ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެދޮރުވެރިޔާ ސްކީމް: ފުރަތަމަ ބުރުގައި ހުށަހެޅި 20،000 ވުރެ ގިނަ ފޯމުވެސް ރިވިއުކުރަނީ

ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހުމަދު/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ކުރީ ސަރުކާރުން ފްލެޓް ދިނުމަށް ނިންމާފައިވާ 4،000 މީހުން ކަށަވަރު ކުރުމަށްޓަކައި ފުރަތަމަ ބުރުގައި ހުށަހެޅި 20،000 ފޯމު ވެސް ރިވިއު ކުރުމަށް ނިންމާފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޕެޓިޝަން ކޮމިޓީއަށް ހައުސިންގް މިނިސްޓަރާ އެ މިނިސްޓްރީގެ އިސްވެރިން ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ކުރިއަށް ގެންދިޔަ ގެދޮރުވެރިޔާ ފްލެޓް ސްކީމްގެ ދަށުން ފްލެޓް ލިބޭނެ ކަމަށް ގެޒެޓްކޮށްފައިވާ ލިސްޓު ބާތިލު ނުކުރުމަށް އެދި ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ޕެޓިޝަނާ ގުޅޭ ގޮތުން ސުވާލުކުރުމަށް ހާޒިރު ކޮށްފައެވެ.

އެ ބައްދަލުވުމުގައި މެންބަރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން ހައިދަރު ވިދާޅުވީ އެ ސްކީމާ ގުޅިގެން ބަލަންޖެހޭ ކަންކަން ބެލުމަށްފަހު އެންޓި ކޮރަޕްޝަން ކޮމިޓީ (އޭސީސީ)އިން ކަނޑައެޅިގެން ޝަރުތު ހަމަވާ ކަމަށް ކަނޑައަޅާފައިވަނީ 825 މީހުންކަމަށެވެ. ނަމަވެސް ލިބުނު ހުރިހާ އެޕްލިކޭޝަނެއް ރިވިއުކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

4،000 ފްލެޓުގެ ވާހަކަ. 825 އޭސީސީން ކަނޑައަޅާފަ އޮތީ ކަނޑައެޅިގެން ޝަރުތު ހަމަވާ ކަމަށް. އަޅުގަނޑުމެން ބަލާނަން 20،000 އެތައް ސަތޭކަ އެޕްލިކޭޝަންސް އައިސްފަ އެބައޮތް. ހުރިހާ އެޕްލިކޭޝަންތަކެއް އަޅުގަނޑުމެން ބަލައިގެން، އަޅުގަނޑުމެން ހޮވާނީ 4،000 ފްލެޓް ލިބެންޖެހެނީ ކޮން ބަޔަކަށްތޯ. ޝަރުތުތައް ހަމަވެ، އެންމެ ގިނަ ޕޮއިންޓް ލިބިގެން އެންމެ ބޭނުންވެފަ ތިބީ ކޮން ބައެއްކަން އަޅުގަނޑުމެންނަށް ފާހަގަކުރެވޭ ގޮތަށް އިވެލުއޭޓް ކޮށްގެން އަޅުގަނޑުމެން އެ ލިސްޓު އެކުލަވާލާނީ.

ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓް ލިބޭ މީހުންގެ ފައިނަލް ލިސްޓު އަންނަ އޮކްޓޯބަރު މަހު އާންމުކުރާނެ ކަން ވެސް އެ ކޮމިޓީގައި މިނިސްޓަރު ހާމަކުރެއްވިއެވެ. ހައިދަރު ވިދާޅުވީ ފްލެޓް ދިނުމުގެ ކަންކަން ނިންމުމުގައި އަމަލު ކުރާނީ ވީހާވެސް އިންސާފުވެރި ގޮތަކަށް ކަމަށެވެ. އަދި ޓަވަރުތައް އިމާރާތްކޮށް ނިމެންވާއިރަށް ފައިނަލް ލިސްޓު ގެޒެޓް ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެއްވެސް ޝައްކަތެއް ނެތް މިންވަރަށް ޝަރުތުތައް ހަމަވާނަމަ އެ މީހަކު ފައިނަލް ލިސްޓުގައި ހިމެނޭނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށެވެ. އަދި ޝަރުތު ހަމަވޭތޯ ބެލުމުގައި ވެސް ބަލަން ޖެހޭ ކަންކަން އިތުރަށް ބަލައި އެންމެ އިންސާފުވެރިކޮށް އެ ލިސްޓު ރިވިއު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުވާލި ފުރުސަތުގައި ފެލެޓަށް އެދި ގިނަ އަދަދެއްގެ ބަޔަކު ހުށަހެޅިއެވެ. އަދި ދެވަނަ ބުރުގެ ލިސްޓާއި އެކު މައްސަލަތައް ދިމާވީ، އޭރު ސަރުކާރުން ޓްރާންސިޝަންގައި އެ މަސައްކަތް ކުރިޔަށް ގެންދަން އުޅުމުންނެވެ. އެ ސިޔާސަތުގެ ދަށުން ދޫކުރި 4،000 ފްލެޓު ލިބޭ މީހުންގެ ދާއިމީ ލިސްޓު އާންމު ކުރިއިރު، މާލޭގައި ދިރިނޫޅޭ ގިނަ ބަޔަަކަށް ފްލެޓު ލިބިފައިވުމާއި ޕޮއިންޓު ދިނުމުގެ އުސޫލު އެނގެން ނެތުމުން ޝަކުވާ ބޮޑުވެ އޭގެ ޖެހިގެން އައި ދުވަހު ގިނަ ބަޔަކު ހައުސިން މިނިސްޓްރީގައި އިހުތިޖާޖު ކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: