ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަށް ހުކުމް ކުރީ ކޯޓަކުން، އެއީ ކޮރަޕްޝަންގެ ހުކުމެއް: ރައީސް

ސަންގު ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މައްޗަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއް ނޫންކަމަށް ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

ރައީސް މިފަދައިން ވިދާޅުވީ ރިޔާސީ ކެންޑިޑޭޓުންގެ ސަންގު ބަހުސް ޕްރޮގްރާމުގަ އެވެ.

ރައީސް ސޯލިހު ވިދާޅުވީ ފަސް އަހަރުގެ ސިޔާސީ ހަލަބޮލިކަމެއްގެ ތެރެއިން، ދިވެހިންނަށް ފެނުނީ އަނިޔާވެރިކަމެއް ކަމަށެވެ. އެގޮތުން ވަޒީރުން ޖަލަށް ލީ ގޭގައި ނިދާފައި އޮއްވާކަމަށާއި، ދައުލަތުގެ މަގާމުތަކުގައި ތިއްބެވި ބޭފުޅުންތަކަށް ވެސް ދެއްކީ ޖަލު ގޮޅިކަމަށް ރައީސް ވިދާޅުވި އެވެ. ކަމަށެވެ. އަދި ސިޔާސީ ލީޑަރުންގެ ތެރެެއިން، ކިރިޔާ ވެސް ވާދަކުރާނެކަމަށް ބެލެވޭ ހުރިހާ ބޭފުޅުންނަށް އޭގެ ބާރު ފޯރުވި ވެރިކަމެއް ފެނިގެން ދިޔަކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ޔާމީނަށް އިއްވާފައި ވަނީ ސިޔާސީ ހުކުމެއްކަމަށް އިދިކޮޅުން ކުރާ ތުހުމަތުތަކަށް އޮތް ރައްދަކީ ކޮބައިތޯ ސުވާލު ކުރުމުން ރައީސް ސޯލިހު ވިދާޅުވީ އެއީ ސިޔާސީ ހުކުމެއް ނޫން ކަމަށެވެ. އެމަނިކުފާނުގެ މައްޗަށް ހުކުމެއް އައިސްފައި ވަނީ ހިންގި ކޮރަޕްޝަނުގެ ސަބަބުންކަމަށާއި، އެމަނިކުފާނުގެ އެއްވެސް ނުފޫޒެއް ކޯޓުގެ މައްޗަށް ނެތްކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކަށް ގެންނަން ޖެހޭ އިސްލާޙުތައް އެބަހުރިކަމަށާއި، އެކަމަކު ކުރިޔަށް ވުރެ ބޮޑުތަނުން އިސްލާޙުތައް ގެނެވިފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: