ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެއްވެ އުޅުމާއި ހިޔާލުފާޅު ކުރުމުގެ މިނިވަންކަން އޮންނާނެ: މުއިއްޒު

އިންތިހާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު / ފޮޓޯ: މިހާރު
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އެއްވެ އުޅުމުގެ ހައްގު ހަނިވާގޮތަށް ފާސްކޮށްފައި އޮތް މާއްދާ ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް އުވާލައި އެއްވެ އުޅުމުގެ ފުރިހަމަ މިނިވަންކަން ލިބިދޭ ގޮތަށް މަސައްކަތް ކުރުމުގެ ފުރުސަތު ދޭން ތާއީދު ކުރައްވާކަމަށް އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

އެއްވެ އުޅުމާއި، ހިޔާލު ފާޅުކުރުމުގެ މިނިވަންކަން ހޯދައި ދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދެއް ނަމަވެސް ސަރުކާރުގެ ދައުރު ހަމަވީ އެ މާއްދާއަށް އިސްލާހު ގެނައުމުގެ އެއްވެސް މަސައްކަތެއް ނުކުރެވި އެވެ. އަދި ސިޔާސީ ހަރަކާތްތަކަށް ފުރުސަތު ނުދޭކަމުގެ ޝަކުވާތައް ކުރުމުން، ރައްދުގައި ސަރުކާރުން ބުނަމުން އައީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި އޭރުގެ އިދިކޮޅަށް އިހުތިޖާޖުތަކާއި މުޒާހަރާތައް ކުރުމަށް ފުރުސަތު ނުދިން ނަމަވެސް މި ސަރުކާރުން ދޭ ކަމަށެވެ. އަދި އެއްވުންތަކުގައި ފުލުހުން ކުރާ އަނިޔާތަކަށް ނިމުމެއް އައިސްފައިވާކަމަށް ވެސް ސަރުކާރުން ވަނީ ބުނެފަ އެވެ.

ގާނޫނު އަސާސީގައި ބުނާ ހިޔާލުފާޅުކުރުމުގެ މިނިވަންކަން ސަރުކާރުން ނުދޭކަމަށް ބުނެ އިދިކޮޅުން އެކި ފަހަރު މަތީން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލަ ތަޅުމުން ވަނީ ބޭރުކޮށްލާފަ އެވެ. އެއްވެ އުޅުމުގެ ގާނޫނަށް 2016 ވަނަ އަހަރު ރައީސް ޔާމީންގެ ސަރުކާރުގައި ގެނައި އިސްލާހު ބުނާގޮތުން މާލޭގައި ހުއްދަ ނުހޯދައި އެއްވެވޭނީ ސަރުކާރުން ކަނޑައަޅާ ތަންތަނުގައި އެކަންޏެވެ.

މި މައްސަލައިގައި ޑރ. މުއިއްޒު ވިދާޅުވީ ބޭނުން ވަނީ ހަމަޖެހުންކަމަށާއި، ހިޔާލުފާޅު ކުރުމުގެ މިނިވަންކަމަށް ހުރަސް ނާޅުއްވާނެ ކަމަށެވެ. އެގޮތުން މުއިއްޒު ވިދާޅުވީ އިންތިހާބުގެ ކެމްޕެއިނުގައި ވެސް މަލޭގައި މިހާރު އެއްވެ އުޅެވޭނީ ކާނިވާ ސަރަހައްދަށް އެކަނިކަމަށް ބުނާ މާއްދާ ބަދަލު ގެންނަވާނެ ކަމަށެވެ. އަދި ގްރީން ޒޯނާއި މިސްކިތްތައް ހުންނަ ސަރަހައްދުތައް ފިޔަވައި އެހެން ސަރަހައްދުތަކުގައި އެއްވެ އުޅެވޭނެކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެއްވެ އުޅުން ހަނި ކުރާ މައްދާގެ މައްސަލަ ކޯޓަށް ވެސް ހުށަހެޅި އެވެ. އެއްވެ އުޅުމުގެ މިނިވަންކަން ހަނި ކުރެވޭ ގޮތަށް ގާނޫނުގައި އޮތް މާއްދާ އާއި ގުޅޭ އިސްލާހެއް ރައްޔިތުންގެ މަޖިލީހުގައި އޮތުމުން ގާނޫނުގެ އެބައި ބާތިލު ކުރުމުގެ ބައި ކޯޓުގައި ކުރިޔަށް ގެންދިއުމުގެ ބޭނުމެއް ނެތްކަމަށް ދައުލަތުން ކޯޓުގައި ބުނެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: