ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދުގެ އިތުބާރު ނެތްކަމުގެ ވޯޓު އަނެއްކާވެސް އާދީއްތަ ދުވަހުގެ އެޖެންޑާއަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު/ ފޮޓޯ: ދައުރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދިއުމުގައި ހުރަހެއް ނެތްކަމަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމާއި އެކު ވޯޓު ނެގުން އަނެއްކާވެސް އާދީއްތަ ދުވަހުގެ އެޖެންޑާގައި ތާވަލުކޮށްފި އެވެ.

މިދިޔަ ދެ ހަފްތާއެއްގައި މީޑިއާތަކުގެ ސަމާލުކަން އެންމެ ބޮޑަށް ހުއްޓިފައި އޮތީ އިތުބާރު ނެތްކަމުގެ މައްސަލަ ކާމިޔާބު ނުކުރެއްވިއްޖެ ނަމަ މަޖިލީހުގެ އިތުރު މަސައްކަތަކަށް އެއްބާރުލުން ނުދިނުމަށާއި، އިންތިހާބީ ރައީސްގެ ހުވާ ވެސް ގަބޫލު ނުކުރުމަށް އެމްޑީޕީން ނިންމި ނިންމުމަށެވެ. އަދި އެ ނިންމުން ތަފްސީލުކޮށް އެމްޑީޕީން ބުނެފައި ވަނީ، މަޖިލީހުގެ ގަވައިދުގައި ވަނީ އިތުބާރު ނެތްކަމުގެ މައްސަލަ އޮއްވައި އެހެން އެއްވެސް މަސައްކަތެއް ކުރިޔަށް ނުގެންދެވޭނެ ކަމަށެވެ. އެހެންކަމުން، އިތުބާރު ނެތް ރައީސެއްގެ ހާޒިރުގައި ކުރެވޭ ހުވާއެއް އެއީ ގާނޫނީ ހުވައެއްކަމަށް ބެލެވެން ނެތްކަމަށް އެމްޑީޕީން ބުންޏެވެ.

އެކި ފަހަރު މަތީން ވެސް އިތުބާރު ނެތްކަމުގެ މައްސަލަ އެޖެންޑާކޮށް ކުރިޔަށް ގެންދިފައި ނުވަނީ، މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ ގެ ސިއްހީ ހާލަތު ތަން ނުދޭތީ ސަލާމް ފޮނުވުމުގެ ސަބަބުންނެވެ. އެމްޑީޕީން ބުނެފައި ވަނީ އެއީ ގަބޫލު ކުރެވޭ ސަބަބެއް ނޫންކަމަށާއި، އީވާ ނެތި ވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިޔަށް ގެންދެވޭނެ ކަމަށެވެ.

އެކަމަކު މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވީ، ރިޔާސަތުގައި ހުންނަވަން ޖެހޭނީ އީވާ ކަމަށެވެ. އެ މައްސަލަ ބޮޑުވެ، އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގައި އިއްޔެ ކުރި ހުކުމުގައި ވަނީ އީވާ ނެތި ވެސް ޖަލްސާ ކުރިޔަށް ގެންދެވޭނެ ކަމަށެވެ. ކޯޓުގެ ހުކުމުގައި ވަނީ މަޖިލީހުގެ ރައީސަށާއި، ނައިބު ރައީސަށް ރިޔާސަތު ނުބެލެހެއްޓޭ ހާލަތްތަކުގައި މަޖިލީހުގެ ގަވައިދުގެ ދަށުން ކަނޑައަޅަން ޖެހޭ ފަސް މެމްބަރުންނަށް ރިޔާސަތު ބެލެހެއްޓޭނެކަމަށް އޮންނަ އޮތުމަކީ މިފަދަ މައްސަލައެއް ދިމާވާ ހަލތުގައި އަތުވެދާނެ ގާނޫނީ ހުސްކަމަކަށް އޮތް ހައްލެވެ. އަދި އެ ފަސް މެމްބަރުންނަށް ރިޔާސަތު ނުބެލެހެއްޓޭނެ ހާލަތެއް ގަވައިދުގައި ނެތްކަމަށް ހުކުމުގައި ވެއެވެ.

ހުކުމުގައި ބުނެފައި ވަނީ މަޖިލީހުގެ ރިޔާސަތު ހުސްވާނެ ގޮތަކަށް ގަވައިދު ޖާގަ ނުދޭ ކަމަށެވެ. އަދި މިކަމުގައި ވެސް ގަވައިދު މާނަކުރަން ޖެހޭނީ، ކަމާއި ގުޅުން ހުރި އެހެން މާއްދާތަކަށް ފުރިހަމައަށް ރިއާޔަތްކޮށްގެންކަން ފާހަގަކުރި އެވެ.

މަޖިލީހުގެ ޖަލްސާގެ އެޖެންޑާ އެމްޑީޕީން މީޑިއާތަކާއި ހިއްސާ ކުރިއިރު ރައީސް ނަޝީދުގެ އިތުބާރު ނެތްކަމުގެ ގަރާރު އޭގެ ތެރޭގައި ހިމެނެ އެވެ. ޖަލްސާ ފެށުމަށް ހަމަޖެހިފައި ވަނީ ހެނދުނުގެ 09:00 އަށް ނަމަވެސް، އިތުބާރު ނެތްކަމުގެ ވޯޓު ޒާތީވެފައި ވާތީ ޖަލްސާ ކުރިޔަށް ގެންދެވިދާނެކަމާއި މެދު ސުވާލު އުފެދެ އެވެ.

މަޖިލީހުގެ ގުރޫޕަށް ރައީސް ނަޝީދު ފޮނުވާފައިވާ ބައެއް މެސެޖުތަކުން ހާމަވާ ގޮތުގައި، ރައީސް ނަޝީދު އަދިވެސް ހުންނެވީ ވޯޓަށް ޖާގަ ދެއްވާ ގޮތަކަށް ނޫނެވެ. އެ މައްސަލައިގައި އެމްޑީޕީގެ ވިސްނުން މިހާރު ހުރީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާ ކުރައްވާ ދުވަހު އިހުތިޖާޖު ކުރުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: