ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަންނަ ވެސް ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް!

ޔޫތު އެމްޕަވަރމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ކަމަށް، ޝިއުނާ/ ފޮޓޯ: ފޭސްބުކް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް މާލެ ސިޓީ ކައުންސިލްގެ މީޑިއާ އެގްޒެކެޓިވް، އަދި ތަރުޖަމާނަކަށް ހުންނެވި މަރިޔަމް ޝިއުނާ (ނަންނަ) އައްޔަނުކޮށްފި އެވެ.

ނޫސްވެރިންގެ ތެރޭގައި މަގުބޫލު ނަންނަ، އެ މަގާމަށް އައްޔަނު ކުރުމުގެ ކުރިޔަށް ސިޓީ ކައުންސިލްގެ ތަރުޖަމާނުކަމުން އިސްތިއުފާ ދެއްވާފާއިވާކަން މިއަދު މީޑިއާތަކަށް އެންގެވި އެވެ.

ސިޓީ ކައުންސިލްގެ ތަރުޖަމާނަކަށް ދިއުމުގެ ކުރިން، ޝިއުނާއަކީ ނޫސްވެރިއެކެވެ. އެގޮތުން އޭނާ ވަނީ ވީޓީވީ، އާއި ދެވެހި ޗެނަލްގައި މަސައްކަތް ކުރައްވާފަ އެވެ. އަދި ތަރުޖަމާނުކަމުގެ މަގާމުގައި ހުންނަވައި ބައެއް ނޫސްތަކަށް ހަބަރު ލިޔުއްވި އިރު އޭނާއައީ ސަންގުޓީވީގައި ޕާޓް ޓައިމް އެންކާރ އެއްގެ ގޮތުގައި މަސައްކަތް ކުރައްވަމުންނެވެ.

ޝިއުނާ ފާހަގަކުރެވިފައި ވަނީ، ސޯޝަލް މީޑިއާގައި ރައީސް އަބްދުﷲ ޔަމީން އަބްދުލްގައްޔޫމްގެ ދިފާއުގައި މަސައްކަތް ކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ވެރިކަމަށް ގެނައުމަށް ގިނަ މަސައްކަތް ކުރެއްވ ބޭފުޅެއްގެ ގޮތުގަ އެވެ. އަދި ޝިއުނަކީ އަކީ ނޫސްވެރިންނާއި ގާތް، މީޑިއާތަކާއި ގާތް ގުޅުމެއް ބާއްވާކަން ފާހަގަކުރެވިފައިވާ ފަރާތެކެވެ.
ވަރަށް ގަދަ
20%ވަރަށް ގަދަ 30%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: