިއަދު ކޮލަމާފުއްޓަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނަށް މުއިއްޒު ވިދާޅުވީ، ރަށްތަކަށް ބޭނުންވެފައިވާ އެންމެ އަސާސީ ހިދުމަތްތަކުގެ ތެރޭގައި ވަޒީފާގެ ފުރުސަތުތައް ހިމެނޭ ކަމަށެވެ. ތަރައްގީއަކީ ވަޒީފާއަށް ހުޅުވާލެވޭ ދޮރެއްކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ، މިވަގުތު ކުރިޔަށް ނުގޮސް ހުއްޓިފައި އޮތް މާރަންދޫ ރިސޯޓު ގާއިމު ކުރުމުގެ މަސައްކަތް ފުރިހަމަ ކުރާނެ ކަމަށެވެ.

ކޮލަމާފުށި ކައިރީގައި އޮތް މި ރިސޯޓު އޮޕަރޭޝަނަށް ގެނެވުމުން މުއިއްޒު ވިދާޅުވި ގޮތުގައި ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ޒުވާނުންނަށް ވަޒީފާގެ ފުރުސަތުތައް ފަހިވެގެން ދާނެއެވެ. މިއާއި އެކު ދެން މުއިއްޒު ވައުދުވީ ގއ. އަތޮޅަށް އިގްތިސާދީ ތަނަވަސްކަން ހޯދައިދިނުމުގެ ގޮތުން ކެރެންދޫ ފަޅާއި، މާވަރު ފަޅުގައި އިންޓަގްރޭޓެޑް ޓޫރިސްޓު ރިސޯޓު ގާއިމު ކުރުމަށެވެ.

ރަށުގެ ރައްޔިތުން ހުށަހެޅި ކަންކަމުގެ ތެރޭގައި ހިމެނޭ ކުނީގެ މައްސަލަ ހައްލުކޮށް، މެނޭޖު ކުރެވޭނެ ރަނގަޅު ނިޒާމެއް ގާއިމު ކުރުމަށް ވެސް މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެވެ. އިތުރު ވައުދުތަކުގެ ތެރޭގައި ހިމެނެނީ ސްޓޭޑިއަމް އަޕްގްރޭޓުކޮށް، ދުވާ ޓްރެކެއް ގާއިމު ކުރުމާއި، ރަށުގައި ތިބެގެން ވަޒީފާތައް އަދާކުރެވޭނެ ގޮތް ހަމަޖައްސައިދިނުން، އަދި ޒަމާނީ ވަސީލަތްތަކާއި އެކު ޔޫތް ސެންޓަރެއް ގާއިމު ކުރުމެވެ.

ރިޔާސީ އިންތިހާބަށް ކުރައްވަމުން ގެންދަވާ ކެމްޕެއިނުގައި މުއިއްޒު އެދިވަޑައިގަތީ ރައްޔިތުންގެ އިތުބާރަށެވެ. ކޮންމެ ރަށަކަށް ވާ ވައުދަކީ ވެސް، އެއީ ސަރުކާރުގެ ޒިންމާއެއްކަމަށް ދެކި އެކަން ފުރިހަމަ ކުރާނެކަމުގެ ޔަގީންކަން ދީ މިސާލެއްގެ ގޮތުގައި މުއިއްޒު ފާހަގަކުރެއްވީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގެ ފަސް އަހަރެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ރައްޔިތުން ތިބީ ބަދަލަކަށް ބޭނުންވެފަ އެވެ. އަދި އެކަން އެނިގެން ދާނީ ވޯޓުންކަމަށާއި، އިންތިހާބަށް ފޯރުވާ ނުޒޫޒަކަށް ނުވަތަ ވަޒީފާގެ ބިރަށް ބެލުމެއް ނެތި ގައުމުގެ ހައްގުގައި މަސައްކަތް ކުރުމަށް މުއިއްޒު ވަނީ ގޮވާލައްވާފަ އެވެ.

މުއިއްޒު ވިދާޅުވީ ސިޔާސީ ގޮތުން ދައްކާ ބިރަކަށް ރައްޔިތުން ފަސް ނުޖެހޭނެ ކަމަށެވެ. އަދި ވަޒީފާއިން ވަކި ކުރާނަމަ، އެ ވަޒީފާއެއް އަލުން އިޔާދަކޮށްދޭނެކަމަށް ވެސް ވިދާޅުވި އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: