ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްރޯނެޓުގެ އެމްޑީކަމުން ވަކި ކުރި ހާރޫން، ޕީޕީއެމަށް!

ހާރޫންގެ ފޯމާއި މުއިއްޒާއި، އަބްދުއްރަހީމް ހަވާލުވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ އެގްރޯނެޓް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ވަކި ކުރި ހާރޫން ރަޝީދު އިދިކޮޅު ކޮންގްރެސް ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒުއަށް ތާއީދު ކުރައްވައި ޕީޕީއެމަށް ސޮއި ކުރައްވައިފި އެވެ.

ހާރޫން އެގްރޯނެޓުގެ އެމްޑީކަމުން ވަކި ކުރީ މިދިޔަ މާޗު މަހުގެ ތެރޭގައި، އެމްޑީޕީ ދެބައިވެ އުފެދުނު މައްސަލައިގައި އެ ޕާޓީގެ އޭރުގެ ރައީސް މުހައްމަދު ނަޝީދަށް ތާއީދު ކުރައްވާފައި ވަނިކޮށެވެ. އަދި އުފެދުނު “ފިކުރެއްގެ ދިރުން” މޫވެމެންޓުގައި ވަރަށް ހަރަކާތްތެރިކޮށް ފެނުނު ނަމަވެސް، ޑިމޮކްރެޓްސްގެ އެއްވެސް ހަރަކާތެއްގައި ބައިވެރިވެފައި ނުވެ އެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ތިން ދުވަހަށްވީއިރު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް ދަނީ ކުރިޔަށެވެ. އަދި މިއަދު ގއ. ވިލިނގިލިއަށް ވަޑައިގަތުމުން އެ ރަށުން މުއިއްޒަށް ހޫނު މަރުހަބާއެއް ކިޔައި އެންމެން އެއް އަޑަކުން ގޮވާލީ މި ސަރުކާރު ބަދަލު ކުރުމަށެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ”ނިމެނީ، ނިމެނީ“ ކަމަށެވެ.

ރަށުގެ ރައްޔިތުންގެ މަރުހަބާއަށް ފަހު އޮތް، ޖަގަހަ ޖަލްސާގައި ރަށުގެ ރައްޔިތުން ވެސް ފާހަގަކުރީ އެންމެން އެކުގައި ނިކުމެ ތިބީ މުއިއްޒު ހޮވުމަށް ކަމަށެވެ. އަދި ސަރުކާރު ބަލިކަށިވަމުންދާކަމުގެ އެންމެ ބޮޑު ހެއްކަކީ އެމްޑީޕީއަށް ޕާޓީގެ އަސްލު ސިފަތައް ދެމެހެއްޓުމުގައި ފެއިލްވެ، ވެރިކަން ގެނައި އަސްލު ސަބަބު އޮޅިފައިވާތީ އެ ޕާޓީގެ މެމްބަރުން ވެސް މުއިއްޒަށް ތާއީދު ކުރަމުން ގެންދިއުންކަމަށެވެ.

ގިނަ އަދަދެއްގެ ބަޔަކު ޕީޕީއެމަށް ސޮއި ކުރި މި ޖަލްސާގައި ހާރޫން ވެސް، ފޯމު ހަވާލު ކުރީ އިތުރު 100 މެމްބާޝިޕް ފޯމާއި އެކު އެވެ. މި ފޯމުތަކާއި ހަވާލުވެ ހާރޫނަށް މަރުހަބާ ވިދާޅުވީ މުއިއްޒާއި، މިވަގުތު ކޯލިޝަން ހިންގެވުމާއި ހަވާލުވެ ހުންނެވި އަބްދުއްރަހީމް އަބްދުﷲ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: