ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިލިޓަރީ މަސައްކަތަށް، ބޭރުގެ ސިފައިން ރާއްޖޭގައި ނުތިބޭނެ: ރައީސް

ސަންގު ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ދިވެހިރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީ ސިފައިން ހަތިޔާރާއި އެކު ނެތްކަމަށް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ މައްޗަށް އޮތް އިންޑިއާގެ ނުފޫޒާއި، އަދި އެ ގައުމުގެ ސިފައިން ހަތިޔާރާއި އެކު ތިބޭކަމަށް ކުރާ ތުހުމަތުތައް ސަރުކާރުން ތަކުރާރުކޮށް ދަނީ ދޮގު ކުރަމުންނެވެ. އެކަމަކު އެ ގައުމާއި އެކު ވެފައިވާ އެކި އެބަސްވުންތައް ސަރުކާރުން ހާމަ ކުރުމަށް ދެކޮޅު ހަދައި ބުނަމުން ދަނީ، އެކަމުން ގައުމީ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. އަދި އިންޑިއާ ސިފައިންގެ އަދަދު ހާމަ ކުރުމަށް ކޯޓަށް ހުށަހެޅި މައްސަލައެއްގައި ދައުލަތުން ބުނެފައި ވަނީ، އެކަމުގެ ސަބަބުން ރާއްޖެއަށް ކާޑު ލިބުނުގައި ދަތިތައްވެދާނެކަމަށެވެ.

އެކަމާ ގުޅޭގޮތުން ރައީސް ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީއެއް ނެތްކަމަށާއި، ހާއްސަކޮށް އިންޑިއާގެ ސިފައިން ހަތިޔާރާއި އެކު ނެތްކަމަށެވެ. ރައީސް ވިދާޅުވީ ބައެއް ތަމްރީނު ޕްރޮގްރާމުތަކަށް ބޭރުގެ ސިފައިން އަބަދުވެސް ގައުމަށް އަންނަ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި ގާއިމުވެ ތިބެ ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އިންޑިއާއިން ރައީސް ސޯލިހަށް ފަންޑުކޮށް، ރިޔާސީ އިންތިހާބަށް ފައިސާ ދޭކަމަށް ރިޔާސީ ކެންޑިޑޭޓު އުމަރު ނަސީރު ކުރި ތުހުމަތުގެ ރައްދު ދިނުމަށް ފުރުސަތު ދިނުމުން ރައީސް ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގު ތުހުމަތުތަކެއް ކަމަށެވެ. އެކަމަކު އެއަށް އުމަރު ވެސް ރައްދު ދެއްވައި ވިދާޅުވީ އެއީ “ނޮންސެންސް” ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: