ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުރެވޭނެ ތުހުމަތެއް ނެތް، ރޭގަނޑު ނިދަނީ މީހެއްގެ ހައްގަކަށް އަރައިނުގަންނަމަމުގެ ޔާގީންކަމާއެކު: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދޮގު ވާހަކަތައް ފަތުރައި ކުރާނެ ތުހުމަތެއް ނެތްކަމަށާއި، ރޭގަނޑު ނިދާނީ ކޮންމެ ރެއަކު ވެސް އެއްވެސް މީހެއްގެ ހައްގަށް އަރައިނުގަންނަކަމުގެ ޔަގީންކަމާއިއެކުކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދުވެއްޖެ އެވެ.

ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގައި ހޯއްދެވި އެއްލަކައަށް ވުރެ ގިނަ ވޯޓާއި އެކު އިދިކޮޅު މިވަގުތު އޮތީ ބޮޑު އުންމީދަކާއި އެކު އެވެ. 47 އިންސައްތަ ވޯޓު ހޯއްދަވައި މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ފަށާފައިވާއިރު،  ބުރާސްފަތި ދުވަހު އަތޮޅުތެރޭގައި މަސައްކަތްތައް ފަށާނެ އެވެ.

އެގޮތުން މާލޭގައި މިއަދު ގެންދިޔަ ދޮރުން ދޮރަށް ހަރަކާތައް ފަހު މިރޭ އޮތީ މައްޗަން ގޯޅި މެދު ބައްދަލުވުމެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ދެެއްކެވި ވާހަކައިގައި އޭނާއާއި ގުޅުވައި ކުރާ ތުހުމަތުތަކަށް ރައްދު ދެއްވި އެވެ. މުއިއްޒު ވިދާޅުވީ އޭނާގެ މައްޗަށް ބަޔަކަށް ކުރެވޭނެ ތުހުމަތެއް ނެތް ކަމަށެވެ. އަދި ބަޔަކު ދައްކާ ވާހަކައަކަށް ކަންބޮޑުވުމެއް ވެސް ނެތް ކަމަށެވެ.

އޭނާއާއިގުޅުވައި ބަޔަކު ދައްކާ ވާހަކައަކުން، އެކަމަށް ޖަވާބު ދޭން ވެސް ކެރޭނެކަމަށާއި، އެކަމަށް ހެކިވާނީ މާޒީ އާއި އަމިއްލަ ދިރިއުޅުން އަދި މަސައްކަތުގެ މާހައުލުކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ އޭނާ ކޮންމެ ދުވަހަކު ވެސް ރޭގަނޑު ނިދަނީ އެއްވެސް މީހެއްގެ ހައްގަކަށް އަރައިނުގަންނަކަމުގެ ފުރިހަމަ ޔަގީންކަމާއި އެކު ކަމަށެވެ.

ކުރާނެ ތުހުމަތެއް، ކުރެވޭނެ ތުހުމަތެއް ނެތް

މިރޭ މާވެޔޮމަގުގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމަށް އާންމުން ކީ ހޫނު މަރުހަބާއަށް ވެސް ޝުކުރު އަދާކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުން ބޭނުންވާ ބަދަލު ސާފުކަމަށެވެ. ކެމްޕެއިނުގަ އެތައް އާންމު ރައްޔިތުންނާ ބައްދަލުވިކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ ރައްޔިތުން އުޅެމުން ދަނީ ވަރަށް ނިކަމެތި ހާލުގައި ކަމަށެވެ.

ގައުމުގެ ޒުވާނުން ތިބީ ބިކަވެފައިކަމަށާއި، އެ ހާލަތުން އަރައިގަތުމަށް ބޭނުންވާ އެތައް އާއިލާތަކެއް އެބަތިބިކަމަށް މުއިއްޒު ވިދާޅުވި އެވެ. އެހެންވެ މުއިއްޒުވިދާޅުވީ ރައްޔިތުން ބޭނުންވާ ދިރިއުޅުމާއި ހަމައަށް ދިއުމަށް ސެޕްޓެމްބަރު 30 ގައި ލާ ވޯޓުން ނިންމަން ޖެހޭ ކަމަށެވެ.

ރައްޔިތުންނާއި ބައްދަލު ކުރާ ކޮންމެ ފަހަރަކު އަންނަނީ ބޯހިޔާވަހިކަމުގެ ދަތިކަން ދިމާވެފައިވާ މިންވަރުގެ ޝަކުވާތައްކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީރައްޔިތުނެގެ ހުވަފެނުގައި ކުލަ ޖައްސާނެކަމުގެ ވައުދުވާ ކަމަށެވެ.

ސަރުކާރުން ފަތުރާ ދޮގުތަކުގެ ސަބަބުން ރައްޔިތުންގެ ހިތުގައި އުފެދޭ ސުވާލުތައް ގިނަވެފައިވާއިރު މުއިއްޒު ވިދާޅުވީ އޭނާއަށް ވެރިކަން ލިބިއްޖެ ނަމަ ގޯތިއަތުލާނެކަމަށް ބުނެ ސަރުކާރުގެ މެމްބަރުން ދައްކަމުން ދަނީ ދޮގު ވާހަކަތަކެއް ކަމަށެވެ.

މުއިއްޒު ވިދާޅުވީ ބޯހިޔާވަހިކަމަށް ބޭނުންވެ، ގެދޮރު ނޭޅިފައި ތިބި އެތައް ރައްޔިތުންނެއް އެބަތިބި ކަމަށެވެ. އެހެންކަމުން ގޯތި ދިނުމުން އެކަނިނުފުދޭކަމަށާއި އެ ބިމުގައި ގޯތި އަޅައި ދަރަނިވެރި ނުވެ އުޅެވޭނެ ގޮތެއް ހޯދައިދޭން ޖެހޭކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއްވެސް ހައްގެއް ނިގުޅައިނުގަންނާނަންފުރުސަތު ބޭނުންވާ ފަރާތްތަކަށް ފުރުސަތު ހޯދައިދޭނީއެ ވައުދު އަަޅުގަނޑުމެން މި ވަނީ

މީގެއިތުރުން މުއިއްޒު ވިދާޅުވީ ވަޒީފާތައް ގެއްލޭނެކަމަށް، ނުވަތަ ކުންފުނިތައް އުވާލާނެކަމަށް ބުނެ ވެސް މިހާރު ވާހަކަ ދެކެވެމުންދާ ކަމަށެވެ. އެފަދަވާހަކަތައް ދައްކަމުން ދަނީ ރައްޔިތުންނަށް އޮޅުވާލުމަށްކަމަށާއި، އެ ދޮގުތައް ގަބޫލު ނުކުރުމަށް މުއިއްޒު ގޮވާލި އެވެ.

ހުޅުމާލޭގެ ފޭސް ދޭއްގެ، ވިނަރެސް ފްލެޓުތައް އެއީ މި ސަރުކާރުގެ ފްލެޓުކަމަށް ދައްކަން އުޅުނަސް އަސްލު ހަގީގަތް އޮޅުވާ ނުލެވޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.

މީގެއިތުރުން އިތުރު ކަންބޮޑުވުމެއްގެ ގޮތުގަ މުއިއްޒު ފާހަގަކުރެއްވީ ހިޔާ ސަރަހައްދުގައި ހުރި ކުންފުނިތަކުގެ ފްލެޓުތަކުން ވިޔަފާރި ކުރުމުގެ ނިޔަތުގައި ކުލިނެގުމެވެ. އެކަމަކު އެކަން އެޔަށް ވުރެ ކުޑަ އަގަކަށް މާ ރަނގަޅަށް ކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މިރޭ މުއިއްޒު ވިދާޅުވީ މި ސަރުކާރުން ނެރޭ ނަތީޖާ އަދި، ރައީސް ޔާމިން އަބްދުލްގައްޔޫމްގެ ތަރައްގީ ރައްޔިތުންނަށް ސާފުވާ ކަމަށެވެ. ތަރައްގީގެ ފިކުރަކީކޮބައިކަމާއި، ތަރައްގީ ނުގެނެވޭނެ ބަޔަކީ ކޮބައިކަން ރައްޔިތުންނަށް އެނގޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: