ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔަގީނުންވެސް އިންޑިއާގެ ސިފައިން ބާލާނަން: އިންތިހާބީ ރައީސް

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.-- ފޮޓޯ: އަލްޖަޒީރާ
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ބޭލުމަކީ އެމަނިކުފާނު ޔަގީނުންވެސް ކުރައްވާނެކަމެއްކަމަށް އިންތިހާބީ ރައީސް ޑރ މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަދައްކަވަމުން ޑރ މުއިއްޒުވަނީ އެމަނިކުފާނުގެ ސަރުކާރުން މިވަގުތު ހުރި މައްސަލަތައް ހައްލުކުރައްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. އެގޮތުން ވެވަޑައިގެންފައިވާ ވައުދުތަކާއި އެއްގޮތަކަށް ރާއްޖޭގައި ތިބި އިންޑިއާގެ ސިފައިން ގައުމުން ބާލާނެކަމަށް ވިދާޅުވިއެވެ.

ޑރ މުއިއްޒު ވިދާޅުވީ، އިންތިގާލީ މަރުހަލާގެ ތެރޭގައި އެމަނިކުފާނުވަނީ ދެ ފަހަރެއްގެ މަތިން އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައިވާ ސަަފީރު މުނޫ މަހާވަރު އާއި ބައްދަލުކުރައްވާފައިކަމަށެވެ. އަދި އެ ބައްދަލުވުންތަކުގެ ތެރޭގައި ގިނަ ވާހަކަތަކެއް ދެކެވިފައިވާކަމަށާއި މުއާމަލާތްތައް ކުރެވިފައިވަނީ ސުލްހަވެރިކަމާއިއެކުކަމަށްވެސް ފާހަގަކުރެއްވިއެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާއިންވެސް ރާއްޖޭގެ ރައްޔިތުންގެ ނިންމުން ބަލައިގަންނަކަމަށާއި ރާއްޖޭގައި ވަކި އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ރައްޔިތުން ނޭދޭކަމަށް ވިދާޅުވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، ރާއްޖޭގައި ތިބީ އިންޑިއާގެ ސިފައިންކަމަށާއި އެހެންނަމަވެސް އެއްވެސް ގައުމެއްގެ ސިފައިން ތިބުމަށް ރައްޔިތުން ބޭނުން ނުވާކަމަށް ނިންމާފައިވާކަމަށެވެ. ޑރ މުއިއްޒު ވިދާޅުވީ، އެއީ ހެލިކަޕްޓަރު ދުއްވުން ނުވަތަ އެހެން ބޭނުމެއްގައިނަމަވެސް ސިފައިން ތިބެން ރައްޔިތުން ބޭނުން ނުވާކަމަށެވެ. އަދި އެއީ ރާއްޖެއާއި އިންޑިއާ ދެމެދު ޒާތީ މައްސަލައެއް އުފެދިފައި އޮތުމުގެ ސަބަބުން ރައްޔިތުން ނިންމާފައިވާ ނިންމުމެއް ނޫންކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އިންތިހާބީ ރައީސް ވިދާޅުވީ، ރާއްޖެއާއި އިންޑިއާ އަކީ ދުރު ނުކުރެވޭނެ ވަރަށް ގާތް ދެގައުމުކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އިންޑިއާއިންވަނީ ރާއްޖެއަށް އެތައް އެހީތަކެއް ވެފައިކަމަށާއި މިހާރުވެސް ފޯރުކޮށްދެމުންދާއިރު، ކުރިމަގުގައިވެސް އެ ގުޅުން ދެމި އޮންނާނެކަމަށް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 60%ވަރަށް ގަޔާވޭ 30%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 10%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: