ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ޔާމީނަކީ އަނިޔާވެރިއެއް، އެތައް ބަޔަކަށް ގެއްލުން ދީ އަނިޔާކުރި: ގާސިމް

ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީ އަނިޔާވެރި ވެރިކަމެއް ކުރެއްވި ބޭފުޅެއްކަމަށާއި އެ އަނިޔާ ތަހައްމަލު ކުރައްވަން ޖެހުނީ ހިތްދަތިކަމާއި އެކުކަމަށް ރިޔާސީ އިންތިހާބުގައި ވާދަކުރައްވާ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ވެރިކަން ލިބިވަޑައިގެންފި ނަމަ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ޖަލަށް ލަފާނަންތޯ ސުވާލު ކުރުމުން ގާސިމް ވިދާޅުވީ އެއްވެސް ބޭފުޅަކަށް ބޭއިންސާފުން އަނިޔާއެއް ދިނުމުގެ ވިނުމެއް ނެތް ކަމަށެވެ. އެކަމަކު އޭނާއަކީ ވެސް މިދިޔަ ވެރިކަމުގައި ގާނޫނާއި ހިލާފަށް، ބާރުގެ ބޭނުންކޮށް ކުރި އަނިޔާގެ ޝިކާރައަކަށް ވި ބޭފުޅެއްކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަމުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް އަނިޔާއާއި ކުރިމަތިލާން ޖެހުނު ކަމަށެވެ. އަދި ރައީސް ޔާމީންގެ އެ އަނިޔާވެރިކަން ދިޔަ ހިސާބަކީ ކޯޓުން ޓިނު ނަގައި، ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމަށް ކުރި މަސައްކަތްކަމަށް ގާސިމް ވިދާޅުވި އެވެ.

ގާއިމް ވިދާޅުވީ އެ އަނިޔާ ކުރިމަތިލާން ޖެހުނު ކޮންމެ މީހަކަށް، އެ އަނިޔާ ލިބުނީ ވަރަށް ބޭއިންސާފުން ކަމަށެވެ. އެކަމަކު އޭނާއަކީ އެއްވެސް ބަޔަކަށް އަނިޔާއެއް ދިނުމުގެ ނިޔަތުގައި މައްސަލައެއް ބަލައި، ޖަލު ހުކުމެއް އިއްވާނެ ވެރިޮއެއް ނޫންކަމަށް ގާސިމް ވިދާޅުވި އެވެ.

ޝަރުއީ ނިޒާމަށް ކުރީގެ ސަރުކާރުގެ އިންތިހާ ނުފޫޒު އޮތްކަމުގެ ތުހުމަތު ކުރައްވައި، ގާސިމް ވިދާޅުވީ އޭރު ހުކުމްތައް ވެސް ނެރެމުން ދިޔައީ ރައީސް ޔާމީން ބޭނުންފުޅުވި ގޮތަށް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: