ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރީގެ ރައީސުންގެ ފަހަތުން ދުވާ މީހަކަށް ނުވާނަން: ނާޒިމް

މޯލްޑިވްސް ނެޝަނަލް ޕާޓީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ވެރިއަކު ވެސް، ގައުމުގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އަންނަނީ އިންސާފާ ހަމަހަމަކަން ގާއިމު ކުރުމަށްކަމަށާއި، ކުރީގެ ރައީސުން ފަހަތުން ދުވާ މީހަކަށް ނުވާނެކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ކޮންމެ ވެރިކަމެއް ވެސް ނިމުމާއި އެކު، އެ ވެރިއެއްގެ މައްސަލަަތައް ބަލައި ތަހުގީގު ކުރަމުން ދާއިރު ކުރީގެ ރައީސުން ޖަލުގައި އެކި ދުވަސްތައް ހޭދަ ކުރަން ވަނީ ޖެހިފަ އެވެ. އެގޮތުން މި ވެރިކަމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ މަނީ ލޯންޑްރިން އާއި ރިޝްވަތުގެ ކުށް ސާބިތުވެ 11 އަހަރުގެ ޖަލު ހުކުމެއް އިއްވާފަ އެވެ.

މި ސަގާފަތް ތަކުރާރުކޮށް، ރައީސް ސޯލިހުގެ މައްސަލައެއް ބަލައި ޖަލު ހުކުމެއް އިއްވާ ވެރިއަކަށް ވެދާނެތޯ “ސަންގު ބަހުސް” ގައި ކުރި ސުވާލަށް ނާޒިމް ވިދާޅުވީ ވެރިކަމަށް އަންނަނީ ރައްޔިތުންނަށް އިންސާފާ ހަމަހަމަކަން ގާއިމުކޮށްދޭން ކަމަށެވެ. އެހެންކަމުން ކުރީގެ ރައީސުންގެ ފަހަތުން ދުވާ މީހަކަށް އޭނާ ނުވާނެކަމަށް ވިދާޅުވި އެވެ. އޭގެ ސަބަބެއްކަމަށް ނާޒިމް ވިދާޅުވީ ނުހައްގުން އެތައް ބައެއްގެ މައްޗަށް ލިބުނު އަނިޔާތައް އޭނާއަށް ހަމަލޮލުން ފެނި ތަޖުރިބާ ވެސް ކުރެވިފައިވާތީ އެވެ.

ކޮންމެ ވެރިއަކަށް ވެސް، އަދި ދައުލަތުގެ އިސް މަގާމެއް އަދާކުރައްވާފައިވާ ބޭފުޅަކަށް ޝަރަފުވެރިކަމާއި އަބުރުވެރިކަމާއި އެކު ދިރިއުޅުމަށް ފުރުސަތު ލިބެންޖެހޭކަމަށް ނާޒިމް ވިދާޅުވި އެވެ. އަދި އެކަން އޭނާގެ ވެރިކަމެއްގައި ޔަގީން ކުރައްވާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: