ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށް ޑިމޮކްރެޓްސްގެ ސްލޮޓުގައި ނަޝީދު!

ކުރީގެ ރައީސް އަދި މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު -- ފޮޓޯ/ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކަ ކޮމިޓީއަށް ދަ ޑިމޮކްރެޓްސްގެ ސްލޮޓުގައި ހުންނަވާނީ މައްޗަން ގޯޅި މެދު ދާއިރާގެ މެމްބަރު ރައީސް މުހައްމަދު ނަޝީދުކަމަށް ހަމަޖައްސައިފި އެވެ.

މީގެ ކުރިން އެ ކޮމިޓީގައި ޑިމޮކްރެޓްސް ތަމްސީލު ކުރައްވަމުން ގެންދެވީ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) އެވެ.

މިއަދުގެ ޖަލްސާ ފައްޓަވަމުން ރިޔާސަތުން އަންގާ އެންގުމެއްގެ ގޮތުގައި، މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވިދާޅުވީ ބައެއް ސިޔާސީ ޕާޓީތަކުން ކޮމިޓީތަކަށް ގެންނަން ބޭނުންވާ ބަދަލުތައް ގެނެސް، އެކަން އަންނާފައިވާ ކަމަށެވެ. އެގޮތުން މަޖިލީހުގެ ގަވައިދުގެ 131 ވަނަ މާއްދާގެ (ށ) ގައިވާގޮތުގެ މަތީން ކޮމިޓީތަކަށް އައިސްފައިވާ ބަދަލުތައް އަސްލަމް ފާހަގަކުރެއްވި އެވެ.

އިތުރު ބަދަލެއްގެ ގޮތުގައި އަސްލަމް އިއުލާނު ކުރެއްވީ އިޖްތިމާއީ ކޮމިޓީއަށް ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބްގެ ބަދަލުގައި މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ހަމަޖެއްސުމެވެ.

މީގެ ކުރިން ރައީސް ނަޝީދު އެއްވެސް ކޮމިޓީއެއްގައި ނީންނަވަ އެވެ. މަޖިލީހުގެ ރައީސްކަމުން ދުރު ކުރުމަށް އެމްޑީޕީން ހުށަހެޅި މައްސަލަ ގިނަ ދުވަހު ހިފެހެއްޓެވުމަށް ފަހު އިސްތިއުފާ ދެއްވައި ރައީސް ނަޝީދު ވަނީ ޖަލްސާތަކުގައި ބައިވެރިވެ ބަހުސް ކުރައްވާނެކަމަށް ހާމަކުރައްވާފަ އެވެ. އަދި އޭގެ ފަހުން އެކި ޖަލްސާތަކުގައި، މައްސަލަތަކާއި ގަރާރުތަކަށް ރައީސް ނަޝީދު ވާހަކަ ދެއްކެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: