ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާޒީ ދޫކޮށް، ނާޒިމް މުއިއްޒަށް ތާއީދު ކުރީ ގައުމުގެ މުސްތަގުބަލަށްޓަކައި!

މީރުމާގައި އެމްއެންޕީއާއި، ޕީޕީއެމް - ޕިއެންސީ އެއްބަސްވުމަކަށް އައުމަށް ބޭއްވ ބައްދަލުވުމުގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނެ ޖަލަށްލީ މައްސަލަ އެއީ މިހާރު މާޒީކަމަށާއި، މިވަގުތަށް މުހިންމީ ގައުމުގެ މުސްތަގުބަލަށް ވިސްނައި ރަނގަޅު ގޮތް ހޯދުމަށް އެހީވުންކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް ވިދާޅުވެއްޖެ އެވެ.

ހޮނިހިރު ދުވަހު އޮތް ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވާދަކޮށް، ނާކާމިޔާބީ ކުރިމަތިލާން ޖެހުނު ނާޒިމް ނިންމެވީ ދެވަނަ ބުރުގައި އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރުމަށެވެ. އަދި އެކަމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށް ދެ ޕާޓީން ވެސް ބުނީ އެއްވެސް ޝަރުތުތަކެއް ހުށަހަޅާފައި ނެތް ކަމަށެވެ.

މީޑިއާތަކަށް ސުވާލު ކުރުމަށް ހުޅުވާލި ފުރުސަތުގައި ނޫސްވެރިއަކު ފާހަގަކުރީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ނާޒިމް ބަންދުގައި ބަހައްޓައި ކުރި ތުހުމަތުތަކެވެ. އަދި ފިސްތޯލައެއް ގެންގުޅުނުކަމަށް ބުނާ މައްސަލައިގައި ޖަލު ހުކުމެއް އިއްވިއިރު އެއީ ފްރޭމްކޮށް ހިންގި ޖަރީމާއެއްކަމަށް ސިފަކޮށް ނާޒިމް ވާހަކަ ދައްކަވާފައިވާއިރު އެ ތުހުމަތުތައް އަދިވެސް ދަމަހައްޓަން ތޯ ނޫސްވެރިޔާ ސުވާލު ކުރި އެވެ.

ޖަވާބުގައި ނާޒިމް ވިދާޅުވީ އެއީ މާޒީކަމަށާއި، މަޒީފައި ހިފައިގެން ހޯދޭނެ ކުރިއެރުމެއް ނެތްކަމަށެވެ. އަދި އެކަން ނުހިނގާކަމަށް ބުނެވެން ނެތްކަމަށާއި، އެކަމަކު އެ ވާހަކަތައް ދައްކައި މާޒީ ހަނދާން ކުރުމަށް ވުރެ ގައުމުގެ މުސްތަގުބަލާއި މެދު ވިސްނުން މާ މުހިންމު ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ނާޒިމް ވިދާޅުވީ ސަރުކާރުން ކެބިނެޓު މަގާމުތައް ދީ، ކޭކުފޮތި ބަހާ އުސޫލުން ވަކި އިންސައްތައެއް ހޯދުން މުހިންމުކަމަށް ނުދެކޭ ކަމަށެވެ. އެމްއެންޕީން ހަމައެކަނި ބޭނުން ވަނީ ނާޒިމް ވިދާޅުވި ގޮތުގައި އެކުގައި މަސައްކަތްކޮށް، 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރުމަށެވެ. އަދި ރިޔާސީ އިންތިހާބު ކާމިޔާބު ކުރުން ނޫން އެހެން އަމާޒެއް، އަދި ވިސްނުމެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ސަރުކާރާއި ގުޅުން ހުރި ކަންކަން ވެރިކަން ލިބިވަޑައިގެންފި ނަމަ ނިންމަވާނީ މުއިއްޒު ކަމަށެވެ. އ

މީގެއިތުރުން ނޫސްވެރިންގެ ސުވާލުތަކަށް މުއިއްޒު ވިދާޅުވީ ދިވެހިންގެ ރާއްޖެ ދިވެހިންނަށް ހޯދައިދޭން ކުރާ މަސައްކަތުގައި އެހެން ޕާޓީތަކުން ބައިވެރިވުމަށް އެދޭ ކަމަށެވެ. އަދި ޑިމޮކްރެޓްސް އާ ގުޅޭ ސުވާލަށް ވެސް ވިދާޅުވީ، ގޮތް ނިންމުން އޮތީ އެބޭފުޅުންގެ އަތް މަތީގައި ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: