ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާއިލާގެ އެއްވެސް މީހަކަށް ސަރުކާރުން ވަޒީފާއެއް ނުދެން: ރައީސް

ސަންގު ބަހުސްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަމަށް ވަޑައިގެން، ސަރުކާރު ހިންގެވުމާއި ހަވާލުވުމަށް ފަހު އާއިލާގެ އެއްވެސް ބޭފުޅަކަށް ދިން ވަޒީފާއެއް ނެތްކަމަށް ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.

އާއިލާއާއި ގާތް ތިމާގެ މީހުން އަދި ރައްޓެހިންނަށް ވަޒީފާތައް ދީގެން ނުވާނެކަމަށް އެމްޑީޕީން އަބަދުވެސް ވަކާލާތު ކުރެ އެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމްގެ ދިގު 30 އަހަރުގެ ވެރިކަން ބަދަލު ކުރުމަށް، ބުނަމުން ދިޔައީ އެއީ އާއިލީ ވެެރިކަމެއް ކަމަށެވެ.

ރައީސް ސޯލިހުގެ ސަރުކާރުގެ ދައުލަތުގެ އިސް މަގާމުތަކުގައި، އެމަނިކުފާނުގެ އާއިލާގެ މެމްބަރުން ތިބިކަމަށް “ސަންގު ބަހުސް” ގައި ފާޙަގަ ކުރުމުން އެމަނިކުފާނު ވިދާޅުވީ އާއިލާގެ މެމްބަރުންނަށް ވަޒީފާ ދީފައި ނުވާނެ ކަމަށެވެ. އެގޮތުން ކޮމިޝަނާރ އޮފް ޕޮލިސް މުހައްމަދު ހަމީދު އެ މަގާމަށް ވަޑައިގަތީ ކޯޓުން ކުރި ހުކުމަކާއި އެއްގޮތަށްކަމުގައި ރައީސް ވިދާޅުވި އެވެ.

ކޮއްކޯފުޅު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މަސައްކަތް ކުރަނީ، މިދިޔަ ވެރިކަމުން ފެށިގެންކަން ފާހަގަކޮށް ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނު ވެރިކަމާއި ހަވާލުވުމަށް ފަހު އެފަދަ މަގާމުތަކުން އެއްވެސް ބޭފުޅަކު ވަކިކޮށްފައި ނުވާނެ ކަމަށެވެ. އެހެންކަމުން އެ މަގާމުގައި ފާތިމަތު ހުރީ އެ ސަބަބާއި ހުރެކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވިދާޅުވީ އާއިލާއަށް ވަކި ނުފޫޒެއް، ނުވަތަ މަގާމެއް ހޯދައިދޭން އެމަނިކުފާނު މަސައްކަތްކޮށްފައި ނުވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 100%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ސީޕީ ހަމީދު އިންޓެލިގެންސް ހެޑަކައް ހުއްޓަ ވަޒީފާއިން ވަކިކުރީ. ސުޕްރީމް ކޯޓުން އެނއގިދާނެ ވަޒީފާ އަނބުރާ ދޭން. ސީޕީ ކަމަކީ ރައީސް ދެއްވާ މަގާމެއް. ތިޔަހެން ވަންޔާ މިނިސްޓަރު ކަންދޭންވެސް ކޯޓުތަކަށް އެންގޭނު؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: