ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދައުރު ނިމެން ކައިރިވުމުން އެއާޕޯޓަށް ތުޅާދޫ ބިން ހިއްކުން؛ ”މިއީ ކުރަން ނުކުރަން އޮތް މަޝްރޫއުއެއް“

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ބ. ތުޅާދޫގައި އެއާޕޯޓެއް އަޅާނެކަމަށް ބުނެ ސަރުކާރުން ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވައި ދައުރު ނިމެން ކައިރިވުމުން އަލުން އެ ވާހަކަ ފެށުމަކީ އެއީ ނިމިދާނެ މަސައްކަތަކާއި މެދު އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ސުވާލު އުފައްދައިފި އެވެ.

2023 ގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ބ. ތުޅާދޫއަށް ވަޑައިގެން މުއިއްޒު ރަށުގެ ރައްޔިތުންނަށް ދެއްވީ ތަރައްގީގެ ޔަގީންކަމެވެ. ރައްޔިތުން އިތުބާރު ކުރުމަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ މިއަދު ރައްޔިތުން ރައީސް އަބަދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމާއި މި ސަރުކާރު އަޅާ ކިޔަން ޖެހޭ ކަމަށެވެ.

ރައްޔިތުން ބޭނުންވާ ގޮތަށް ރަށުގެ ތަރައްގީއާއި ގުޅޭ އެއްވެސް މަސައްކަތެއް ކުރިޔަށް ނުދާއިރު، ކޮންމެ ރަށަކުން ވެސް އަންނަ ޝަކުވާއަކީ މަޝްރޫއުތައް ކުރިޔަށް ގެންދަނީ ބޭނޫން ވާ ގޮތާއި ހިލާފަށްކަމަށް ބުނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އެގޮތުން ތުޅާދޫގެ ހޮސްޕިޓަލް އެޅުމަށް ހަމަޖެހިފައިވާ ބިމާ މެދު ރައްޔިތުންގެ ޝަކުވާތައް ހުރިއިރު މުއިއްޒު ވިދާޅުވި ގޮތުގައި މިއީ ހުރިހާ ކަމެއް ވެސް ހިނގާ ގޮތެވެ.

ތުޅާދޫގައި އެއާޕޯޓެއް އެޅުމަށް މި ސަރުކާރުން ވައުދުވުމަށް ފަހު ފެންނަނީ، އެކި ގޮތްގޮތުން ފަސް ޖެހި އެ މަސައްކަތް ނުކުރެވި ހުއްޓިފައި އޮތް މަންޒަރުކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އިދިކޮޅުގެ ތަފާތަކީ ހުސް ވައުތަކެއް ވުމުގެ ބަދަލުގައި ފުރިހަމަ ކުރެވޭނެ ހަރުދަނާ މެނިފެސްޓޯއެއް ގެނައުމެވެ.

އަޅުގަނޑުމެންނަކީ ކުރަން.. ކުރަން ތިބޭ ބައެއް ނޫންކަން ރައީސް ޔާމީންގެ ފަސް އަހަރުގެ ދުވަހުން ވަރަށް ރަނގަޅަށް އެނިގެން ދާނެ.. ފަސް އަހަރުގެ ތެރޭގައި ހުސް ވައުުދުތަކެއްއް ނުވާނަން އެއްވެސް މިންވަރަކަށް.. ނުކުރެވޭނެ އެއްވެސް ކަމެއް ނޯންނާޏެ.. ކޮންމެ ކަމަކީ ވެސް ކުރާޏެކަމެއްކަމާއި އެކަމުގެ ޔަަގީންކަން އޮންނާނެ

ތުޅާދޫގެ އެއާޕޯޓުގެ ވާހަކަ މުއިއްޒު ފާހަގަ ކުރިއިރު، މަޝްރޫއުގެ ވާހަކަ ފަސް އަހަރު ވަންދެން ދެއްކެވުމަށް ފަހު މަޝްރޫއުއަށް ބޭނުންވާ ބިން ހިއްކުމަށް ފަށާފައި ވަނީ އިއްޔެ އެވެ. ކެޕިޓަލް މެރިން އެން ސިިވިލް ކޮންސްޓްރަކްޝަނާއި ހަވާލުކޮށް 44.70 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ.

ރިޔާސީ އިންތިހާބުގެ ވޯޓަށް 09 ދުވަހަށް ވެފައި ވަނިކޮށް، ދާއިރާގެ މެމްބަރު ހިސާން ހުސެއިން ވަޑައިގެން ބިން ހިއްކުމުގެ މަޝްރޫއު ފެއްޓެވުމުން ގިނަ ބައެއްގެ ފާޑުކިއުން ވެސް ވަނީ އަމާޒުވެފަ އެވެ.

މުއިއްޒު ވިދާޅުވީ އިދިކޮޅަކީ ވާ ވައުދުތައް ފުއްދާ ބައެއްކަމާއި، ކުރިޔަށް ނުގެންދެވޭނެ މަޝްރޫއުއެއް ނުވަތަ ފައިސާ ނުހޯދޭނެ ގޮތުގެ މައްޗަށް ވާހަކަ ނުދައްކާނެކަން ރައްޔިތުން ގަބޫލު ކުރާނެ ކަމަށެވެ.

މީގެއިތުރުން ތުޅާދޫގައި އެޅުމަށް ނިންމި 100 ހައުސިން ޔުނިޓުގެ މަސައްކަތް އެއްކޮށް ނިންމާނުލެވެނީސް ހުޅުވިއިރު، ގެދޮރަށް ބޭނުންވެފައިވާ 900 އެއްހާ މީހުން އެބަތިބިކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި އެ އަދަދަށް އެކަން ކުރެވެން އޮތީ ބިން ހިއްކައިގެންކަމަށްވުމާއި އެކު މުއިއްޒު ދެއްވީ ރައްޔިތުންގެ ޝަކުވާތައް ފުރިހަމަކޮށްދޭނެކަމުގެ ޔަގީންކަމެވެ.

މި ރަށަށް ބޭނުން ވަނީ އެންމެ 100 ހައުސިން ޔުނޮޠޓެއް ނޫން. ބިިމުގެ ޖާގަ ނެތް. އަދި އިތުރު ބިން ހިއްކުމުގެ މަޝްރޫައަކާއި އެކު، ގޯތި ދޫކުރާނަން

މުއިއްޒު ވިދާޅުވީ ތަރައްގީގެ ފަސޭހަކަން ރައްޔިތުންނަށް ލިބެން ޖެހޭ ކަމަށެވެ. އަދި ދިވެހި ރައްޔިތުން ބޭނުންވަނީ ކަންބޮޑުވުންތައް އަޑުއަހާނެ، އެ ރައްޔިތުންގެ އިހުސާސްތައް ދަންނަ ވެރިއެއް ކަމަށެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ސަރުކާރުން ކުޑަދުވަސްކޮޅެއްގެ ތެރޭގައި ނިންމާލާނެކަމަށް ބުނި އަމީނީ މަގުގެ މަޝްރޫއު ނިމިފައި ނުވާއިރު އޭގެއިން އެކަނި ވެސް ސަރުކާރުގެ އެއްވެސް ގާބިލުކަމެއް ނެތްކަން އެނގޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 100%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: