ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވިޖޭގެ “ލިއޯ” އެސްއާރްކޭގެ “ޖަވާން” ވެސް ފަހަތަށް ޖައްސާލައިފި!

ޝެއާރކޮށްލާ ކަހަލަދޯ؟

އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ސިނަމާތަކުގައި ރިލީޒްކުރި، އިންޑިއާ ސިނަމާގެ “ސުޕަރސްޓަރ” ވިޖޭ ލީޑް ރޯލުން ފެނިގެންދާ “ލިއޯ” ފިލްމަކީ ސިނަމާތަކަށް އައި ފުރަތަމަ ދުވަހު އިންޑިއާގެ އެއްވެސް ފިލްމަކަށް ނުލިބޭފަދަ ބޮޑު އާމްދަނީއެއް ލިބުނު ފިލްމަށް ވެއްޖެއެވެ. މި ފިލް ވަނީ ތަމަޅަ އިންޑަސްޓްރީގައި ރަޖްނީކާންތުގެ “2.0” ގެ އިތުރުން ޝާހްރުކް ޚާންގެ “ޖަވާން” ވެސް ފަހަތަށް ޖައްސާލާފައެވެ.

އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޓްރޭޑް އެކްސްޕާޓް ރަމޭޝް ބުނީ މިއީ ތަމަޅަ އިންޑަސްޓްރީގެ ސިނާތަކުގައި އެޅުވި ފުރަތަމަ ދުވަހު އެންމެ އެންމެ ބޮޑު  އާންމަދަނީ ލިބުނު ފިލްމް ކަމަށެވެ. “ޖައިލާ” އާއި “ޕޮންނިޔިން ސެލްވަން” އަށް ވުރެ ލިއޯ އަށް މާ ރަނގަޅު ކާމިޔާބެއް ވަނީ ލިބިފައެވެ.

“ލިއޯ” އަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 148.5 ކްރޯޑް ރުޕީސްގެ ބޮޑު އާމްދަނީއެއް ލިބިފައިވާ އިރު، މިއީ އިންޑިއާގެ ފިލްމަކަށް ފުރަތަމަ ދުވަހު ދުނިޔޭގެ އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމެވެ.

“މިއީ މުޅި ދުނިޔޭގެ ވެސް ރެކޯޑެއް. މީގެ ކުރިން ރިލީޒް ކުރި ފިލްމަކީ ރަޖްނީކާންތު ލީޑް ރޯލް ކުޅުނު “2.0”. އެއީ ތަމަޅަ އިންޑަސްޓްރީގެ ފުރަތަމަ ދުވަހު ދުނިޔޭގެ އެއް ވަނަ އަށް އެންމެ ބޮޑު އާމްދަނީއެއް ލިބުނު ފިލްމު. އެހެންވީމަ “ލިއޯ” ވަނީ އެ ފިލްމު ބަލިކޮށްފަ” ރަމޭޝް ބުންޏެވެ.

މި އެކްޝަން ފިލްމަކީ ތަމަޅަ، ތެލެގޫ، މަލަޔާލަމް، ކަންނާޑާ އަދި ހިންދީ ފަދަ އެތައް ބަހަކުން ރިލީޒްކޮށްފައިވާ ފިލްމެކެވެ. އޮކްޓޯބަރު މަހުގެ 19 ވަނަ ދުވަހު ރިލީޒްކުރި މި ފިލްމަށް އަންނަނީ މިކްސް ރިވިއުތައް ލިބެމުންނެވެ.

“ލައިފްޓައިމް ކަލެކްޝަނަކީ ކޮބައިތޯ ބަލަން ޖެހޭނީ އިންތިޒާރުކުރަން. އަދި 400 ކްރޯޑް ރުޕީސް، 500 ކްރޯޑް ރުޕީސް ނުވަތަ 600 ކްރޯޑް ރުޕީސް އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭނެތޯ އަންދާޒާ ކުރަން އިތުރު ދުވަސްކޮޅެއް ބޭނުންވާނެ. ވިޖޭގެ އެންމެ ބޮޑު އާމްދަނީއެއް ހޯދި ފިލްމަކީ “ވަރިސޫ”. އެހެންވީމަ އަހަރެން އުންމީދު ކުރަނީ “ލިއޯ” ވެގެންދާނީ ވިޖޭއަށް ލައިފްޓައިމް އެންމެ ބޮޑު އާމްދަނީއެއް ލިބޭ ފިލްމަށް. މުޅި ދުނިޔޭގައި ވެސް ހަފުތާ ބަންދުގެ ކަލެކްޝަނަކީ ގާތްގަނޑަކަށް 300 ކްރޯޑް ރުޕީސް އަށް ވާން ޖެހޭ” ރަމޭޝް ބުންޏެވެ.

ލިއޯ މިހާރު އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގެ ސިނަމާތަކުގައި އަޅުވަމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: