ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔޫ.އޭ.އީގެ ސަފީރު ކަމަށް މިދުފާ ނައީމް އައްޔަންކުރުމަށް މަޖިލީހަށް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) ގެ ސަފީރު ކަމަށް މއ. ރުއްކުރި، މިދުފާ ނައީމް ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފިއެވެ.

އެ މަގާމަށް މިދުފާ އައްޔަންކުރުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީން އާންމު ވަނީ އިއްވަވައިފައެވެ.

އެ ސިޓީގައި ރައީސް ޞާލިހް ވިދާޅުވެފައިވާ ގޮތުގައި މިދުފާ ޔޫއޭއީގެ ސަފީރުގެ މަގާމަށް އައްޔަންކުރުމަށް ނިންމާފައިވަނީ މިހާރު އެ މަގާމުގައި ހުންނެވި ހ. މިސްޓީލޮޖް، އައިމިނަތު ޝަބީނާގެ ބަދަލުގައެވެ. އެހެންކަމުން މިދުފާ އެ މަގާމަށް ހަމަޖެއްސުމާއި މެދު ރައްޔިތުންގެ މަޖިލީހުން ގޮތެއް ނިންމައިދިނުމަށް ރައީސް ޞާލިހު ވަނީ އެދިވަޑައިގެންފައެވެ.

މިދުފާ މަގާމަށް އައްޔަނުކުރުމަށް އިތުރަށް ދިރާސާ ކުރަން ރައްޔިތުންގެ މަޖިލީހުގެ ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް މިއަދު ވަނީ ފޮނުވައިފައެވެ.

ޔޫއޭއީގެ ސަފީރުކަމަށް މިދުފާ އައްޔަންކުރުމަށް ރައީސް އެދިވަޑައިގެންފައިވާއިރު، މިދުފާ މިވަގުތު މައްސަކަތް ކުރަމުން އަންނަނީ ފޮރިން މިނިސްޓްރީގައިކަން ފާހަގަކޮށްލެވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: