ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައިފޯން 15 އަށް އުރީދޫގެ މޫލީ މެދުވެރިކޮށް ޕްރީ އޯޑަރަށް ހުޅުވާލައިފި

އުރީދޫއިން އައިފޯންގެ ޕްރީއޯޑާއަށް ހުޅުވާލުން
ޝެއާރކޮށްލާ ކަހަލަދޯ؟

ހިިތްގައިމު ރީތި އާ ޑިޒައިނާ އެކު އެޕަލް އިން ނެރެފަވާ އެންމެފަހުގެ އައިފޯން ލައިންއަޕް – އައިފޯން 15، އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އުރީދޫ މޯލްޑިވްސް އިން މޫލީ މެދުވެރިކޮށް ޕްރީ އޯޑައަށް ހުޅުވާލައިފިއެވެ.

އައިފޯން 15 އަދި އައިފޯން 15 ޕްލަސް ފަރުމާކުރެވިފައި ވަނީ ބާރުގަދަ 48 އެމްޕީގެ މެއިން ކެމެރާއަކާ 2x އިތުރު ޓެލެފޮޓޯ އޮޕްޝަނާ، އޭ16 ބަޔޮނިކް ޗިޕް އަދި ޔޫއެސްބީ-ސީ ޗާޖިންގް ޕޯޓް ހިމެނޭހެނެވެ.

އައިފޯން 15 ޕްރޯ އަދި އައިފޯން 15 ޕްރޯ މެކްސް އަކީ އެޕަލް އިން މިހާތަނަށް ނެރުނު އެންމެ ލުއި ޕްރޯ މޮޑެލްތަކެވެ. ވަރުގަދަ ނަމަވެސް ލުއި ޓައިޓޭނިއަމްއިން ފަރުމާކޮށްފާވާ މި ފޯނުތަކުގައި ބޮޑެތި އަޕްގްރޭޑްތަކާއި  އެކު 48 މެގަޕިކްސެލްގެ މެއިން ކެމެރާ ސިސްޓަމްގެ އިތުރުން އޭ 17 ޕްރޯ އަދި ޔޫއެސްބީ-ސީ ޗާޖިންގ ޕޯޓް ހިމެނެ އެވެ.

އައިފޯންގެ މި އައު ލައިނަޕް ގެ ފޯނުތަކަށް 22 ސެޕްޓެމްބަރު 2023 އިން ފެށިގެން މޫލީ މެދުވެރިކޮށް ޕްރީއޯޑަރު ކުރެވޭނެއެވެ. ޕްރީ އޯރޑަރ ކުރައްވާ ކަސްޓަމަރުންނަށް 29 ސެޕްޓެމްބަރު 2023 ގައި ފޯނު ހަވާލުކުރެވޭނެކަމަށް ވެސް އުރީދޫ ބުނެފައިވެއެވެ.

ޕްރީ އޯޑަރ ކުރާ ކަސްޓަމަރުންނަށް ހާއްސަ އަގެއްގައި އައިފޯން 15 ސީރީޒްގެ ފޯނުތައް މޫލީ މެދުވެރިކޮށް ލިބިވަޑައިގަންނަވާނެއެވެ.

މީގެ އިތުރުން ފޯނު ގަންނަ އުރީދޫ ނެޓްވޯކްގެ ކަސްޓަމަރުންނަށް ތިން މަސް ދުވަހުގެ މުއްދަތަކާއެކު 100 ޖީބީ މޮބައިލް ޑޭޓާ މުޅިން ހިލޭ ލިބިގެންދާނެ އެވެ.

ބޯނަސް ޑޭޓާ ހޯދުމަށް ފޯނު ޕްރީ އޯޑަރ ކުރައްވާ ފަރާތްތަކުން ބޯނަސް 100 ޖީބީ ކީވޯޑާ ޖެއްސެވުމަށް ފަހު ޖެހޭނީ 5555 އަށް އެސްއެމްއެސް ފޮނުވާލަންށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 33%ވަރަށް ގަޔާވޭ 67%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: