ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ރައީސް ވަކި ކުރުމުގެ ގަރާރުގެ މަސައްކަތް ކުރިއަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތް ކަމުގެ ގަރާރުގެ މަސައްކަތް މިއަދު ފަށައިފިއެވެ.

މިއަދުގެ ޖަލްސާ ތާވަލުކުރީ، މަޖިލީހުގެ ނައިބު ރައީސް އަދި ނަޝީދުގެ ކޮއްކޯފުޅު އީވާ އަބްދުﷲ ހާޒިރުވެވަޑައިނުގެންނެވި ނަމަވެސް އެ މަނިކުފާނުގެ އިތުބާރުނެތް ކަމުގެ ގަރާރުގެ މަސައްކަތް ކުރިއަށްގެންދެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި ފަހުންނެވެ. މިއަދުވެސް އީވާ ސަލާން ފޮނުއްވާފައިވާއިރު، ޖަލްސާގެ ރިޔާސަތުގައި އިންނެވީ ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވެވެވަޑައިގަންނަވާ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

މިއަދުގެ ޖަލްސާ ފެއްޓުމާއެކު ބައެއް މެންބަރުން ދުންމާރި ފުމެން ފެއްޓެވި އަޑު އިވިފައިވެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހަށާއި އޭގެ ކުރީ ހަފުތާގައި ވެސް ރައީސް ނަޝީދުގެ އިތުބާރުނެތް ކަމުގެ މައްސަލަ މަޖިލީހުގައި އެޖެންޑާ ކުރިއެވެ. ނަމަވެސް އީވާ ސަލާން ވިދާޅުވާތީ އެ ދުވަސްތަކުގައި މަޖިލިސް ކުރިއަށް ނުގެންދެވެއެވެ.

މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު ސަލާން ފޮނުއްވައި އީވާ ވިދާޅުވީ އެމްޑީޕީން މަޖިލީހުގެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާތީ ރިޔާސަތު ބަލަހައްޓަން އުޒުރުވެރިވެވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، އެ މައްސަލައިގައި ސުޕްރީމް ކޯޓުން ހުކުމް ކުރަންދެން، ނަޝީދުގެ މައްސަލަ ތާވަލުނުކުރަން މަޖިލިސް އިދާރާއިން ނިންމިއެވެ.

އިތުބާރުގެ ގަރާރުގެ މަސައްކަތް ހުއްޓުވާ ކަމަށް ބުނެ އެމްޑީޕީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައާ ގުޅިގެން މިދިޔަ ބުރާސްފަތި ދުވަހު އެ ކޯޓުން އިއްވި ހުކުމުގައި ވަނީ، ގަރާރުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން ހުއްޓުވާފައި ވަނީ ގާނޫނު އަސާސީއާ ޚިލާފަށް ކަމަށެވެ.

އެ ހުކުމާ ގުޅިގެން ނަޝީދު ވަނީ، ގަރާރުގެ މަސައްކަތަށް ހުރަސް އަޅާނެ ކަމުގެ އިޝާރާތެއް މީގެ ކުރިން ދެއްވާފައެވެ. އެގޮތުން ސުޕްރީމް ކޯޓުގައި މައްސަލަ އޮތުމުން ގަރާރުގެ މަސައްކަތް ފަސް ދުވަހަށް ހުއްޓުވިއްޖެ ކަމަށާއި، އިންތިޚާބީ ރައީސް ހުވާ ކުރައްވަން ދެން ވެސް ހިފެހެއްޓޭނެ ކަމަށް އެ މަނިކުފާނު ވަނީ މަޖިލީހުގެ ވަޓްސްއެޕް ގުރޫޕުގައި ވިދާޅުވެފައެވެ.

ނަޝީދުގެ އިތުބާރު ނެތް ކަމުގެ މައްސަލަ ދެވަނަ ފަހަރަށް މަޖިލީހަށް ހުށަހަޅާފައިވަނީ 49 މެންބަރުންގެ ތާއީދާ އެކުއެވެ. ނަޝީދު މަގާމުން ވަކިކުރަން ބޭނުން ވަނީ 43 މެންބަރުންގެ ވޯޓެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށްދާއިރު، އެމަނިކުފާނު ވަނީ 17 ވަނަ ގްލޯބަލް ސިޓިޒެންޝިޕް ކޮންފަރެންސްގައި ތަގުރީރު ކުރެއްވުމަށް ދުބާއީއަށް ވަޑައިގެންފައެވެ. މަޢުލޫމާތުލިބިފައިވާ ގޮތުގައި ރައީސް ނަޝީދު ކޮންފެރަންސްއަށް ވަޑައިގެންނެވުމަށްފަހު އިއްޔެ ވަނީ އެނބުރި ރާއްޖެ ވަޑައިގެންފިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: