ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާދަމާއަކީ ވެސް ސަރުކާރު ބަންދު ދުވަހެއްކަމަށް ނިންމައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމަ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅައި، އެކަން އިއުލާނުކޮށްފި އެވެ.

އިއްޔެގެ ރިޔާސީ އިންތިހާބަށް ފަހު، މިއަދަކީ ސަރުކާރު ބަންދު ދުވަހެއްކަމަށް ކަނޑައަޅަން ކުރިން ވެސް އޮތީ ނިންމާފަ އެވެ. އެކަމަކު މިރޭ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ މި މަހުގެ 11 އަކީ ވެސް ބަންދު ދުވަހެއްކަމަށް ނިންމާފައި ވަނީ އިންތިހާބާ ގުޅޭ އެކިއެކި ކަންކަމުގައި ހަރަކާތްތެރިވި ސަރުކާރުގެ ގިނަ އަދަދެއްގެ މުވައްޒަފުން ވޯޓާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް އެއްކޮށް ނިމިފައި ނުވާތީ ކަމަށެވެ.

އެހެންވެ އިލްކްޝަންސް ކޮމިޝަނުން އެދިގެން މާދަމާ ސަރުކާރު ބަންދު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިމްމެވީ އެވެ.

ރިޔާސީ އިންތިހާބަށް ފަހު ދެ ދުވަސް ބަންދު ކުރި އިރު، ނަތީޖާތަކުން ރައީސް ސޯލިހަށް ލިބިވަޑައިގަތީ 39 އިންސައްތަ ވޯޓެވެ. އަދި އިދިކޮޅު ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް 46 އިންސައްތަ ވޯޓު ލިބިނުނެވެ. އިންތިހާބުގެ ދެވަނަ ބުރު އޮންނާނީ މި މަހުގެ 30 ވާ ހޮނިހިރު ދުވަހު އެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: