ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެސް ގައުމެއްގެ މިލިޓަރީއަކަށް ޖާގައެއް ނެތް، ވަކި ގައުމަކަށް އިސްކަން ނުދޭނަން: އިލްޔާސް

ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިންގެ ބާރު ހިނގައި، އެ މީހުންގެ މިލިޓަރީ ތިބުމުގެ ޖާގަ ދީގެން ނުވާނެކަމަށް ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓު އިލްޔާސް ލަބީބް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި، އެ ގައުމާއި އެކު ދިވެހި ސަރުކާރުންވެފައިވާ އެއްބަސްވުންތަކުގެ ދަށުން ހަތިޔާރާއި އެކު ސިފައިންނަށް ތިބުމުގެ ޖާގަ ދެވިފައިވާކަމަށް ތުހުމަތު ކުރެވެ އެވެ. މި އެއްބަސްވުންތައް ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ މައުލޫމާތުތައް ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާއިރު އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަކޮށްފި ނަމަ ރާއްޖެއަށް ކާޑު ލިބުމުގައި ދަތިތަކެއް ވެދާނެކަމަށް މި މައްސަލައިގައި ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމެއްގައި ދައުލަތުން ވަނީ ބުނެފަ އެވެ.

ވަކި ގައުމެއްގެ ނުފޫޒު ރާއްކެއަށް އޮތްކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް “ސަންގު ބަހުސް” ގައި އިލްޔާސް ވިދާޅުވީ ދިވެހި މަސްކަނޑު ވިއްކާލައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި މިއީ ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އެ ގައުމުގެ ބޮޑުވަޒީރަށް ފޮނުވި ސިއްރު މެސެޖުތަކެއްގެ ނަތީޖާކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ، ކަނޑުގެ ސަރަހައްދުގައި އާންމުވެފައިވާ އިންސާނީ ވަގުފާރީގެ މައްސަލައަށް ހައްލު ގެންނާނެ ކަމަށެވެ.

ބޭރުގެ ސިފައިން ރާއްޖޭގައި ވަޒަންވެރިވަމުން އައީ 2009 ވަނަ އަހަރުން ފެށިގެންކަމާއި، އެކަން އޭރު ހައްލު ނުވެ އޮތީ ކީއްވެގެންތޯ ސުވާލު ކުރުމުން އިލްޔާސް ވިދާޅުވީ ރައީސް މުހައްމަދު ނަޝީދުގެ އެ ވެރިކަމުގައި ބޭރުގެ އަވައްޓެރި ގައުމުތަކާއި ގުޅުން ބަދަހި ކުރުމަށް މަސައްކަތް ކުރެވުނު ކަމަށެވެ. އަދި ސިފައިންގެ ތަމްރީނު ޕްރޮގްރާމުތައް ކުރިޔަށް ދިޔައިރު، އެއީ ސިއްރު އެގްރިމަންޓުތަކެއް ނޫންކަމަށް އޭނާ ވިދާޅުވި އެވެ.

ވަކި ގައުމަކަށް ބަރޯސާވާކަމަށް ސަރުކާރުތަކުގެ މައްޗަށް ތުހުމަތުވާއިރު، އޭގެ ތެރޭގައި ހިމެނޭ ދެ ގައުމަކީ މިދިޔަ ސަރުކާރުގައި ޗައިނާ އަދި މި ސަރުކާރުގައި އިންޑިއާ އެވެ. އަދި ދެކޮޅު ފަރާތަކަށް އަނެއް ގައުމު ގޯސް ވާތީ ޗައިނާ އެކު ގުޅުން ގާއިމުކޮށްފާނަން ތޯ ސުވާލު ކުރުމުން އިލްޔާސް ވިދާޅުވީ އެއްވެސް ގައުމެއް ބާކީ ނުކުރާނެ ކަމަށެވެ. އަދި ސަރުކާރު ކުރިޔަށް ދާނީ، ބޭރުގެ ދުނިޔެއާއި ގުޅުން ބަދަހިކޮށްގެން ކަމަށް އިލްޔާސް ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރާއްޖެއަކީ ކިތަންމެ ކުޑަ ގައުމެއް ނަމަވެސް، އޮތީ ތަނަވަސްކަން މަތީ ކަމަށެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: