ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް އަންނަ ހަފްތާގައި ފަށުމަށް ނިންމައިފި

ފޮޓޯ: އެމްއެފްއާރް
ޝެއާރކޮށްލާ ކަހަލަދޯ؟

އަންނަ ހަފްތާއިން ފެށިގެން އާސަންދައިގެ ތެރެއިން މެޑިކަލް ޗެކަޕްގެ ހިދުމަތް ފެށިގެންދާނެ ކަމަށް ރައީސް އޮފީހުން ބުނެފިއެވެ.

ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް އޮފީހުގެ އަންޑަރ ސެކްރެޓެރީ ފޮރ ޕަބްލިކް ޕޮލިސީ މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވިދާޅުވީ ދިވެހި ކޮންމެ ރައްޔިތަކަށް އާސަންދައިގެ ދަށުން އަހަރަކު ދެ ފަހަރު މެޑިކަލް ޗެކަޕް ހެދުމަށް ހާއްސަ ސިޔާސަތެއް އެކުލަވާލާ ތަންފީޒުކުރަން ފަށާއިރު ފެށޭ ހަފްތާގެ ތެރޭގައި ސަރުކާރުގެ ހޮސްޕިޓަލް ތަކުން އާސަންދައިގެ ތެރެއިން މި ހިދުމަތް ލިބިގެންދާނެ ކަަމަށެވެ.

އާސަންދަ ކުންފުނީގެ ފަރާތުން މިކަމަށް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރެވިގެންދާނެ ކަމަށް ފިރުޒުލް ވިދާޅުވިއެވެ. އަދި ވަކިވަކި އުމުރުފުރާތަކަށް އަމާޒުކޮށްގެން ޕެކޭޖްތަކަކާއިއެކު މަސައްކަތް ފެށިގެންދާނެ ކަމަށާއި 2024 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާއާއި ދެވަނަ ކުއާޓާއިން ފެށިގެން މި ޕެކޭޖްތައް ފުޅާކުރެވި ގިނަ ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދެވިގެންދާނެ މަގަކުން ހިދުމަތްތައް ފުޅާވެގެންދާނެ ކަމަށްވެސް ފިރުޒުލް ވަނީ ވިދާޅުވެފައެވެ.

ސަރުކާރުން ދާދި ފަހުން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ އަހަރަކު ދެފަހަރު އާސަންދައިގެ ދަށުން މެޑިކަލް ޗެކަޕް ހެދޭ ގޮތް ހެދުމަށް ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: