ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސާޖިދާގެ މައްސަލަ ބެލޭނެ ގޮތް ހުއްޓާ އެމްޑީޕީއިން އެ މައްސަލަ ތަޅުމަށް ގެނައީ ޒާތީ ގޮތުން: އީވާ

މަޖިލީހުގައި އީވާ ވާހަކަފުޅު ދައްކަވަނީ / ފޮޓޯ: ރައްޔިތުންގރ މަޖިލީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހުރިއްޔާ ޑރ މުހައްމަދު މުއިއްޒުގެ އަނބިކަބަލުން ސާޖިދާ މުހައްމަދު ސިވިލް ސާވިސް ވަޒީފާގައި ހުންނަވާ މައްސަލަ މަޖިލީހުގެ ތަޅުމަށް ގެނައީ ޒާތީ ގޮތުންކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.

އީވާ ވިދާޅުވީ މިއީ ކަނޑައެޅިގެން ވަކި މީހަކާއި ޒާތީ ގޮތުން ފުރައްސާރަ ކުރުންކަމަށެވެ. މިއީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއިން ބަލަމުންދާކަމަކަށްވާއިރު، މަޖިލީހުގެ ތަޅުމަށް މި މައްސަލަ ކުއްލި މައްސަލައެއްގެ ގޮތުގައި ހުށައަޅަންޖެހޭ ސަބަބެއް ނެތްކަމަށް ފާހަގަކޮށް އީވާ އެކަން ސިފަ ކުރެއްވީ ޒިންމާދާރުކަން ކުޑަ އަމަލެއްގެ ގޮތުގައެވެ.

ކުރަންޖެހޭ މާ މުހިންމު މަސައްކަތްތައް އެބަހުރިކަމަށް އީވާ ވިދާޅުވިއެވެ.

އީވާ ވިދާޅުވީ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނަ މީހެއްގެ އަނބިމީހާ/ފިރިމީހާ އާމްދަނީ ހޯދަނީ ކިހިނެއްކަން ވިސްނާފައި އޮންނަންޖެހޭކަމަށެވެ.

ދެން ކުރިއަށް ދާނީ ކިހިނަކުންތޯ، ފަސް އަހަރުގެ މުއްދަތަކަށް ފަސްޓް ލޭޑީއަކަށްވުމާއިއެކު މެދުކަނޑާލަންޖެހުނީމާ، ތާ އަބަދަށް އެ ވަޒީފާ ގެއްލެންވީތޯ؟ އެއީވެސް އަޅުގަނޑުމެން ވިސްނާލަން ޖެހޭކަމެއް.
އީވާ ވިދާޅުވިއެވެ.

ސާޖިދާއަށް އިޝާރާތް ކުރައްވާ އީވާ ވިދާޅުވީ މުޅި އުމުރު މަސައްކަތް ކުރަމުން އައި މީހަކު ކުއްލިއަކަށް މަސައްކަތްތައް ނިންމާލާ ނުވަތަ މެދުކަނޑާލަން ޖެހުމުން އުނދަގޫވާނެކަމަށެވެ.

ސާޖިދާއަކީ އެމްއެފްޑީއޭގެ ސީނިއާ ސައިންޓިފިކް އޮފިސަރު ނަމަވެސް، ސިވިލް ސާވިސްއަށް ހިދުމަތް ކުރެއްވިއިރު ގިނަ ބަޔަކަށް އެއީ ރައީސް މުއިއްޒުގެ އަނބިކަބަލުންކަން އެނގިފައި ނެތެވެ. އެކަމަކު ފަހުން ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ހަރަކާތްތަކުން ފެންނަން ފެށިފަހުން މީޑިއާތަކުގެ ސަމާލުކަމަށް އެކަން އައުމުން އާންމުންނަށް ވެސް ސާޖިދާ އެނގެން ފެށީއެވެ.

ސަންގު ޓީވީއަށް ދެއްވި ހާއްސަ އެކްސްކްލޫސިވްއެއްގައި ސާޖިދާ ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރެއްވިއިރު ވެސް ގިނަ ބަޔަކަށް، އެކަމަނާއަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަނބިކަބަލުންކަން ނޭނގޭކަމަށެވެ. އަދި މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) ގައި މަސައްކަތް ކުރައްވާތާ ގިނަ އަހަރުތަކެއްވީ އިރު، ސިޔާސީ ގޮތުން އެއްވެސް ކަމެއްގައި އުޅުއްވާފައި ނުވާނެކަމަށެވެ.

ރިޔާސީ އިންތިހާބުގެ ކެމްޕެއިނާއި އެކު މަސްއޫލިއްޔަތުތަކެއް ހުރިކަމަށް ގަބޫލު ކުރެވުމުން އެ މަސައްކަތުގެ ތެރެއަށް ނިކުންނެވީކަން ފާހަގަކޮށް ސާޖިދާ ވިދާޅުވީ ސިވިލް ސާވިސްގައި މަސައްކަތް ކުރާއިރު އޮންނަ ފަސޭހައަކީ ރައްޔިތުން އެ މީހަކު ދައްކާ ވާހަކައެއް ގަބޫލުކޮށް އެއަށް އަމަލު ކުރުން ކަމަށެވެ. އެކަމަކު ސިޔާސީ ގޮތުން އެ މީހަކު ދަންނަން ފަށާ ހިސާބުން، އެކަމެއް އާންމުވެގެން އަންނަ ގޮތް ވެސް ތަފާތުކަން ސާޖިދާ ފާހަގަކުރެއްވިއެވެ.

ސާޖިދާއަކީ ފަސްޓްލޭޑީއަށްވެފައި، ދެން އެ މަސައްކަތް އުނދަގޫ ވެދާނެތޯ ސުވާލު ކުރުމުން ވިދާޅުވީ ބައެއް ބޭފުޅުންގެ ކަންބޮޑުވުންތައް އެބަހުރިކަމަށާއި އެކަން ގަބޫލު ކުރާކަމަށެވެ. ސާޖިދާ ވިދާޅުވީ އެއްވެސް ޑިޒިޝަން މޭކިން ލެވެލްއެއްގައި އުޅުމަށް ބޭނުން ނުވާކަމަށާއި އެކަމަކު ބޭނުންވީ އެހީތެރިކަން ފޯރުކޮށްދެވޭނެ ގޮތެއްކަމަށެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 50%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: