ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މުއިއްޒުގެ ވައުދު؛ ހައްޖު ކޯޓާ ދެހާހަށް އިތުރު ކުރުން!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިއްޖެ ނަމަ، ދިވެހި ރާއްޖެއިން ހައްޖަށް ދިއުމަށް ލިބޭ ކޯޓާގެ އަދަދު ދެހާހަށް އިތުރުކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގައި އޮތް ބެކްލޮގުތައް ސާފު ކުރާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ސެޕްޓެމްބަރުގެ 09 ގައި ބާއްވާ ރިޔާސީ އިންތިހާބަށް މުއިއްޒު އަތޮޅު ތެރޭގައި ހުންނެވި އިރު، އޭނާ ގެންދަވަނީ މެނިފެސްޓޯގައި ހިމަނާފައިވާ ސިޔާސަތުތަކުގެ ތަފްސީލު ހާމަކުރައްވަމުންނެވެ. ނ، ރ، ބ، ޅ ގެ އަތޮޅަށް ކުރެއްވި ދަތުރުފުޅު މިރޭ ނިންމަވާލައްވާއިރު ފަހު ޖަލްސަ އޮތީ ޅ. ނައިފަރުގަ އެވެ.

ޖަލްސާ ފައްޓަވަމުން އެންމެ ފުރަތަމަ ވެސް ނައިފަރުން ކީ ހޫނު މަރުހަބާއަށް ޝުކުރު އަދާކުރައްވައި، މުއިއްޒު ވިދާޅުވީ އޭގެއިން ވެސް ދައްކުވައިދެނީ ރައްޔިތުންގެ ހިތުގައި ރައީސް އަބްދުﷲ ޔާމީނަށް އޮތް ލޯތްބާއި އެމަނިކުފާނަށް އޮތް ތާއީދެވެ.

މުއިއްޒު ވިދާޅުވީ ބަރަކާތްތެރި ރަމަޟާން މަހުގެ ފަހު 10 ސަރުކާރު ބަންދު ދުވަސްތަކުގެ ގޮތުގައި ކަނޑައެޅުމަށް ނިމްމަވާފައިވާކަން މީގެ ކުރީގެ ޖަލްސާއެއްގައި ހާމަކުރި ކަމަށެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުންނަކީ ދީނަށް ހުރުމަތްތެރިކޮށް، ހިތާ ދީނާއި ގާތް މީހުންކަމަށް މުއިއްޒު ފާހަގަކުރި އެވެ.

ހައްޖަށް ދިއުމުގައި ދިމާވެފައިވާ އެންމެ ބޮޑު ދައްޗަކީ، މުއިއްޒު ވިދާޅުވި ގޮތުގައި އަގުތަކާއި ފީ ބޮޑުވުމެވެ. އެކަމަކު ހައްޖު ކޯޕަރޭޝަނުގެ އެތެރޭގެ ކަންކަން ހަރުދަނާކޮށް، މާލީ ގޮތުން ގާބިލު ކުންފުންޏަކަށް ހަދައި އަގު ކުޑަ ކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިވަގުތު ހައްޖު ކޯޕަރޭޝަނުގެ ވެއިޓިން ލިސްޓުގައި ވެސް އެތައް ބަޔަކު ތިބި އިރު، އެ ބެކްލޮގްތައް ކްލިއާކޮށް ދެ އަހަރެއްގެ ތެރޭގައި ހަމައަކަށް އެޅުވޭނެ ސިޔާސަތުތައް އެކުލަވާލާފައިވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. މި އަހަރުގެ ހައްޖަށް ދިޔަ ގިނަ ބައެއްގެ ތެރޭގައި ވެސް މީގެ ފަސް އަހަރު ކުރިން މުޅި ޖުމްލަ ފައިސާ ދެއްކި މީހުން ތިއްބެވެ. އަދި ކޮވިޑު-19 ގެ ބަލިމަޑުކަމުގެ ދުވަސްވަރު ވެސް ހައްޖަށް ނުދެވުމުގެ ސަބަބުން ބެކްލޮގުތައް ވަނީ އިތުރުވެފަ އެވެ.

ރައްޔިތުންނަށް މުއިއްޒުގެ ވައުދު؛ 1،000 ނިކަމެތިން ހިލޭ ހައްޖަށް ފޮނުވުން

ކޮންމެ އަހަރަކު ވެސް ހައްޖު ކޯޓާ އިތުރު ކުރުމަށް ސަރުކާރުން މަސައްކަތް ކުރާއިރު، މި އަހަރު ލިބުނީ 1000 ކޯޓާ އެވެ. އެއީ ސަރުކާރުން އެދިގެން އިތުރުކޮށްދިން އަދަދެވެ.

މިރޭ މުއިއްޒު ވިދަޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ ހައްޖު ކޯޓާގެ އަދަދު 2000 އަށް އިތުރު ކުރުމަށް ހުށަހަޅުއްވާނެކަމަށެވެ. މުއިއްޒު ވިދާޅުވީ ރައީސް ޔާމީނާ، ސައުދީ ސަރުކާރާ ގާތް ގުޅޫމެއް އޮންކަން ދިވެހި ރައްޔިތުން ދަންނާނެ ކަމަށެވެ. އެހެންކަމުން އެއީ އުނދަގޫ މަސައްކަތަކަށް ނުވާނެކަމަށް ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވަނީ، މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާކޮށް، ފަސް އަހަރުގެ ތެރޭހައި 1000 ނިކަމެތިން ހައްޖަށް ފޮނުވައިދެއްވާނެކަމަށް ވެސް ވައުދުވެވަޑައިގެންފަ އެވެ.

މުއިއްޒު ވައުދުވެވަޑައިގަތީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވިއްޖެ ނަމަ އުސޫލެއްގެ ދަށުން ރަައްޔިތުންނަށް ފުރުސަތު ހޯދައިދޭންށެވެ. ތަފްސީލު ދެއްވައި މުއިއްޒު ވިދާޅުވީ، އަމިއްލައަށް އެފޯޑު ނުކުރެވޭ ވަރުގެ މީހުން ސަރުކާރުގެ އެހީގައި ބަހާލައިގެން ފަސް އަހަރުގެ ތެރޭގައި 1000 މީހުންނަށް ހައްޖަށް ދެވޭނެ ގޮތް ހަމަޖައްސަވާނެ ކަމަށެވެ.

މޯލްޑިވްސް ހައްޖު ކޯޕަރޭޝަނުގެ ހިދުމަތް ގޯސްކަން ފާހަގަކޮށް މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ އެ ކޯޕަރޭޝަން ހިންގަނީ ރަނގަޅަށް ނޫން ކަމަށެވެ.
ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: