ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގައުމަށް ގެއްލުންވާ ގޮތަށް ރާއްޖޭގެ ފާރުން އެތެރެވުމަކީ މައްސަލައެއް: މުއިއްޒު

އިދިކޮޅު ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހި ގައުމަށް ގެއްލުންވާ ގޮތަށް، މި އިންފާރުން އެތެރެވެ ނޫފޫޒު ފޯރުވާނަމަ އެއީ މައްސަލައެއްކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މުއިއްޒު މިފަދައިން ވިދާޅުވީ، މިރޭ ކުރިޔަށް ދާ ރިޔާސީ ކެންޑިޑޭޓުންގެ ސަންގު ބަހުސްގަ އެވެ.

ދިވެހި ރައްޔިތުންގެ މައްޗަށް ފައިދާ ވާ ސިޔާސަތުތަކެއް ހާރިޖިއްޔާގެ ތެރެއިން ބޭނުންވާކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، އޭނާގެ ވެރިކަމެއްގައި ފެންނާނީ ގައުމަށް އޮތް ފައިދާ ކަމަށެވެ. މުއިއްޒު ވިދާޅުވީ އެއްވެސް ގައުމެއް ބާކީކުރުން، ނުވަތަ މާ ގާތް ކުރުމަކީ ރަނގަޅު ވިސްނުމެއް ނޫން ކަމަށެވެ. އެކަމަކު ދިވެހި ރާއްޖޭގެ އެތެރެއަށް، ގައުމަށް ގެއްލުންވާ ގޮތަށް ނުފޫޒުތައް ވަންނަކަމުގައި ވާނަމަ އެއީ މައްސަލައެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އަބަދުވެސް އިސްކަން ދޭނީ ރާއްޖެއަށް ފައިދާވާ ގޮތަށް ކަމަށެވެ.

ވަރަށް ގަދަ
86%ވަރަށް ގަދަ 14%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: