ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފެންވަރު ރަނގަޅު ތެލެސީމިއާ މަރުކަޒެއް ހުޅުމާލޭގައި ގާއިމު ކުރާނަން: މުއިއްޒު

ސަންގުޓީވީގެ ރައްޔިތުންގެ ގާތަށް ޕްރޮގްރާމުގައި މުއިއްޒު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ފެންވަރު ރަނގަޅު، ހިތްހަމަޖެހޭ މާހައުލެއް އެކުލެވޭ އިންޓަނޭޝަނަލް ފެންވަރުގެ ތެލެސީމިއާ މަރުކަޒެއް ހުޅުމާލޭގައި ގާއިމު ކުރައްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

މާލޭގައި މިވަގުތު ހުރި ތެލެސީމިއާ ސެންޓަރުގައި ގިނަ މައްސަލަތަކެއް ދިމާވާތީ، އެކަމުގެ ޝަކުވާތައް ދޭތެރެއަކުން މީޑިއާތަކުގައި ވެސް ފެންމަތިވެ އެވެ. އަދި ތެލެސީމިއާ ކުދިންނަށް ބޭނުންވާ ލޭ ލިބުމުގައި ވެސް ގިނަ ދަތިތަކާ ކުރިމަތިލާން ޖެހެ އެވެ. ދާދިފަހުން ވަރަށް ކައިރި ކައިރީގައި ހާލު ދެރަވި ކުދިންތަކެއް ނިޔާވެ، ފަރުވާގެ ނިޒާމާ ގުޅޭ ވަރަށް ގިނަ ޝަކުވާތައް އާންމުވި އެވެ.

“ރައްޔިތުންގެ ގާތަށް މުއިއްޒު” ގެ ނަމުގައި ސަންގު ޓީވީން ކުރިއަށް ގެންދާ ޕްރޮގްރާމުގައި މުއިއްޒާއި އާންމުންގެ މީހަކު ކުރި ސުވާލަކީ ތެލެސީމިއާ ކުދިންނަށް ދިމާވާ ދަތިތާއި، މާލޭގައި އެކަނި ބްލަޑް ބޭންކެއް ހުރުމެވެ. އެހެންކަމުން އެކަމަށް ގެންނާނެ ހައްލަކީ ކޮބައިތޯ އޭނާ ސުވާލު ކުރި އެވެ.

ޖަވާބުގައި މުއިއްޒު ވިދާޅުވީ، އޭނާގެ ސަރުކާރެއް ގާއިމުވެއްޖެ ނަމަ އިންޓަނޭޝަނަލް ފެންވަރުގެ ތެލެސީމިއާ މަރުކަޒެއް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެތަން ވާނީ ޖާގައިގެ ގޮތުން ތަނަވަސް، ވަސީލަތްތައް ހުރި ތަނަކަށްކަމަށް ވިދާޅުވި އެވެ.

އެއްކަމަކަށް އަޅުގަނޑުމެން މި ހުށަހަޅަނީ ވަރަށް ފުރިހަމަ، ވަރަށް ރަނގަޅު.. އިންޓަނޭޝަނަލް ފެންވަރުގެ ވަރަށް ރަނގަޅު.. ތެލެސީމިއާ މަރުކަޒެއް ހުޅުމާލޭގައި ހަދާނަމޭ.. އެކަން އަޅުގަނޑު އޮންނާނީ ދަންނަވާފަ.. މިހާރު ހުރި ތަނުގެ ހާލަތު އަޅުގަނޑުމެންނަށް އެނގޭ.. އެތަނުގައި އިހުސާސް ކުރެވެނީ ޕެއިން.. ވޭން އެކަނި.. އެއްވެސް ކަހަލަ ހިތްހަމަޖެހޭ އެކްސްޕީރިއަންސެއް ނުކުރެވޭނެ އެކުދިންނަކަށް..

މުއިއްޒު ވިދާޅުވީ މިހާރު ވަސީލަތްތަކާއި، ހިދުމަތްތައް ގޯސްވުމުގެ ސަބަބުން އެ ވޭނުގައި ނިޔާވާ ކުދިންގެ އަދަދު ވެސް އިތުރުވެފައިވާ ކަމަށެވެ. އެހެންކަމުން ބޭނުން ވަނީ ރަނގަޅު ސްޕެޝަލިސްޓުން ތިބި، ހިތްހަމަޖެހުމާއި އެކު ހިދުމަތް ލިބޭނެ މަރުކަޒެއްކަމަށް ވިދާޅުވި އެވެ. އަދި ދިވެހީންގެރާއްޖެ މެނިފެސްޓޯގެ ދަށުން ހުޅުމާލޭގެ އިތުރަށް، ރާއްޖޭގެ އުތުރާއި ދެކުނުގައި ވެސް އެފަދަ މަރުކަޒެއް ގާއިމު ކުރައްވާނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

މީގެއިތުރުން މުއިއްޒު ވިދާޅުވީ ބްލަޑް ބޭންކު މިހާރަށް ވުރެ ފުޅާކުރައްވާނެ ކަމަށެވެ. އަދި ފަސޭހަކަމާއި އެކު ލޭ ބޭނުންވާ ހާލަތެއްގައި، އެކަން ހަމަޖެހޭނެކަމަށް ވެސް މުއިއްޒު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: