ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގައި އިންޑިއާ ސިފައިން އެބަތިބި، ރައީސަށް ދެވަނަ ދައުރެއް ދޭން ހެޔޮނުވާނެ: ގާސިމް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހި
ޝެއާރކޮށްލާ ކަހަލަދޯ؟

ވަރުބަލިކަންމަތީގައި ހުރެ ވެސް ގައުމުގެ ހައްގުގައި ނިކުންނާން ޖެހުނީ، ރާއްޖޭގެ މިނިވަންކަމާއި އިސްތިގުލާލު ދެމެހެއްޓުމުގައި ބަޔަކު އިހުލާސްތެރި މަސައްކަތްތަކެއް ކުރަން ޖެހިފައިވާތީކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް އިންޑިއާގެ ނުފޫޒު އެބައޮތްކަމަށާއި، އެ ގައުމާއި އެކު ދިވެހި ސަރުކާރުންވެފައިވާ އެއްބަސްވުންތަކުގެ ދަށުން ހަތިޔާރާއި އެކު ސިފައިންނަށް ތިބުމުގެ ޖާގަ ދެވިފައިވާކަމަށް ތުހުމަތު ކުރެވެ އެވެ. މި އެއްބަސްވުންތައް ހާމަކޮށްފި ނަމަ ގައުމީ ސަލާމަތަށް ނުރައްކާވެދާނެކަމަށް ބުނެ މައުލޫމާތުތައް ހާމަކުރުމަށް ސަރުކާރުން ދެކޮޅު ހަދާފައިވާއިރު އިންޑިއާގެ ސިފައިން ތިބި އަދަދު ހާމަކޮށްފި ނަމަ ރާއްޖެއަށް ކާޑު ލިބުމުގައި ދަތިތަކެއް ވެދާނެކަމަށް މި މައްސަލައިގައި ކޯޓުގައި ކުރިޔަށް ދިޔަ އަޑުއެހުމެއްގައި ދައުލަތުން ވަނީ ބުނެފަ އެވެ.

ވަކި ގައުމެއްގެ ނުފޫޒު ރާއްކެއަށް އޮތްކަމަށް ބުނެ ކުރަމުންދާ ތުހުމަތުތަކަށް ރިޔާސީ ކެމްޕެއިންގެ ގދ. ތިނަދޫ ޖަލްސާގައި ގާސިމް ވިދާޅުވީ ދިވެހި މަސްކަނޑު ވިއްކާލައި ރާއްޖެއަށް ގެއްލުންވާ ގޮތަށް މި ސަރުކާރުން އަމަލުކޮށްފައިވާ ކަމަށެވެ. އަދި ރާއްޖެ – މޮރިޝަސް ކަނޑުގެ ސަރަހައްދު ފުށު އަރާ މައްސަލައިގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަމަލުތަކަށް ބަލައި ދިވެހި ރައްޔިތުން އެމަނިކުފާނަށް ވޯޓު ދޭން ނުޖެހޭކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ގާނޫނު އަސާސީއާ ހިލާފަށް ރާއްޖޭގައި ބޭރުގެ ސިފައިން ތިބިކަން ދިވެހި ރައްޔިތުންނަށް މިއަދު އެނގި ސާފުވާކަމަށެވެ. އަދި ވިދާޅުވީ ރާއްޖޭގައި އެހެން ގައުމެއްގެ ސިފައިންނަށް ގާއިމުވެ ތިބެވޭނީ އަދި އެބަސްވުމަކުން އެކަމަށް ޖާގަ ދެވޭނީ ވެސް ރައްޔިތުންގެ މަޖިލީހަށް ރުހުން ލިބިގެން ނަމަވެސް، ރައީސުލްޖުމްހޫރިއްޔާގެ އެފަދަ އެއްވެސް ހުށަހެޅުމެއް ލިބިފައި ނުވާކަމަށެވެ.

ގާސިމް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ގެނައި ހެލިކޮޕްޓަރަށް ފަހު ދެވަނަ އުޅަނދު ގެނައި މިދިޔަ ވެރިކަމުގައި ކަމަށެވެ. އެއަށް ފަހު ރައީސް ޔާމީންގެ ވެރިކަމުގައި ރާއްޖޭން އިންޑިއާ ސިފައިން ފޮނުވާލުމަށް އެތައް މަސައްކަތެއް ކުރި ނަމަވެސް، ގަދަ ހަދައި ތިބީ އައްޑޫގައި ގާއިމުވެގެންކަމަށް ގާސިމް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް އެނގޭ ރާއްޖޭގައި އެބަތިބިކަން ބޭރުގެ ސިފައިން ކަނޑައެޅިގެން ގާނޫނުއަސާސީއާއި ހިލާފަށް…. ރައްޔިތުންގެ މަޖިލީހަށް ފާސްކުރާކަށް ހުށައެއްނާޅާ މިއަދުގެ ރައީސުލްޖުމްހޫރިއްޔާ

އިންޑިއާ ސިފައިން ފޮނުވާލަން ޖެހޭކަމަށް ރައީސް ޔަމީންގެ ސަރުކާރުގެ ކެބިނެޓުން ގޮތް ނިންމާފައި ވަނިކޮށް، މި ސަރުކާރުން އެ މީހުންނަށް ވިސާދީ ހިދުމަތްތައް ފުޅާކުރިކަމަށް ގާސިމް ވިދާޅުވި އެވެ. މިއަދުގެ ހަގީގަތަކީ، ގާސިމް ވިދާޅުވި ގޮތުގައި ރާއްޖޭގެ ހަތަރު ސަރަހައްދެއްގައި އިންޑިއާގެ ސިފައިން ތިބިކަމެވެ. އަދި އެ މީހުންގެ ތިބީ ކިތަށް އޮފިސަރުންކަން ސާފު ނުވެ އޮތުމަކީ ކަންބޮޑުވުމެއްކަމަށް ގާސިމް ވިދާޅުވި އެވެ.

މީގެއިތުރުން ގާސިމް ވިދާޅުވީ ސަރުކާރުން ނުފޫޒެއްގައި ޖެހި އަމިއްލަ މަންފާއަށް، ރާއްޖޭގެ މަސްކަނޑުން ބޮޑު ބައެއް ދޫކޮށްލާފައިވާކަމަށެވެ. އަދި އެކަން ކުރީ ގާނޫނާއި ގަވައިދުތަކާ ހިލާފަށްކަމަށް ތުހުމަތުކޮށް ގާސިމް ވިދާޅުވީ އެފަދަ ނިންމުންތައް ނިންމައި ދިވެހި ރައްޔިތުންނަށް ގެއްލުން ދިން ވެރިއަކަށް ދެވަނަ ދައުރެއް ދޭން ނުޖެހޭ ކަމަށެވެ.

މި މައްސަލައިގައި ދާދި ފަހުން “ސަންގު ބަހުސް” ގައި ރައީސް ވިދާޅުވީ، ރާއްޖޭގައި އެއްވެސް ގައުމެއްގެ މިލިޓަރީއެއް ނެތްކަމަށާއި، ހާއްސަކޮށް އިންޑިއާގެ ސިފައިން ހަތިޔާރާއި އެކު ނެތްކަމަށެވެ. ރައީސް ވިދާޅުވީ ބައެއް ތަމްރީނު ޕްރޮގްރާމުތަކަށް ބޭރުގެ ސިފައިން އަބަދުވެސް ގައުމަށް އަންނަ ކަމަށެވެ. އެކަމަކު އެއީ އެއްވެސް ހާލަތެއްގައި ރާއްޖޭގައި ގާއިމުވެ ތިބެ ނޫންކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
25%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 25%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: