ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ސިޓީއަކަށް ލިބެންޖެހޭ ހުރިހާ ހިދުމަތެއް ފުރިހަމަކޮށްދޭނަން: މުއިއްޒު

ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު
ޝެއާރކޮށްލާ ކަހަލަދޯ؟

އައްޑޫގައި އެންމެ ފުރިހަމަ ވަސީލަތްތަކާއި އެކު ސިޓީއަކުން ލިބެން ޖެހޭ ވަސީލަތްތައް ފުރިހަމަ ގޮތުގައި ތަންފީޒުކޮށްދެއްވާނެކަމަށް އިދިކޮޅު ކޮންގްރެސް ކޯލިޝަން ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އިންތިހާބުގެ ކެމްޕެއިނުގެ އެންމެ ފަހު މަންޒިލަކަށް އައްޑޫގައި މިވަގުތު ހުންނެވި މުއިއްޒު ވަނީ، ފުރަތަމަ ބުރުގައި ރައްޔިތުން ދިން ތާއީދަށް ޝުކުރު އަދާކުރައްވާފަ އެވެ. އަދި ރައްޔިތުންގެ އިތުބާރަށް އެދިވަޑައިގެން މުއިއްޒު ވިދާޅުވީ، އިގްތިސާދީ ގޮތުން ފުދުންތެރި ގައުމެއް ބިނާކޮށް، އިޖްތިމާއީ އަދި އިގްތިސާދީ މައްސަލަތައް ހައްލު ގެންނަވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އިންތިހާބުގެ ވޯޓުލުމަށް ބާކީ އޮތީ ދެ ދުވަސްކަމަށާއި، އުންމީދަކީ ފުރަތަމަ ބުރަށް ވުރެ ބޮޑު ކާމިޔާބެއް އައްޑޫއިން ލިބިގެން ދިއުން ކަމަށެވެ.

ސިޓީއެއްގެ ދަރަޖަ ދީފައިވާ އައްޑޫއަކީ ތަރައްގީގެ ގޮތުން ކުރިއެރުން ލިބެންޖެހޭ ރަށެއްކަން ފާހަގަކުރައްވައި މުއިއްޒު ދެއްވީ، ރައްޔިތުން ބޭނުންވާ ބަދަލު ގެނެސްދޭނެކަމުގެ ޔަގީންކަމެވެ. އަދި އައްޑޫގައި ފަތުރުވެރިކަމާއި، މަސްވެރިކަން ކުރިއެރުވުމަށް ހާއްސަ އިސްކަމެއް ދީ މުޅި ރާއްޖޭގެ މާސްޓަރ ޕްލޭންގެ ދަށުން އެ ސިޔާސަތު ތަންފީޒު ކުރެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިޖްތިމާއީ މައްސަލަތައް ހައްލު ކުރުމަށް ހާއްސަ ސަމާލުކަމެއް ދެއްވާނެކަަމަށް ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އައްޑޫގައި ޕްރައިމެރީ ހެލްތް ކެއާގެ ހިދުމަތް ވެސް ގާއިމުކޮށްދެއްވާނެ ކަމަށެވެ.

މުއިއްޒު ވިދާޅުވީ އޭނާ ވައުދު ވަނީ އިހުލާސްތެރި ވެރިކަމެއް ރައްޔިތުންނާއި ހަމައަށް ގެނެސްދިނުމަށް ކަމަށެވެ. ރައްޔިތުންނާއި ހަމައަށް ގެނެސްދޭ ސިޔާސަތުތައް މެނިފެސްޓޯއެއްގެ ގޮތުގައި ގެނެސްދީފައިވާނެކަން ފާހަގަކުރައްވައި މުއިއްޒު ވިދާޅުވީ އެއްވެސް ރައްޔިތެއްގެ ކަންބޮޑުވުމެއް ނުވަތަ ޝަކުވާއެއް އޮތްނަމަ އެކަން ހައްލު ކުރައްވާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: