ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުގެ ހަރަދުގައި 1،000 މީހުން ހައްޖަށް ފޮނުވައިދޭނަން، އޮންނާނީ ހަމަހަމަ އުސޫލެއް: މުއިއްޒު

އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

މޯލްޑިވްސް ހައްޖު ކޯޕަރޭޝަން ހިންގުން ހަރުދަނާކޮށް، ފަސް އަހަރުގެ ތެރޭހައި 1000 ނިކަމެތިން ހައްޖަށް ފޮނުވައިދެއްވާނީ ވީހާވެސް ދެފުށް ފެންނަ ހަމަހަމަ އުސޫލެއްގެ ތެރެއިންކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަމިއްލައަށް ފައިސާ ދައްކައިގެން ހައްޖަށް ދިއުމުގެ ތަނަވަސްކަން ނެތް އެތައް ދިވެހި ރައްޔިތުން ތިބިއިރު، ސަރުކާރުން ހަމަޖައްސާ އުސޫލެއްގެ ތެރެއިން އެފަދަ ރައްޔިތުންނަށް ހައްޖަށް ދިއުމުގެ ފުރުސަތު ދިނުމަކީ މުއިއްޒުގެ ރިޔާސީ ވައުދެކެވެ.

މުއިއްޒު ވައުދުވެވަޑައިގަތީ، ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް އާދެވިއްޖެ ނަމަ އުސޫލެއްގެ ދަށުން ރައްޔިތުންނަށް ފުރުސަތު ހޯދައިދޭންށެވެ. އަދި ސައުދީ ސަރުކާރާއި އެކު މަޝްވަރާ ކުރެވި ހައްޖު ކޯޓާ 2000 އަށް އިތުރުކޮށްދެއްވާނެކަމަށް ވިދާޅުވި އެވެ.

އެކަމުގެ ތަފްސީލު މިރޭގެ “އާސްކް މުއިއްޒު” ޕްރޮގްރާމުގައި ދެއްވައި މުއިއްޒު ވިދާޅުވީ މާލީ ގޮތުން ކެރިފޯރުންތެރިކަން ނެތް 1000 މީހަކު ދައުރުގެ ތެރޭގައި ދައުލަތުގެ ހަރަދުގައި ހައްޖުގެ އަޅުކަމަށް ފޮނުވައިދެއްވާނެކަމަށެވެ. އަދި އުސޫލު އެކުލަވާލާނީ ދެފުށްފެންނަ ގޮތަކަށް، ވީހާވެސް ބޮޑު ތަފްސީލަކާއި އެކުކަމަށް ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ދައުލަތުގެ ހަރަދުގައި ހައްޖު ކޯޕަރޭޝަން މެދުވެރިކޮށް ހައްޖަށް މީހުން ހިލޭ ފޮނުވާނީ ވީހާވެސް ހަމަހަމަ އުސޫލެއްގެ ތެރެއިން ކަމަށެވެ.

މީގެކުރިން ބޭއްވި ޖަލްސާއެއްގައި މުއިއްޒު ވިދާޅުވީ ހައްޖު ކޯޕަރޭޝަނަށް ފައިސާ ދެއްކުމަށް ފަހު ވެއިޓިން ލިސްޓުގައި އެތައް ބަޔަކު ތިބިއރު އެ ކޯޕަރޭޝަންގެ ހިންގުން ވެސް ގޯސްކަމަށެވެ. އަގުތައް ބޮޑުވުމުގެ ސަބަބުންނާއި، ކުންފުނީގައި ހުރި މާލީ ދަތިތަކުގެ ސަބަބުން ގެންނަން ޖެހޭ ބަދަލުތައް އެބަހުރިކަމަށް މުއިއްޒު ފާހަގަކުރި އެވެ.

މުއިއްޒު ވިދާޅުވީ ހައްޖު ފަންޑު އިންވެސްޓުކޮށް ފައިސާ ހޯދައި އެއީ މާލީ ގޮތުން ވަރުގަދަ ކުންފުންޏަކަށް ހަދަން ޖެހޭ ކަމަށެވެެ. އަދި ހައްޖަށް ގެންދިއުމުގެ އަގުތައް ވެސް ކުޑަ ކުރެވެން އޮތް އެއް މަގަކީ އެއީކަމަށް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: