ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން މަސް ދުވަހުގެ މަސައްކަތަކުން އެމްޑީޕީ ބަލި ކުރެވުނީތީ އަމްރު ހިތްހަމަޖެހޭ!

ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބުގެ ރަނިން މޭޓުގެ ގޮތުގައި ވަދަކުރި އަމްރު
ޝެއާރކޮށްލާ ކަހަލަދޯ؟

އައު ސިޔާސީ ޕާޓީއެއް އުފައްދައި ތިން މަސް ދުވަހުގެ ތެރޭގައި ރިޔާސީ އިންތިހާބެއްގައި ވާދަކޮށް ލިބުނު ނަތީޖާ ރަނގަޅުކަމަށާއި ސަރުކާރުގެ ނުފޫޒާއި ބާރުތަކާ ދެކޮޅަށް ކުރި މަސައްކަތުން އެމްޑީޕީ ބަލި ކުރެވުނުކަމަށް ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓު ހުސެއިން އަމްރު ވިދާޅުވެއްޖެ އެވެ.

އިއްޔެގެ ރިޔާސީ އިންތިހާބުގައި ޑިމޮކްރެޓްސްއަށް ލިބިފައި ވަނީ ހަތް އިންސައްތަ ވޯޓު ނަމަވެސް އެއީ ކާމިޔާބީއެއްކަމަށް ފާހަގަކޮށް އެ ޕާޓީން ބޭއްވި ހަރަކާތުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެސް ބައިވެރިވި އެވެ. މި އެއްވުމުގައި އަމްރު ވިދާޅުވީ ސަރުކާރުގެ އެތެރޭގެ ކަންކަން ގޯސްވެ އެ މައްސަލަތައް ފާހަގަކުރުމުން އެމްޑީޕީގެ ތެރެއިން ކުރި ޖެއްސުންތަކާއި ދެކޮޅަށް ނިކުމެ މަސައްކަތް ފަށަން ޖެހުނީ އުނދަގޫތަކާ އެކު ކަމަށެވެ. އެކަމަކު ރައްޔިތުން ތިބީ މި ސަރުކާރު ދެކެ ފޫހިވެ، ބަދަލަކަށް ބޭނުންވެފައިކަން ފުރަތަމަ ބުރުގެ ނަތީޖާއިން ސާފުވާކަމަށް އަމްރު ވިދާޅުވި އެވެ.

އަމްރު ވިދާޅުވީ ތިން މަސް ދުވަހުގެ މަސައްކަތް ދިޔައީ ބާރު ސްޕީޑެއްގައި، ވަރުގަދަކޮށްކަމަށާއި އެކަން ކުރެވުނީ ޕާޓީގެ ތެރޭގައި އޮތް ބަދަހި ގުޅުމުގެ ސަބަބުން ކަމަށެވެ. އަދި ބާރާ ނުފޫޒުގެ ތެރޭގައި އޮތް ދައުލަތެއް ބަލި ކުރެވުނު އެއް ސަބަބަކީ އެއީކަމަށް އޭނާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އިލްޔާސް ލަބީބް ވިދާޅުވީ، ކެމްޕެއިނުގައި ރައްޔިތުންގެ ބަސް އިވުނުކަމަށާއި އެހެންކަމުން ދެވަނަ ބުރެއްގެ ގޮތް ނިންމާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ. އަދި ޕާޓީގެ އެއްވެސް މެމްބަރަކަށް މާޔޫސްކަމެއް ލިބޭފަދަ ނިންމުމެއް ނުނިންމާނެކަމުގެ ޔަގީންކަން ދޭކަމަށް އޭނާ ވިދާޅުވި އެވެ.

އިލްޔާސް ވިދާޅުވީ ރިޔާސީ އިންތިހާބުގެ ނަތީޖާއަށް ފަހު މިވަގުތު އެންމެ ގިނަ ބައެއްގެ ޝައުގުވެރިކަން ހުރީ ޑިމޮކްރެޓްސްގެ ނިންމުމާއި މެދު ކަމަށެވެ. އެކަމަކު އަވަސް އަރުވާލައި، އެއްވެސް މަޝްވަރާ ކުރުމެއް ނެތި އެއްވެސް ނިންމުމެއް އާންމު ނުކުރާނެކަމަށް އޭނާ ވިދާޅުވި އެވެ.

މިދިޔަ ތިން މަސް ދުވަހުގެ ތެރޭގައި ކުރަން ޖެހުނީ، އުނދަގޫ ދަތި މަސައްކަތެއްކަން ފާހަގަކޮށް އިލްޔާސް ވިދާޅުވީ މުޅި ދައުލަތެއް އެއްކޮށް ހުސްވެ އޮތީ ނުފޫޒު ބޭނުންކޮށްގެން ކުރިޔަށް ދިއުމަށް ކަމަށެވެ. ކާމިޔާބު މަސައްކަތަކަށް ވާސިލުވެވި، ދެވަނަ ބުރެއްގެ ގޮތް ނިންމާނެ ޕާޓީއަކަށް ޑިމޮކްރެޓްސް ވެގެން ދިޔައީ އިލްޔާސް ވިދާޅުވި ގޮތުގައި ރައީސް ނަޝީދު ކުރެއްވި ބުރަ މަސައްކަތުންނެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: