ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަލިވާ މަންޒަރު ފެނުމުން ރައްޔިތުން ދެކެ ސަރުކާރުން ރުޅި އަންނަން ޖެހޭ ސަބަބެއް ނެތް: އިދިކޮޅު

ޝުކުރިއްޔާ ދިވެހިން ނަމުގައި ޕީޕީއެމް ޕީއެންސީގެ ކެންޑިޑޭޓް ޑރ. މުއިއްޒު ބޭއްވި ރެލީ/ ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގައި ސަރުކާރުން ހީކުރި ނަތީޖާ ނުލިބި، އިދިކޮޅު ކެންޑިޑޭޓަށް ވުރެ މަދުން ވޯޓު ލިބުމުން އެކަމުގެ ރުޅި ރައްޔިތުންނަށް ފޯރުވަން ޖެހޭ ސަބަބެއް ނެތްކަމަށް ޕީޕީއެމް/ޕީއެންސީން ބުނެފި އެވެ.

އެއްބުރުން އިންތިހާބު ކާމިޔާބުކޮށް، 56 އިންސައްތަ ވޯޓު ލިބޭނެކަމަށް ތަކުރާރުކޮށް ބުނަމުން ދަނިކޮށް ވަގުތީ ނަތީޖާތައް ދައްކާގޮތުގައި ރައީސް ސޯލިހަށް ލިބިވަޑައިގަތީ 86،164 ވޯޓެވެ. އިދިކޮޅު ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒަށް ލިބިވަޑައިގެންނެވި 101،058 ވޯޓާއި އެކު އިންތިހާބުގައި 45 އިންސައްތަ ލިބިވަޑައިގަތެވެ.

މިއަދު ޕާޓީ އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި މުއިއްޒުގެ ކެމްޕެއިން މެނޭޖަރު މުހައްމަދު ތޮލާލް ވިދާޅުވީ ރިޔާސީ އިންތިހާބުން މުއިއްޒަށް ލިބުނު ކާމިޔާބީ ހަޖަމް ކުރުމަށް ސަރުކާރަށް އުނދަގޫވެފައިވާ ކަމަށެވެ. އަދި އެކަމާ ހުރެ ސަރުކާރުން ރައްޔިތުންނަށް އެކަމުގެ ހިތްހަމަނުޖެހުން އަމާޒު ކުރަމުންދާއިރު ރައްޔިތުންގެ ބަސް ގަބޫލު ނުކުރަންވީ ކޮން ސަބަބަކާ ހުރެތޯ ތޮލާލް ސުވާލު އުފެއްދި އެވެ.

ތޮލާލް ވިދާޅުވީ ސަރުކާރުން މިއަދު ބުނަމުން ދަނީ ގޯތި ދޫކޮށް ލިއުން ހަވާލު ކުރުމުން ވެސް ވޯޓު ނުދޭކަމަށެވެ. އެކަމަކު ގޯތިދީ އެތަނުގައި ގެދޮރު އިމާރާތް ކުރެވޭނެ ގޮތެއް ނުދައްކައި، ވޯޓު ދޭން ބުނުމުން ރައްޔިތުން އެކަމަށް ރުހޭނެކަމަށް ސަރުކާރުން ދެކިގެން ނުވާނެކަމަށް ތޮލާލް ވިދާޅުވި އެވެ.

އިންތިހާބުން ބަލިވީމަ އޭގެ ފްރަސްޓްރޭޝަން ރައްޔިތުންނަށް

މީގެއިތުރުން ތޮލާލް ވިދާޅުވީ މި މަހުގެ 30 ގައި އޮންނަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ރައްޔިތުންގެ ތާއީދު ކުރިޔަށް ވުރެ ބޮޑަށް މުއިއްޒަށް ދެއްކުމަށް އެދޭ ކަމަށެވެ. މީގެ ކުރީގައި ޓީމުތަކާއި އެކު ނެތް އެތައް ބަޔަކު، ތިބީ މުއިއްޒު ހޮވަން ތައްޔާރަށްކަން ފާހަގަކޮށް ތޮލާލް ވިދާޅުވީ ކޮންމެ ރަށެއްގައި ވެސް މަސައްކަތް ކުރަން ވީ ބާރު ސްޕީޑުގައި ކަމަށެވެ.

މިއަދުގެ ބައްދަލުވުމުގައި ތޮލާލް ވިދާޅުވީ ރައްޔިތުން ބޭނުންވާ، އަދި ރައްޔިތުން އެދޭ ތަރައްގީ ގެނެވޭނީ މުއިއްޒަށް ކަމަށެވެ. އަދި އެކަމުގެ ރަނގަޅު ޕްލޭން ވެސް އޮތީ އިދިކޮޅުގެކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: