ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަކި ބައެއްގެ ޕްރެޝަރަށް ވާނުވާ ބަންދުގައި ތިބުން ނިމުމަކަށް ގެންނާނަން: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ޖެހޭއިރު، އަދިވެސް ދިމާވެފައި އޮތް އެންމެ ބޮޑު މައްސަލައަކީ ވާނުވާ ބަންދަށް ހައްލެއް ލިބިފައި ނެތުންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ފަހު ކޮންމެ 30 ދުވަހަކުން އެ މީހެއްގެ ބަންދު ރިވިއު ކުރަންޖެހޭނެ ކަމަށް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވަނީ ކަނޑައަޅާފައެވެ. އެކަމަކު އެކަން އެންމެ ރަނގަޅު ގޮތުގައި ކުރިޔަށް ނުގެންދެވޭއިރު، ގާނޫނުގައި ބުނާ ގޮތަށް ބަންދު ރިވިއު ނުކޮށްފި ނަމަ ދެން ވާނެ ގޮތެއް ގާނޫނުގައި ބުނެފައި ނެތެވެ. އެހެންވެ ވާނުވާ ބަންދު ރިވިއުގެ މައްސަލައެއް ދެގޮތަކަށް ހައިކޯޓުގައި ނިމި އެ މައްސަލަ ސުޕްރީމް ކޯޓަށް ވެސް ދިޔަ އެވެ.

ވާނުވާ ބަންދަށް ނިމުމެއް ގެނައުމަކީ މި ސަރުކާރުން ވެރިކަމަށް އައުމަށް ވި ރިޔާސީ ވައުދެކެވެ. ގިނަ އަދަދެއްގެ ބަޔަކު ހުކުމެއް ނެތި ބަންދުގައި ތިބި އިރު، އެ މީހުން ކުރި ކުށް ސާބިތުވާ ހާލަތެއްގައި އަންނަ އަދަބަށް ވުރެ ގިނަ ދުވަސް ޖަލުގައި ހޭދަކުރަމުންދާ އަދި ހޭދަ ކުރި މީހުން ވެސް އެބަތިއްބެވެ. އަދި އެއްވެސް ވަރަކަށް ކޯޓަށް ހާޒިރު ކުރުމެއް ނެތި ބައެއް ކުށުގެ ތުހުމަތުގައި ބަންދުގައި އަހަރަކަށް ވުރެ ގިނަ ދުވަސްވެފައި ވެސް އެބަތިއްބެވެ.

ރިޔާސީ ކެމްޕެއިނަށް ވަޑައިގެން، ތ. ތިމަރަފުށި ޖަލްސާގައި މުއިއްޒު ވަނީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ދިމާވެފައި ހުރި މައްސަލަތައް ފާހަގަކުރައްވާފަ އެވެ. އަދި ވިދާޅުވީ ރާއްޖޭގެ ޝަރުއީ ނިޒާމަށް ގެނަން ޖެހޭ ވަރަށް ގިނަ އިސްލާހުތައް އެބަހުރި ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ގެންނަ އިސްލާހުތަކުގެ ތެރޭގައި، ވާނުވާގެ ނިޒާމު އުވާލަން ޖެހޭކަމަށް ވަނީ ވިދާޅުވެފަ އެވެ.

މުއިއްޒު ވިދާޅުވި ގޮތުގައި ކުށުގެ ތުހުމަތެއްގެ ބަންދުގައި ހުރެ، ވާނުވާ ނޭނގި ޖަލުގައި ހޭދަ ކުރަން ޖެހުމަކީ އިންސާފެއް ނޫނެވެ. އެހެންކަމުން އެފަދަ މައްސަލަތައް ވީހާވެސް އަވަހަށް ބަލައި، ހައްލު ގެންނަވާނެކަމުގެ ވައުދުވާކަމަށް މުއިއްޒު ވިދާޅުވި އެވެ.

މި ރަށުގައި މިހާލަތު ދިމާވެފައިވާ ތިބި ކުދިންގެ ކަންކަން ބަލއިދޭނަން.. ވެރިކަމުގެ ކުރީކޮޅު.. ބަލާ އިންސާފުވެރިކަމާ އެކު އެކަން ބަލާފައި ރަނގަޅަށް ހައްލުކޮށްދީ ނިމުމަކަށް ގެނެސްދޭނަން

މުއިއްޒު ވިދާޅުވީ ވެރިކަން ލިބިވަޑައިގެންފި ނަމަ އެ މައްސަލަ ބަލާނީ އިންސާފުވެރިކަމާއި އެކު އެވެ.

މުއިއްޒު ވިދާޅުވީ ބައެއްގެ ޕްރެޝަރެއްގެ ސަބަބުން، ނުވަތަ ބޭރުގެ ޖަމިއްޔާއެއްގެ ޕްރެޝަރެއްގެ ސަބަބުން ހައްޔަރު ކުރުން ގޯސް ކަމަށެވެ. އަދި ހާއްސަކޮށް ދީނުގެ ނަމުގައި ހައްޔަރުކޮށްގެން މި ސަރުކާރުން އެ މީހުން ބަންދުގައި ބަހައްޓަނީ ކޮން ސަބަބަކާއި ހުރެކަން ސާފުވާކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާގެ ހުރި މައްސަލަތައް ފާހަގަ ކުރައްވައި މުއިއްޒު ވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަނުގެ އެތެރޭގެ ގޯސްތައް ހައްލު ކުރާނެ ގޮތް ވެސް ވިދާޅުވެދެއްވާފަ އެވެ. އަދި ގާނޫނުތައް ބޭނުންކޮށްގެން، ކުރާ އަނިޔާތައް ނިމުމަކަށް ގެންނަން ޖެހޭކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: