ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައްޔިތުންނަށް ކަމެއް ފޮރުވުމަށް ކޯޓާއި ހަމައަށް ދާން ޖެހޭ ސަބަބެއް ނެތް: މުއިއްޒު

ސަންގުޓީވީގެ ރައްޔިތުންގެ ގާތަށް ޕްރޮގްރާމުގައި މުއިއްޒު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުން މައުލޫމާތެއް ދޭން އެދުމުން، އެކަމެއް ފޮރުވުމަށް ކޯޓަށް ދިއުމަކީ ވެސް ސުވާލު އުފެދޭ ސަބަބެއްކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ގައުމުގެ މިނިވަންކަމާއި، އަދި އަވައްޓެރި އިންޑިއާގެ ނުފޫޒާއި ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް މީގެ ކުރިން ވެސް މުއިއްޒު ވަނީ ވާހަކަ ދައްކަވާފަ އެވެ. އަދި ވިދާޅުވީ ގައުމުގެ މިނިވަންކަމަށް ގެއްލުންވާ ގޮތަށް އެކުލަވާލާފައި ހުރި އެއްބަސްވުންތައް ބަލައި ދިރާސާކޮށް އެ އުވާލާނެ ކަމަށެވެ.

ހާރިޖީ ސިޔާސަތުތަކުގެ ދަށުން، މި ސަރުކާރުން އަބަދުވެސް އިސްކަން ދެމުން ދަނީ އިންޑިއާ ކަނޑުގެ ހަމަޖެއުންކަމަށާއި، އިންޑިއާއަކީ އެންމެ ގާތް ގައުމުކަމަށް ފާހަގަކޮށް ރައީސް އިބްރާހިމް ސޯލިހު ވެސް ވާހަކަ ދައްކަވަ އެވެ. އެކަމަށް އިދިކޮޅުން، އަބަދުވެސް ނުރުހުން އަމާޒު ކުރެ އެވެ.

އިންޑިއާގެ އެއްބަސްވުންތަކާއި ގުޅޭގޮތުން، މުއިއްޒު މިރޭ ވާހަކަ ދެއްކެވީ ސަންގު ޓީވީން ކުރިޔަށް ގެންދާ “ރައްޔިތުންގެ ގާތަށް” އިވެންޓުގަ އެވެ.

މުއިއްޒު ވިދާޅުވީ ފޮރުވިފައި އޮންނަން ޖެހޭ އެއްވެސް އެއްބަސްވުމެއް އޮވެގެން ނުވާނެކަމަށާއި، ތަރައްގީއާއި ގުޅުން ހުރި ކަންކަމުގެ މައުލޫމާތުތައް ސިއްރު ވެގެން ނުވާނެ ކަމަށެވެ. އޭގެ ތަފްސީލުތައް ފޮރުވުމަށްޓަކައި ސަރުކާރުން ކޯޓުތަކާއި ހަމައަށްދާއިރު އެއްވެސް ސުވާލެއް އުފެދެން ޖެހޭފަދަ އަމަލުތަކެއްކަމަށް މުއިއްޒު ވިދާޅުވި އެވެ.

ބަލައި ތަހުގީގު ކުރަން ޖެހެނީ މުއިއްޒު ވިދާޅުވި ގޮތުގައި ގައުމުގެ މިނިވަންކަމަށް ބުރޫ އަރާ ގޮތަށް ހުރި އެއްބަސްވުންތަކެވެ. އެކަމަލު ގައުމަށް ފައިދާ ހުރި އެއްވެސް އެއްބަސްވުމެއް އެއީ އުވިގެންދާނެ ނުވަތަ ބާތިލުވެސް ވާނެ އެއްބަސްވުމެއް ނޫންކަމަށް މުއިއްޒު ވިދާޅުވި އެވެ.

މުއިއްޒު ވިދާޅުވީ ޚާރިޖީ ސިޔާސަތުތަކާއި، ދާއިރާއާއި ގުޅުން ހުރި ގިނަކަންކަން ހުރީ އަތުން ކައްސާލައިގެން ދާ ހިސާބުގައި ކަމަށެވެ. އަދި ރާއްޖެއަކީ ނަމުން މިނިވަން، އަދި ރަސްމީކޮށް މިނިވަން ގައުމެއް ނަމަވެސް މުއިއްޒު ވިދާޅުވީ އަމަލީ ގޮތުން ގައުމުގެ މިނިވަންކަން ގެއްލިފައިވާ ކަމަށެވެ. އެގޮތުން ކަނޑު ވިއްކާލުމާއި، އެކި ސަރަހައްދުތައް އެގްރިމަންޓުތަކުގެ ތެރެއިން ދޫކޮށްފައިވާއިރު ވާނުވާ އެގްރިމަންޓުތަކާއި އެކު ގައުމަށް ވާނެ ގެއްލުންތަކާއި މެދު އުފެދޭ ކަންބޮޑުވުންތައް އެތައް ގުނައަކުން އިތުރުވަމުންދާ ކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: