ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

23ގެ ރައީސް: ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކަނީ އާރައީސަކަށް ވާނީ ޑރ.މުއިއްޒު 

ސަންގުޓީވީގެ ރައްޔިތުންގެ ގާތަށް ޕްރޮގްރާމުގައި މުއިއްޒު ވާހަކަ ދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

މާދަމާ އޮންނަ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ދެން ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ މަގާމަށް ވަޑައިގަންނަވާނީ ޑރ.މުހައްމަދު މުއިއްޒު ކަމަށް ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކައިފިއެވެ.

“ވަގުތު” އޮންލައިނުން މާލެ އާއި ރާއްޖޭގެ އެކިއެކި އަތޮޅުތަކުގައި ކުރިއަށް ގެންދިޔަ ހިޔާލު ހޯދުމުގެ ވޯޓްތަކުން ދައްކާ ގޮތުގައި މާލެ އާއި އާބާދީ ބޮޑު ގިނަ ރަށްތަކަކުން ޑރ.މުއިއްޒު މެޖޯރިޓީ ހޯއްދަވާނެއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހަށް ފުރަތަމަ ބުރުގައި ލިބުނު ވޯޓަށްވުރެ މާބޮޑަށް ތާއިދު އިތުރުވެފައިވާ ކަމަކަށް ހިޔާލު ހޯދުމުގެ ވޯޓަކުން ނުދައްކައެވެ.

މުޅި ޖުމްލަ 75 ރަށެއްގައި ހިޔާލު ހޯދުމުގެ ވޯޓް ކުރިއަށް ގެންދިޔައިރު މުއިއްޒު އިންތިހާބު ކާމިޔާބު ކުރައްވާނީ %54 އިން ކަމަށް ހިޔާލު ހޯދުމުގެ ވޯޓުން ދައްކައެވެ.

ހިޔާލު ހޯދުމުގެ ވޯޓް ދައްކާ ގޮތުން ރައީސް ސޯލިހަށް މެޖޯރިޓީ ލިބޭނީ ހަމައެކަނި އެމަނިކުފާނުގެ އުފަން އަތޮޅު ކަމަށްވާ ޅ.އަތޮޅުންނެވެ. އައްޑޫ ސިޓީން މެޖޯރިޓީ ނެގުމުގެ ފުރުސަތު އެބައޮތެވެ. ނަމަވެސް އައްޑޫން ވެސް ރައީސް ސޯލިހަށް ތަފާތު ބޮޑުކޮށް މުއިއްޒުގެ މައްޗަށް ކުރިއަށް ނުހޯއްދެވެއެވެ.

ގދ. އަތޮޅު ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް ވޯޓު ދޭނެ ކަމަށް %56.8 މީހުން ބުނެފައިވާ އިރު، ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް %39.6 މީހުން ބުނެފައިވެއެވެ. ށ އަތޮޅު ސާވޭގައި ބައިވެރިވި މީހުންގެ ތެރެއިން އިދިކޮޅު ކެންޑިޑޭޓު މުއިއްޒަށް ވޯޓު ދޭނެ ކަމަށް %51.2 މީހުން ބުނެފައިވާ އިރު، ރައީސް ސޯލިހަށް ވޯޓު ދޭނެ ކަމަށް %46.5 މީހުން ބުނެފައިވެއެވެ.

ގްރޭޓާ މާލޭ އޭރިޔާ އިން މުއިއްޒު %68 ހޯއްދަވާނެ ކަމަށް ސާވޭ އިން ދައްކައެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 65%ވަރަށް ގަޔާވޭ 15%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: