ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕީސީއޯއެސް – ދެނެގަންނަން މުހިއްމު!

ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލިސިސްޓިކް އޯވަރީ ސިންޑްރޯމް (ޕީސީއޯއެސް) އަކީ ހޯމޯނަލް ޑިސްއޯޑާއެކެވެ. ތަފާތު އަލާމާތްތަކުގެ ސަބަބުން ޕީސީއޯއެސް ގެ ސަބަބުން މީހާގެ މުޅި ސިއްހަތާއި ދިރިއުޅުމުގެ ހާލަތަށް ބޮޑެތި އަސަރުތަކެއް ކުރެއެވެ.

ޕީސީއޯއެސް އަކީ ތަފާތު އަލާމާތްތައް ހުންނަ ކޮމްޕްލެކްސް ހާލަތެއް ކަމުން ބަލި ދެނެގަތުމުގައި ގޮންޖެހުންތަކެއް ކުރިމަތިވެ އެވެ. އާންމު އިންޑިކޭޓަރުތަކުގެ ތެރޭގައި ގަވާއިދާ ހިލާފަށް ޕީރިއަޑްސް، އިތުރު އެންޑްރޮޖެން (ފިރިހެން ހޯމޯން) ލެވެލް އަދި އޯވަރީގައި ހުންނަ ކުދި ސިސްޓުތައް ހިމެނެ އެވެ. މި އަލާމާތްތަކުގެ ސަބަބުން ދަރިމައިވުމާއި، ބަރުދަން އިތުރުވުމާއި، ބޮލުގައި ރިއްސުމާއި، އިސްތަށި ގިނަވުމާއި، މޫޑް ސްވިންގްވުން ފަދަ މައްސަލަތައް ކުރިމަތިވެއެވެ.

ޕީސީއޯއެސްއާ މެދު ހޭލުންތެރިވުމަކީ ވަރަށް މުހިންމު ކަމެކެވެ. އެއީ ދަރިން ލިބޭ އުމުރުގެ ކޮންމެ 10 މީހަކުން އެކަކަށް އޭގެ އަސަރު ކުރާތީ އެވެ. މިއީ ދަރިމައިނުވުމުގެ މައިގަނޑު ސަބަބަކަށް ވާއިރު، ޕީސީއޯއެސްއަކީ ޓައިޕް 2 ހަކުރު ބައްޔާއި ހިތުގެ ބަލިތައް ފަދަ ސިއްހީ ބޮޑެތި ހާލަތްތަކާ ވެސް ގުޅުން ހުރި ބައްޔެކެވެ.

ޕީ.ސީ.އޯ.އެސް އަށް ޝިފާއެއް އަދި ހޯދިފައިނެތަސް، އޭގެ އަލާމާތްތައް މެނޭޖް ކުރެވޭނީ ތަފާތު ސްޓްރެޓެޖީތަކަކުންނެވެ. ދިރިއުޅުމުގެ ވައްޓަފާޅިއަށް ގެންނަ ބަދަލުތަކުގެ ތެރޭގައި ބެލެންސްޑް ޑައިޓަކާއި ގަވާއިދުން ކަސްރަތު ކުރުމަކީ ބަރުދަން ކޮންޓްރޯލްކޮށް އިންސިއުލިން ރެސިސްޓެންސް ރަނގަޅުކޮށްދޭ ކަމެކެވެ. ހާއްސަ އަލާމާތްތަކަށް ހައްލު ހޯދުމަށް ގިނަ ފަހަރަށް ބޭސްތައް ކަނޑައެޅިފައިވާ އިރު، ހޯމޯން ބޭސްޑް ކޮންޓްރަސެޕްޓިވްސްގެ ސަބަބުން މައްސަރު ދުވަސް ރެގިއުލޭޓް ކޮށްދެއެވެ.

ޕީސީއޯއެސް ހުންނަ ފަރާތްތަކުން ސިއްހީ އިރުޝާދާއި އެހީތެރިކަން ހޯދުމަކީ ވަރަށް މުހިންމު ކަމެކެވެ. ޞިއްޙީ ޚިދުމަތްދޭ ފަރާތަކުން، ޚާއްޞަ ޢަލާމާތްތަކާއި ކަންބޮޑުވުންތަކަށް ޙައްލެއް ހޯދުމަށް ޓަކައި ފަރުވާގެ ޕްލޭނެއް އެކުލަވާލުމަށް އެހީތެރިވެދެވިދާނެއެވެ. ހޭލުންތެރިކަމާއި އަވަހަށް ބަލި ދެނެގަތުމާއި މެނޭޖްކުރުމަކީ ޕީސީއޯއެސް ޖެހިފައިވާ މީހުންގެ ދިރިއުޅުމަށް ވަރަށް ބޮޑު ބަދަލެއް ގެނެސް، ދުޅަހެޔޮ އަދި އުފާވެރި ދިރިއުޅުމެއް އުޅެވޭނެ މަގު ފަހިކޮށްދޭ ކަމެކެވެ.

ވަރަށް ގަދަ
75%ވަރަށް ގަދަ 13%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 13%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: