ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންސާފުވެރިކޮށް ހައްގުވެރިންނަށް ފްލެޓު ލިބޭކަން ކަށަވަރު ކުރާނަން: އާޒިމް

މެދު ހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް.
ޝެއާރކޮށްލާ ކަހަލަދޯ؟

މި ސަރުކާރުގެ ގެދޮރުވެރިޔާ ސްކީމުގެ ދަށުން ޝަރުތު ހަމަވެގެން 4،000 ފްލެޓު ލިބޭނެކަމަށް ދާއިމީ ލިސްޓްގައި ކަނޑައެޅިފައިވާ މީހުންނަށް ފްލެޓު ލިބުނީ އިންސާފުވެރިކޮށްތޯ ދަ ޑިމޮކްރެޓްސް އިން ކަށަވަރު ކުރާނެ ކަމަށް އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިއަދު ވިދާޅުވެއްޖެއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް ކުރިމަތިލާން ހުޅުވާލުމުން 20،000 އަށް ވުރެ ގިނަ މީހުން ކުރިމަތިލި އިރު 13،000 އަށް ވުރެ ގިނަ މީހުންގެ ޝަރުތު ހަމަވިއެވެ. މި ސަރުކާރުން ނިންމާފައި ވަނީ ޝަރުތު ހަމަވި އެންމެންނަށް ވެސް ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ފްލެޓު ދިނުމަށެވެ. ހައުސިން މިނިސްޓްރީން މިދިޔަ ހޮނިހިރު ދުވަހު ވަނީ 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމުކޮށްފައެވެ.

އެ އިއުލާނުގައި ބުނީ، 4،000 ފުލެޓް ލިބޭ މީހުންގެ ތެރޭގައި ނުހިމެނުނު ނަމަވެސް ޝަރުތު ހަމަވާކަމަށް ދާއިމީ ލިސްޓުގައި ކަނޑައަޅާފައިވާ މީހުންނަށް ސަރުކާރުން ކުރިޔަށް ގެންދާ ހައުސިން މަސްރޫއުތަކުގެ ތެރެއިން ފުލެޓެއް ދިނުމަށް ހަމަޖެހިފައިވާ ކަމުގެ ލިޔުން ޕޯޓަލް މެދުވެރިކޮށް ފޮނުވާނެ ކަމަށެވެ. ފުރަތަމަ 4،000 ފްލެޓްގެ ތެރެއިން ތިން ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ ދާއިމީ ލިސްޓުގައި 76 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ. ދެ ކޮޓަރީގެ އެޕާޓްމަންޓުތައް ލިބެނީ 73 އަށް ވުރެ ގިނަ ޕޮއިންޓް ލިބޭ މީހުންނަށެވެ.

އާޒިމް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ މި ސަރުކާރުން ދޫކުރަން މިހާރު އިއުލާންކޮށްފައިވާ 4000 ފްލެޓް މި ސަރުކާރުގެ ވެރިންނާއި މަޖިލިސް ބައެއް މެމްބަރުންނާ، ގާތް މީހުންގެ ލިސްޓުތަކަށް ބަހާލާފައިވާ ކަމަށް ތުހުމަތުކުރެވިފައިވާ ކަމަށާއި އެކަންކޮށްފައިވާ ގޮތް ބަލާނެ ކަމަށެވެ. އަދި އެ ފްލެޓްތަކުގެ ހައްޤުވެރިންނަށް އިންސާފުވެރިކަމާއެކު ފްލެޓް ލިބޭނެ ކަމުގެ ޔަގީން ކަން އޭނާ ވަނީ ދެއްވައިފައެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހްގެ ސަރުކާރުން ކުރިއަށްގެންދާ ”ގެދޮރުވެރިޔާ“ ސްކީމުގެ ދަށުން ހުޅުމާލެ އިން ދޫކުރަން ނިންމާފައިވާ 4،000 ފުލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އިއުލާންކުރުމާއި ގުޅިގެން އާންމުންގެ ގިނަ ބަޔަކު ވަނީ ނުރުހުން ފާޅުކޮށް އިއްޔެ އިހުތިޖާޖުކޮށްފައެވެ.

މި ލިސްޓުގައި ސަރުކާރުގެ އިސްފަރާތްތަކާއި އެފަރާތްތަކުގެ އާއިލާއަށް ފްލެޓް ލިބިފައިވާތީ އެކަމާ އާންމުންދަނީ ނުރުހުން ފާޅުކުރަމުންނެވެ. އެ ލިސްޓުގައި މީހަކާވެސް ނުއިދެ ހުރި ރައީސް ސޯލިހުގެ ކޮއްކޯފުޅަކަށް ފްލެޓް ލިބިފައިވާތީ އެކަމާ ސަރުކާރަށްވެސް ވަނީ ފާޑުކިޔުން އަމާޒުވެފައެވެ.

މިކަމާއި ގުޅޭ ގޮތުން އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ހިންގާ ތަހުގީގަށް، އެ ކޮމިޝަންގެ ބޭފުޅުންތަކެއް ޕްލޭނިން މިނިސްޓްރީއަށް މިއަދު ވަޑައިގެންފައިވެއެވެ.

ފްލެޓްތައް ލިބޭ މީހުންގެ ލިސްޓް ކަނޑައަޅައި އާންމުކުރުމުން ޝަކުވާތަކެއް ހުރުމާ ގުޅިގެން ޝަކުވާ ހުށަހެޅުމަށް ފުރުސަތު ވަނީ އިއްޔެ އިން ފެށިގެން މިމަހުގެ ނުވަ ވަނަ ދުވަހުގެ ހަވީރު 4:00ގެ ނިޔަލަށް ހުޅުވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: