ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮންމެ ރައްޔިތަކަށް ވެސް މުއިއްޒު ދެނީ ބޯހިޔާވަހިކަމުގެ ޔަގީންކަން!

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓު ޑރ މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ކަށަވަރު ކުރެވޭނެ ސިޔާސަތުތައް މެނިފެސްޓޯގައި ހިމަނާފައިވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ކެމްޕެއިނަށް މުއިއްޒު މިވަގުތު ހުންނެވީ ދެކުނުގަ އެވެ. އެގޮތުން ގއ، ގދ، އަދި ފުވައްމުލަށް އަދި އައްޑޫގެ ދަތުރަށް ފަހު މުއިއްޒު މާލެ ވަޑައިގަންނަވާނީ މާދަމާ ރޭ އެވެ. އެއީ އައްޑޫގެ ޖަލްސާއަށް ފަހު އެވެ.

މިރޭ އޮތް ފުވައްމުލަކުގެ ޖަލްސާގައި މުއިއްޒު ވަނީ މެނިފެސްޓޯ އާއި، ސިޔާސަތުތައް ފާހަގަކުރައްވާފަ އެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ދިން ތާއީދާއި، ވޯޓުގެ މެޖޯރިޓީއަށް ޝުކުރު އަދާކޮށް މުއިއްޒު ދެއްވީ އެ ރައްޔިތުންގެ އުންމީދު ނާއުންމީދަކަށް ވެގެން ނުދާނެކަމުގެ ޔަގީންކަމެވެ. ކޮންމެ ރަށަކުން ވެސް ބޭނުންވާ ބަދަލު ސާފުކަމަށާއި، އެތައް ގިނަ ބަޔަކު ޓީމާއި ގުޅެމުން ދިއުމަކީ އެއީ ލިބޭ އުފަލެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

އަންނަ ހޮނިހިރު ދުވަހު ރައްޔިތުން ލާ ވޯޓަކީ ވެސް އެހާމެ މުހިންމު ވޯޓަކަށްވުމާއި އެކު މުއިއްޒު ގޮވާލީ ކޮންމެ ރައްޔިތަކު ވެސް އެންމެ ފުރަތަމަ ގައުމު އިސްކޮށް، ތިމާގެ މުސްތަގުބަލާއި މެދު ވިސްނުމަށެވެ. އަބުރުވެރި ދިރިއުޅުމެއް ބޭނުންވާ އެތައް ދިވެހި ރައްޔިތުން ތިބިއިރު އެކަން ފަހިވާން އޮތީ މުއިއްޒު ވިދާޅުވިގޮތުގައި ރަނގަޅު އާމްދަނީއެއް މެދުވެރިކޮށެވެ.

ރާއްޖޭގެ ރައްޔިތުންގެ ޝަކުވާތައް ފެށޭ ހިސާބަކީ ބޯހިޔާވަހިކަންވުމާއި އެކު މެނިފެސްޓޯގައި ވެސް އެ ދާއިރާއަށް ހާއްސަ އިސްކަމެއް ދީ ކޮންމެ ރައްޔިތަކަށް ގެދޮރުވެރިކަން ކަށަވަރު ކުރެވޭނެ ސިޔާސަތުތައް ގެނެސްދީފައިވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ކޮންމެ ރައްޔިތަކަށް ވެސް ގެދޮރުވެރިކަމުގެ ޔަގީންކަން އަޅުގަނޑު ދެން

މުއިއްޒު ވިދާޅުވީ ރަައްޔިތުންނަށްޓަކައި ބިނާ ކުރާ ސޯޝަލް ހައުސިން ހުންނަން ޖެހޭނީ އަތްފޯރާ ހިސާބުގައި ކަމަށެވެ. އެހެންވެ މުއިއްޒު މިރޭ ވައުދުވީ 500 ހައުސިން ޔުނިޓު ކުޑަ އަގެއްގައި ފޯރުކޮށްދިނުމަށެވެ. މި ސަރުކާރުގެ ހައުސިން މަޝްރޫއުތައް އަގުބޮޑުވުމާއި އެކު، އެއީ އަތްފޯރާ އަގުތަކެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.

ފަތުރުވެރިކަމުގެ ދާއިރާއަށް ގެންނަވާނެ ސިޔާސަތުތައް ފާހަގަކޮށް މުއިއްޒު މިރޭ ވެސް ވަނީ މުވައްޒަފުންނަށް ހާއްސަކުރާ ހައުސިން ސްކީމްގެ ސިޔާސަތުގެ ތަފްސީލުތައް ދެއްވާފަ އެވެ. އެގޮތުން އެ ރައްޔިތަކު މަސައްކަތް ކުރާ ރިސޯޓަކާއި އެންމެ ކައިރި ރަށަކުން ގޯތި ލިބޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގެދޮރުވެރިކަމާއި ގުޅޭ ދުރުރާސްތާ ޕްލޭން ހިއްސާކޮށް، އެ ސިޔާސަތު ހާމަ ކުރުމަށް ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވި ގޮތުގައި އެއީ 20 އަހަރުގެ ތެރޭގައި 65،000 ހައުސިންގެ ޔަގީންކަމެވެ. މިރޭ މުއިއްޒު ހުށަހެޅުވި “ދިވެހިންގެ ރާއްޖެ” މެނިފެސްޓޯގައި ވަނީ ބޯހިޔާވަހިކަމުގެ މައްސަލަތަކަށް ދާއިމީ ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ވެސް ޝަކުވާތަކާއި ގުޅިފައިވާ މައްސަލައަކަށްވުމާއި އެކު، މުއިއްޒުގެ މެނިފެސްޓޯގައި ގޯއްޗާއި ފްލެޓު ހިމެނޭހެން ގައުމީ ތަރައްގީގެ ތެރޭގައި މާލޭގެ ސަރަހައްދަށް އެކަނި 65،000 ގެދޮރު ހިމެނެ އެވެ.

ރިޔާސީ އިންތިހާބަށް އެކުލަވާލާފައިވާ ސިޔާސަތުތަކުގައި މުއިއްޒުގެ އެންމެ ހާއްސަ އިސްކަމެއް ދީފައި ވަނީ ބޯހިޔާވަހިކަމުގެ ދާއިރާއަށެވެ.

މުއިއްޒު ވިދާޅުވީ މާލޭގެ ކޮންމެ ރައްޔިތަކަށް ދޭން އޮތް ޔަގީންކަމަކީ، ގޯތި ލިބުނު އެއްވެސް ބޭފުޅެއްގެ އަތުން އެ އަތުނުލާނެ ކަމެވެ. އަދި ގިރާވަރު ފަޅުންނާއި، ގުޅީފަޅުން ގޯތި ލިބުނަސް އެ ނިންމުމަށް އެއްވެސް ބަދަލެއް ނާންނާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. މުއިއްޒު ވިދާޅުވީ އޭގެ ބަދަލުގައި އެ ގޯތިތަކުގައި ގެދޮރު ބިނާ ކުރުމަށް އެއަށް ވުރެ ފަސޭހަ ފުރުސަތުތައް އޭނާގެ ވެރިކަމެއްގައި ހޯދައިދޭނެ ކަމަށެވެ. އެގޮތުން ރައްޔިތުން ވަކި ގޮތެއް ހޯދަން، ނުވަތަ ގޮތް ހުސްވެގެން ފައިސާ ހަމަނުޖެހިގެން އުޅެން ނުޖެހޭނެކަމަށާއި، ސަރުކާރުން ދޭނެ އެހީތެރިކަމަކީ އެ މީހަކު ބޭނުން ވާ ގޮތަކަށް ލުއި ލޯނުތައް ހަމަޖައްސައިދޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: