ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސިޔާސީ ރުޅިވެރިކަމުގެ ދައުވާއެއް ނުކުރާނަން، އަދަބު ލިބޭނީ ކުރާ ކުށަކަށް: އުމަރު

ރިޔާސީ އިންތިހާބުގައި އަމިއްލަ ގޮތުން ވާދަކުރައްވާ އުމަރު ނަސީރު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެއްވެސް މީހެއްގެ މައްޗަށް ސިޔާސީ ދައުވާއެއްކޮށް، އެ ރުޅިވެރިކަން އުފެއްދުމުގެ ނިޔަތެއް ނެތްކަމަށާއި އެކަމަކު ސިޔާސީ ކުރި ކުށެއްގެ މައްޗަށް އަދަބު ލިބެންޖެހޭކަމަށް އަމިއްލަ ގޮތުން ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.

ކޮންމެ ވެރިކަމެއް ވެސް ނިމުމާއި އެކު، އެ ވެރިއެއްގެ މައްސަލަަތައް ބަލައި ތަހުގީގު ކުރަމުން ދާއިރު ކުރީގެ ރައީސުން ޖަލުގައި އެކި ދުވަސްތައް ހޭދަ ކުރަން ވަނީ ޖެހިފަ އެވެ. އެގޮތުން މި ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މި ސަގާފަތް ތަކުރާރުކޮށް، ރައީސް ސޯލިހުގެ މައްސަލައެއް ބަލައި ޖަލު ހުކުމެއް އިއްވާ ވެރިއަކަށް ވެދާނެތޯ “ސަންގު ބަހުސް” ގައި ކުރި ސުވާލަށް އުމަރު ވިދާޅުވީ މިވީ 18 އަހަރުގެ ދަތުރުގައި ވަރަށް ގިނަ ކަންކަން ހިނގައި، އެތައް ބައެއްގެ އަހުލާގު ގެއްލިފައިވާ ކަމަށެވެ. ސިޔާސީ މައިދާނާއި އެކު، ހަމަނުޖެހުންތައް ބޮޑުވެ ކޮރަޕްޝަންތައް ވީ އިތުރުކަމަށް އުމަރު ވިދާޅުވި އެވެ. އެހެންކަމުން ރައީސް ސޯލިހުގެ މައްޗަށް ތުހުމަތަށް ސާބިތުވާނަމަ، އެކަމުގެ އަދަބު ލިބެން ޖެހޭކަމަށާއި، އެކަމަކު ސިޔާސީ ދައުވާއެއް އޮވެގެން ނުވާނެކަމަށް އުމަރު ވިދާޅުވި އެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: