ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒާތީ ދިމާކުރުންތަކަށް މުއިއްޒުގެ ސަމާލުކަމެއް ނެތް؛ ހައްގަކަށް އަރައެއް ނުގަންނަން!

އިދިކޮޅު ކޮންގްރެސް ކޯލިޝަނުގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު/ ފޮޓޯ: ކެމްޕެއިން ޓީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ދުވަހަކު ވެސް އެއްވެސް މީހަކަށް ދިން އަނިޔާއެއް ނޯންނާނެކަމަށާއި، މައްސަލައެއް އޮތްނަމަ އިދާރާތަކަށް ހުށަހަޅައިގެން ކުރާ ކޮންމެ ތަހުގީގަކަށް ޖަވާބު ނުދެވޭނެ އެއްވެސް ސުވާލެއް ނެތްކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނަށް ނިކުތުމާއި އެކު މުއިއްޒާއި، އަނބިކަބަލުން ސާޖިދާ މުހައްމަދު އަދި އާއިލާއާއި ގުޅުވައި ވަރަށް ގިނަ ތުހުމަތުތަކާއި ޒާތީ އެކި ވާހަކަތައް ފަތުރާފައި ވެއެވެ. އެގޮތުން މިއަދު އަނެއްކާވެސް މުއިއްޒުގެ އާއިލާއާއި ގުޅުވައި އަނެއްކާވެސް ވާހަކަތަކެއް ވަނީ މީޑިއާތަކުގައި ރިޕޯޓުކޮށްފަ އެވެ.

މިރޭގެ ޖަލްސާގައި މުއިއްޒު ވިދާޅުވީ، ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެ ސިޔާސަތެއް ނެތި، ތާއީދު ގެއްލެން ފެށުމުން ދެން އެންމެން ވެސް ބަލާނީ ޒާތީ ގޮތުން ގެއްލުން ދެވޭތޯ ކަމަށެވެ. އެކަމަކު އެ ވާހަކަތައް ދައްކައި ދިމާކުރުމަކުން ކަންބޮޑުނުވާކަމަށާއި، ކޮންމެ ރެެއަކު ވެސް ގެއަށް ގޮސް ނިދާނީ އެއްވެސް މީހެއްގެ ހައްގަށް އަރައިނުގަންނަކަމުގެ ފުރިހަމަ ޔަގީންކަމާއި އެކުކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއްވެސް މީހެއްގެ ހައްގަށް ދުވަހަކު ވެސް އަރައެއް ނުގަންނަން، އަދި އަރައެއް ނުވެސް ގަންނާނަން.. އަޅުގަނޑު އަބަދުވެސް ބުނަމުން ގެންދަނީ، އަދި ގަބޫލު ކުރާ ހަމައަކީ ވެސް.. އަޅުގަނޑު ކޮންމެ ދުވަހަކު ވެސް ގެއަށް ގޮސް، އަރާމުގަ ނިދާލެވެން ޖެހޭނެ އޭ.. ހިތަށް ހިތްހަމަޖެހުން ލިބި އެއްވެސް މީހެއްގެ ހައްގަކަށް އަޅުގަނޑަކަށް، އަރައިނުގަންނަކަމުގެ ޔަގީންކަމާއި އެކީގަ.. ދުވަހަކު ވެސް ނޯންނާނެ އަޅުގަނޑުގެ ފަރާތުން އެއްވެސް މީހަކަށް އަނިޔާއެއް ދީފަ.. ދެރައެއް ދީފަ، ހައްގަކަށް އަރައިގެންފަ.. ދެން އެހެންވީމަ އެކަހަލަ ވާހަކަތައް ދައްކަވާ ބޭފުޅުން ހަމަ ގިނަގިނައިން ދައްކަވަން ވީ، މައްސަލައެއް އޮތިއްޔާމުން ރަސްމީ އިދާރާއަކުން ބައްލަަވަންވީ.. ބައްލަވާ ބޭފުޅުންނަށް އަޅުގަނޑު ދަންނަވަން އޮތީ ބައްލަވަން ވާނީ އިންސާފުވެރިކަމާއި އެކީގައޭ.. ސިޔާސީ ނުފޫޒުން އެއްކިބާވެގެން.. އަދުލުވެރިކަމާއި އެކީގަ، އިންސާފުވެރިކަމާއި އެކީގަ… ބެއްލެވީމަ އަޅުގަނޑު އަދި މާ ހިތްހަމަޖެހޭނެ، އޭރުން އެ ހަދާ ދޮގުތައް ބޭޒާރުވާނެ

މުއިއްޒު ވިދާޅުވީ އޭނާ ކަންބޮޑުވާން ޖެހޭ އެއްވެސްކަމެއް ނޯންނާނެކަމަށާއި، ގަނޫނާއި ހިލާފު އެއްވެސްކަމެއް ދުވަހަކު ވެސް ކުރައްވާފައި ނުވާނެ ކަމަށެވެ. އަދި އޭނާއަށް ޖަވާބު ނުދެވޭނެ އެއްވެއްކަމެއް ނޯންނާނެކަން މީގެ ކުރިން ވެސް ބުނެފައިވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

ގައުމަށް ހަމަޖެހުން ގެންނަން ބޭނުންވާ މީހެއްގެ ހައިސިއްޔަތުން ކުރަމުން ގެންދާ ކެމްޕެއިނުގައި ވެސް އެއްވެސް މީހެއްގެ ހައްގަކަށް އަރައިގެންފައި ނުވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ. އަދި ގައުމަށް ހަމަޖެހުން ގެނެވެން އޮތީ އަދުލުވެރިކަން އޮވެގެންކަން ފާހަގަކޮށް މުއިއްޒު ވިދާޅުވީ، ބޭނުން ވަނީ އަނިޔާވެރިކަން ނިމުމަކަށް ގެނެސް އިންސާފު ގާއިމުކޮށްދޭން ކަމަށެވެ.

މިރޭ ވެސް މުއިއްޒު ވިދާޅުވީ ރައްޔިތުން އިތުބާރުކޮށް، ގައުމު ހިންގުން ހަވާލުކޮށްފި ނަމަ ހެޔޮވެރިކަމެއް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

ޒާތީ ގޮޮތުން ދިމާކޮށް، ސޯޝަލް މީޑިއާގައި އާއި އެކި ޕޯޑިއަމްތަކުގައި ދެކެވޭ ވާހަކަތަކަށް ރައްދު ދެއްވައި މުއިއްޒު ވާހަކަ ދެއްކެވިއިރު ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ކެމްޕެއިނުގެ ދުވަސްވަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ކެމްޕެއިން ތަރުޖަމާނު މާރިޔާ އަހުމަދު ދީދީ ވަނީ ސާޖިދާއާއި އޭނާގެ އާއިލާއަށް ނިސްބަތްކޮށް ހަރުކަށި ފިކުރުގެ ތުހުމަތުކޮށްފަ އެވެ. ޑިފެންސް މިނިސްޓަރުކަން ވެސް ކުރައްވާ މާރިޔާ، މަލާމާތުގެ ރާގެއްގައި ސާޖިދާއަށް ވިދާޅުވީ އެއީ “ސަޕްރައިޒް” ދޭ އަންބެއް ކަމަށެވެ.

މާރިޔާ ވިދާޅުވެފައި ވަނީ މުއިއްޒާއި، ސާޖިދާ ވެސް ނިސްބަތް ވަނީ ސަލަފް އާއިލާއަށް ކަމަށެވެ. އަދި ސަލަފުން މުއިއްޒަށް ތާއީދު ކުރަމުންދާ ދިއުމަކީ ބިރުވެރިކަމެއްގެ ގޮތުގައި ސިފަ ކުރި އެވެ. އޭގެ ފަހުން ސޯޝަލް މީޑިއާގައި އެ އަޑުތައް ގަދަވެ، މުއިއްޒަށް ވެރިކަން ލިބިވަޑައިގެންފި ނަމަ ރާއްޖެ ހަރުކަށި ފިކުރުގެ ހަބަކަށް ބަދަލުވާނެކަމަށް އެމްޑީޕީގެ މެމްބަރުން އައީ ބުނަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: