ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަޕްލިމެންޓްރީ ބަޖެޓުގެ ބަހުސް މާދަމާ؛ ދެ ދުވަހުން މަސައްކަތް ނިންމަނީ

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބަޖެޓު ދިރާސާކުރުން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

އަހަރު ނިމުމާއި ގާތްވެފައި ވަނިކޮށް، 2023 އަށް އިތުރު ކުރުމަށް ހުށަހަޅާފައިވާ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް މާދަމާ ފަށައި، ދެ ދުވަހުގެ ތެރޭގައި އެ މަސައްކަތް ނިންމާލުމަށް ފާސްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމުން، މުހައްމަދު ނަޝީދު އިސްތިއުފާ ދެއްވުމާއި އެކު މިއަދު މަޖިލީހުގައި އޮތީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ހުށަހެޅުމާއި ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅައިދިނުމެވެ.

ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވަޑައިގެން ބަޖެޓު ހުށަހަޅުއްވައި ދެއްވިއިރު، އަމީރު ހުށަހެޅުއްވީ މި އަހަރުގެ ބަޖެޓަށް 6.5 ބިލިއަން ރުފިޔާ އިތުރު ކުރުމަށެވެ.

ކަނޑައެޅިފައިވާ ވަކި ތާރީހުތަކެއްގައި ނިންމަން ޖެހޭ މަސައްކަތްތަކެއް ނުކުރެވި، ވަރަށް ބޮޑަށް ދިގުލައިގެން ދިއުމުން މަޖިލީހުގެ އައު ރައީސް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވަނީ ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް އަވަހަށް ނިންމުމަށް މެމްބަރުންނަށް ފެންނަ ގޮތް ހުށަހެޅުއްވުމަށް އެދިވަޑައިގެންފަ އެވެ.

އެކަމަށް ބާރަށު ދާއިރާގެ މެމްބަރު އަހުމަދު އަބްދުﷲ ހުށަހެޅުއްވީ، ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް މާދަމާ ފެށުމަށް ފަހު ބަޖެޓު ދިރާސާ ކުރުމަށް ކޮމިޓީއަށް ދެ ދުވަހުގެ މުއްދަތެއް ދިނުމަށް ފަހު ބަޖެޓު ފާސް ކުރުމަށެވެ. އަހުމަދު ހުށަހެޅުއްވީ، ބަހުސް ކުރުމަށް ބޭނުންވާ ކޮންމެ މެމްބަރަކަށް ވެސް ފަސް މިނެޓުގެ ވަގުތު ދޭންށެވެ. އަދި ކޮމިޓީ ރިޕޯޓުގެ ބަހުސްގައި ގިނަ ވެގެން މެމްބަރަކަށް ދެ މިނެޓުގެ ފުރުސަތު ދިނުމަށެވެ.

އަހުމަދުގެ އެ ހުށަހެޅުމަށް ވޯޓަށް އެހުމުން، 38 މެމްބަރަކު ވޯޓު ދެއްވި އެވެ.

މިއަދުގެ ޖަލްސާގައި ސަޕްލިމެންޓްރީ ބަޖެޓުގެ މަސައްކަތް ކުރިޔަށް ދާކަމަށް ގޯސްކަމަށް ތަކުރާރުކޮށް ވިދާޅުވަމުން ގެންދެވީ ޑިމޮކްރެޓްސްގެ މެމްބަރުންނެވެ. އިސްތިއުފާ ދެއްވުމަށް ފަހު މިއަދު ޖަލްސާއަށް ވަޑައިގެން ހުންނެވި ރައީސް ނަޝީދު އަމީރު ބަޖެޓު ހުށަހަޅުއްވަން ފެއްޓެވުމާއި އެކު ނިޒާމީ ނުކުތާ ނެންގެވި އެވެ. އަދި ވިދާޅުވީ ސިޔާސީ މަންފާ ހޯދުމަށް، ސަރުކާރަށް ވާގިވެރިވެ ކުރާ މަސައްކަތްތަކާއި ހުރެ އެންމެ ފުރަތަމަ ބަލަންވީ އެ މައްސަލަ ކަމަށެވެ.

ރައީސް ނަޝީދު ވިދާޅުވީ ބަޖެޓު ހުށަހަޅަން ޖެހޭ ގޮތާއި، އެ މުއްދަތު މާލިއްޔަތު ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ. އެކަމަކު އެ ގާނޫނާއި ހިލާފުވެ އަމީރު މިއަދު މަޖިލީހުގައި މަސައްކަތް ކުރަމުން ގެންދަނީ ސަރުކާރު ބޭނުންވާ ގޮތަށްކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ސަޕްލިމެންޓްރީ ބަޖެޓަށް ހިޔާލަށް ހުޅުވާލުމުން، ވެސް ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ. އެމަނިކުފާނު ތަކުރާރު ކުރެއްވީ ކުރިން ނިޒާމީ ނުކުތާ ނަންގަވައި ދެއްކެވި ވާހަކަ އެވެ.

މީގެއިތުރުން ޑިމޮކްރެޓްސްގެ އެހެން މެމްބަރުން ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓު ހުށަހަޅަން ޖެހޭ ގޮތް މާލިއްޔަތު ގަވައިދުގައި އެބައޮތް ކަމަށެވެ. އެކަމަކު މިއަދު އަމީރު ކުރިޔަށް ގެންދެވި ބަޔަކީ، އެއީ ސަޕްލިމެންޓްރީ ބަޖެޓު ހުށަހެޅުންކަމަށް ބެލެވެން ނެތްކަމަށް މެމްބަރުން ވިދާޅުވި އެވެ.

އިތުރު ފުރުސަތެއްގައި ރައީސް ނަޝިދު ވިދާޅުވީ، ސަޕްލިމެންޓްރީ ބަޖެޓެއް ސަރުކާރުން ހުށަހެޅީ ހަރަދުތައް ފޫނުބެއްދޭތީ ކަމަށެވެ. އަދި ބަޖެޓުގެ ގާނޫޏާއި އެއްގޮތަށް މަސައްކަތް ނުކުރާނަމަ އެއީ އޮތް ހުރަހެއްކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: