ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ދެބައިކުޅަ އެއްބައަށް ވުރެ ގިނަ ފޮށި ގުނާ ނިމިއްޖެ، ބޮޑު ތަފާތަކުން ކުރީގައި މުއިއްޒު

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ "ދިވެހިންގެ ނިންމުން" ކެމްޕެއިން ނިންމާލުމުގެ ހިނގާލުންގެ ތެރެއިން/ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

2023 ގެ ރިޔާސީ އިންތިހާބުގެ ވޯޓު ފޮށިތަކުގެ 60 އިންސައްތަ ގުނާ ނިމުނުއިރު، ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ބޮޑު ތަފާތަކާއި އެކު ވޯޓު ކާމިޔާބު ކުރައްވައިފި އެވެ.

މިއަދުގެ ހެނދުނު 08:00 އިން ހަވީރުގެ 05:00 އާއި ހަމައަށް ކުރިޔަށް ގެންދިޔަ ރިޔާސީ އިންތިހާބުގައި 586 ވޯޓު ފޮށި ބަހައްޓާފައިވާއިރު މިވަގުތާއި ހަމައަށް 422 އަށް ވުރެ ގިނަ ފޮށި ވަނީ ގުނާ ނިމިފަ އެވެ. އެހެންކަމުން ދެބައިކުޅަ އެއްބައި ވޯޓު ފޮށިތައް ގުނާ ނިމުނުއިރު ބޮޑު ތަފާތަަކުން ކުރީގައި އުޅުއްވަނީ ޑރ. މުއިއްޒެވެ.

ރޭގަނޑުގެ 08:00 އާއި ހަމައަށް ލިބުނު ނަތީޖާތައް ދައްކާގޮތުގައި، 90،000 އަށް ވުރެ ގިނަ ވޯޓު ވަނީ މުއިއްޒަށް ލިބިފަ އެވެ. އަދި ވެރިކަމުގެ ދެވަނަ ދައުރަކަށް ވާދަކުރައްވާ ރައީސް ސޯލިހަށް 76،000 ވޯޓެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: