ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެވަނަ ބުރަށް ރައީސް ސޯލިހު ނުކުންނެވިއިއިރު އެމްޑީއޭ އޮންބޯޑެއް ނުވި!

ރިޔާސީ ކެމްޕެއިނަށް ފޯކައިދޫގައި ބޭއްވި ޖަލްސާގައި ސިޔާމް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ދެވަނަ ބުރުގެ ރިޔާސީ ކެމްޕޭން ފެއްޓެވިއިރު މަޝްހޫރު ވިޔަފާރިވެރިޔާ އަހްމަދު ސިޔާމް މުހައްމަދު (ސަން ސިޔާމް) ކެމްޕޭންގައި ބައިވެރިވާން ދެކޮޅު ހައްދަވައިފިއެވެ.

ރައީސް ސޯލިހް މިރޭ ބޭއްވެވި ކެމްޕޭން ބައްދަލުވުމުގައި ވެސް އެމްޑީއޭގެ އެއްވެސް އިސް ބޭފުޅަކު ބައިވެރިއެއް ނުވެއެވެ. ކޯލިޝަންގެ ޕާޓްނަރު އަދާލަތު ޕާޓީގެ ރައީސް ޝައިހް އިމްރާން އަބްދުﷲ މިރޭގެ ބައްދަލުވުމުގައި ވާހަކަދެއްކެވި ނަމަވެސް އެމްޑީއޭގެ ބޭފުޅަކު ބައްދަލުވުމުގައި ވާހަކައެއް ވެސް ނުދައްކަވައެވެ. މިރޭގެ ބައްދަލުވުމުގައި އެމްޑީއޭގެ މެންބަރުންގެ ތެރެއިން ބައިވެރިވީ ޝުއައިބު އަލީ (ފުރަހަނި ޝުއައިބު) އެކަންޏެވެ.

އިތުބާރު ހުރި މަސްދަރަކު ސަންގަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މިހާރު މިއޮތް ކޯލިޝަނާއިއެކު އިންތިހާބު ކާމިޔާބު ނުކުރެވޭނެ ކަމަށް އެމްޑީއޭގެ ކައުންސިލްގެ ގިނަ މެންބަރުންނާއި ސިޔާމް ވެސް ގަބޫލު ކުރައްވައެވެ. އެހެންކަމުން ކޯލިޝަނަށް އިތުރު ޕާޓީތައް ނުގެނެސްފިނަމަ ދެވަނަ ބުރުގައި ރައީސް ސޯލިހާއިއެކު މަސައްކަތް ނުކުރައްވާނެކަން ސިޔާމް ވަނީ ރައީސް ސޯލިހަށް އަންގަވާފައި ކަމަށް މައުލޫމާތު ލިބެއެވެ.

ނަމަވެސް ސަރުކާރުން ގެންދަނީ އިތުރު ހުށަހެޅުންތައް ހުށަހަޅައިގެން ވެސް ސިޔާމް އޮން ބޯޑް ކުރުމަށް މަސައްކަތް ކުރަމުންނެވެ.

ރައީސް ސޯލިހްގެ ކެމްޕޭން ބައްދަލުވުމުން އެމްޑީއޭ ގެއްލުނުއިރު ފުރަތަމަ ބުރުގެ ނަތީޖާއަށް ފަހު ސިޔާމް އަދި މިހާތަނަށް އެއްވެސް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. އިންތިހާބުގެ ނަތީޖާ ބަދަލު ކޮށްލުމަށް ކުރާނެ ކަންކަމާއި ގުޅޭ ގޮތުން ސިޔާމް އެއްޗެއް ވިދާޅުނުވި ނަމަވެސް އެމްޑީއޭ އިން ވަނީ ސަޕޯޓަރުންނަށް ހިތްވަރު ދިނުމުގެ ގޮތުން ޓްވީޓެއް ކޮށްފައެވެ.

ރައީސް ސޯލިހްގެ ކެމްޕޭނުން އެމްޑީއޭ ގެއްލުނުއިރު އެމްޑީއޭގެ އެއް ނައިބު ރައީސް ކަމަށްވާ އަލީ މައުރޫފްގެ އަނބިކަނބަލުންނާއި ޕީޕީއެމް، ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒުގެ އަނބިކަނބަލުންނަކީ ދެބެންނެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި މުއިއްޒު ފުރަތަމަ ވަޒީރުކަން ކުރެއްވެވީ ވެސް އެމްޑީއޭގެ ސްލޮޓެއްގައެވެ. ނަމަވެސް ފަހުން މުއިއްޒު ޕީޕީއެމްއަށް ބަދަލުވެ ވަޑައިގެންނެވީއެވެ.

ސިޔާމް ރައީސް ސޯލިހްގެ ކެމްޕޭނުން ވަކިވެއްޖެނަމަ އެއީ ދެވަނަ ބުރަކާއި ކުރިމަތިލާއިރު ރައީސް ސޯލިހަށް އަނެއްކާވެސް އިތުރު ގޮންޖެހުމެއް ކުރިމަތިވާނެ ކަމެއް ކަމަށް ސިޔާސީ ތަޖުރިބާކާރުން ދެކެއެވެ.

ވަރަށް ގަދަ
30%ވަރަށް ގަދަ 24%ވަރަށް ގަޔާވޭ 31%ބޮޑު ޖޯކެއް 4%ހައިރާންވެއްޖެ 4%ވަރަށް ދެރަ 6%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: